ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހުގެ ބުއްދި ސަލާމަތުން ހުރިތޯ ބަލަން ޖެހޭ: އަދުރޭ

އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްުދުﷲ/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުކާރުގެ އެތެރޭގައި އެތައް ގޯހެއް ހިނގަމުން ދާއިރު ވެސް، މިއީ ފަސް އަހަރެއްގެ އެންމެ ކާމިޔާބު ވެރިކަންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުމުން އެމަނިކުފާނުގެ ހަމަ ބުއްދި ހުރީ ސަލާމަތުންތޯ ބަލަން ޖެހޭކަމަށް އިދިކޅު ކޮންގްރެސް ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހު ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ ތަރައްގީގެ ވާހަކަ ދައްކަން ފެށޭނީ ގައިން ތާހިރުވެ ތިބެގެންކަން ކުރިން ވެސް އެމަނިކުފާނު ވިދާޅުވި ކަމަށެވެ. ރާއްޖޭގެ ރަށްތަކުގައި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ފުރިމަަ ގޮތުގައި ކުރިޔަށް ގެންދާ ސަބަބަކީ އެއީ ކަމަށާއި ކުރިޔަށް އޮތް ދެ އަހަރާއި އެކު ސަރުކާރުގެ ފާއިތުވި ތިން އަހަރު ދުވަހަކީ މިހާތަނަށް ގައުމުގެ ވެރިކަމެއްގައި އައި އެންމެ ސާފުތާހިރު ފަސް އަހަރަށް ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެއަށް ފަހު ރައީސް ވަނީ ކުރިޔަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ކުރިޔަށް ގެންދިއުމަށް ރާވާފައިވާ މަޝްރޫއުތަކާއި ބެހޭ ތަފްސީލުތައް ދެއްވާފަ އެވެ. އަދި ސަރުކާރުގެ ކާމިޔާބީތަކާއި ގުޅޭގޮތުން ވާހަކަ ދައްކައި، މިއީ ކާމިޔާބު ފަސް އަހަރަށް ވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވަނީ، ރައީސް ސޯލިހު ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ދެއްކެވި ވާހަކަތަކަށް ފާޑުވިދާޅުވެފަ އެވެ. ރައްޔިތުންގެ ފައިސާއިން މި ސަރުކާރުން އެއްވެސް ހައްދެއް ނެތި ވައްކަން ކުރަމުންދާކަމަށް ވިދާޅުވެ އަބްދުއްރަހީމް ވަނީ ކޮރަޕްޝަންގެ މައްސަލަތަކުގައި ޝާމިލުވާ މީހުން ވެސް ދޫވަނީ ނާގާބިލުކަމުން ކަމަށެވެ. އެއީ ސަރުކާރުން އެ މީހުންގެ މައްސަލަތައް ބަލަން ބޭނުން ނުވާތީކަމަށާއި މިއީ މިހާތަނަށް އެންމެ ގިނަ ވައްކަން ކުރި ސަރުކާރުކަމަށް އޭނާ ވިދާޅުވި އެވެ.

ގައުމެއްގައި ގުރުބާން ނުކުރެވޭނެކަންކަން ހުންނާނެކަމަށް ވިދާޅުވެ ރައީސް ދެއްކެވި ވާހަކައިގެ ރައްދަށް އަބްދުއްރަހީމް ވިދާޅުވީ ގައުމުގެ ވެރިއަކަށް ހުންނެވީ ބުއްދި ސަލާމަތުން ހުރި ބޭފުޅެއްތޯ ސުވާލު އުފެދޭ ކަމަށެވެ. މާތް ﷲ އާއި ކީރިތި ގުރުއާނަށް ހަޖޫޖަހައި ބޮޑެތި ރިޕޯޓުތައް އާއްމު ކުރުމުން އެ މީހުންނަށް ހިމާޔަތް ދިނުން އެއީ ކޮން ކަމެއްތޯ އަބްދުއްރަހީމް ސުވާލު އުފެއްދެވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސްގެ ވާހަކައިގައި ފާހަގަ ކުރެއްވި ބަހާއަކީ އެމްޑީއެންއަށް ފިޔަވަޅެއް ނާޅައި އެ މީހުން ރާއްޖެއިން ބޭރަށް ފިލައިގެން ދާން ފުރުސަތު ދިނުންތޯ ވިދާޅުވެފަ އެވެ. މި ސަރުކާރުގައި ފެންނަނީ ގުރުއާނަށް ހަޖޫ ޖެހި ބަޔަކަށް ހިމާޔަތްދީ ބޮޑެތި މަގާމުތައް ސަރުކާރުގެ ތެރެއިން ދިންތަންކަމަށާއި، މިސްކިތުގެ ހުރުމަތް ކަނޑާލި މީހާއަށް ވެސް ދެވޭ އަދަބެއް ނެތްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

މިސްކިތާއި އަދި ބައެއް އެހެންތަންތަނަށް ކުޑަކަމުދިޔަ މައްސަލައިގައި ހައްޔަރު ކުރި މީހާ ދޫކޮށްލީ އެއީ ނަފްސާނީ ބަލި ހުރި މީހެއްކަމަށް ބުނެ ނަމަވެސް އެއީ އެއްވެސް ހަގީގަތެއް ހުރި ވާހަކައެއް ނޫންކަން ޖެންޑާރ މިނިސްޓްރީން ހާމަ ކުރިކަން އަބްދުއްރަހީމް ފާހަގަ ކުރެއްވި އެވެ. މި ސަރުކާރުން ދީނަށް ފުރައްސާރަ ކުރާ މީހުންނަށް އަދަބު ނުދިނުން އެއީ އާ ކަމެއް ނޫން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ސަރުކާރުގެ އެތެރޭގައި އެތައް ގޯހެއް ހިނގަމުން ދާއިރު ވެސް އެކަންކަމަށް އެއްވެސް ސަމާލުކަމެއް ނުދެއްވި، މިއީ ތާހިރު ފަސް އަހަރަށް ވާނެކަމަށް ބުނުމުން ރައީސްގެ ހަމަ ބުއްދި ސަލާމަތުން ހުރިތޯ ބަލަން އަބްދުއްރަހީމް ގޮވާލި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: