ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރާއި ދެކޮޅު ހަރަކާތްތައް އަންނަނީ ދުވަހަކަށްވުރެ ދުވަހެއް ވަރުގަދަވަމުން: އިދިކޮޅު

އިދިކޮޅު އިހުތިޖާޖުގެ ތެރެއިން ފޮޓޯ: ޕީޕީއެމް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރާއި ދެކޮޅު ހަރަކާތްތައް އަންނަނީ ދުވަހަކަށްވުރެ ދުވަހެއް ވަރުގަދަވަމުންކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

މިނިވަންކަމުގެ ދިފާއުގައި ދިވެހިން މިނަމުގައި ކުރިއަށްދިޔަ ހިނގާލުމުގައި ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެފައެވެ. ހިނގާލުމުގެ ކުރީ ސަފުގައި ތިއްބެވީ އިދިކޮޅު ކޯލިޝަންގެ ލީޑަރުންނެވެ. އޭގެ ތެރޭގައި އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރ އަބްދުއްރަހީމް އަބްދުﷲ، މާލެ ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު، ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަބްދުﷲ ޝުޖާއު، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ފަދަ ބޭފުޅުން ފާހަގަކޮށްލެވެއެވެ. ހިނގާލުމުގައި މައިގަނޑު ގޮތެއްގައި ގޮވާލާފައިވަނީ އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުވުމަށާއި، އިންޑިޔާއާއި ރާއްޖެއާއި ދެމެދު ވެފައިވާ އެއްބަސްވުންތައް ހާމަކޮށް، ބާތިލްކުރުމަށެވެ.

ހިނގާލުމުގެ ތެރެއިިން ބައިވެރިންނާއި ވާހަކަދައްކަވަމުން އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ދިވެހިންނަކީ ކިތަންމެ ބޮޑު ކަމަކާއި ކުރިމަތިލާންޖެހުނަސް ފުރާނަ އަތްމައްޗަށް ލައިގެން އަބަދުވެސް ނުކުންނަ ބައެއް ކަމަށެވެ. އެހެންކަމުން އިންޑިޔާ ސިފައިން ކުރިމަތީވެސް ދިވެހިން ފަސްނުޖެހޭނެކަމަށް ވިދާޅުވިއެވެ. އަދުރޭ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ރައީސް ސޯލިހުގެ އާއިލާއަކީވެސް ދައުލަތަށް ގައްދާރުވުމުގެ ތާރީހެއް އޮތް އާއިލާއެއްކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ސޯލިހުގެ ސަރުކާރާއި ދެކޮޅަށް ހިންގަމުންދާ އިހުތިޖާޖުތައް ހުއްޓުވުމަށް ކިތަންމެ މަސައްކަތްކުރިޔަސް، މިހަރަކާތްތައް ނުހުއްޓާނެކަމަށް ވިދާޅުވިއެވެ.

އިހުތިޖާޖުގެ ތެރެއިން ސަންގު ޓީވީ އާއި ވާހަކަދައްކަވަމުން މެމްބަރު ޝުޖާއު ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ބޭރުގެ ގައުމުތަކަށް ހިބަކޮށް ދީފައިވާކަމަށެވެ. މިކަމާއި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދެކޮޅުވާ ކަން ފާހަގަކުރައްވާ ޝުޖާއު ވިދާޅުވީ،  ގައުމު މިއޮތީ ވަރަށް ސީރިއަސް ހާލަތެއްގައި ކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމުގައިވެސް މިނިވަންކަން ގެއްލޭފަަދަ އެއްވެސް ކަމެއްކޮށްފައިނުވާ ކަމަށާއި މިއީ ފަހުގެ ތާރީހެއްގައި ވެރިކަމަކުން މިނިވަންކަން ނިގުޅައިގަތުމަށް މަސައްކަތްކުރާތަން ފެންނަ ފުރަތަމަ ފަހަރުކަމަށް ވިދާޅުވިއެވެ. އަދި އިދިކޮޅު ފިކުރުގެ ހައިސިއްޔަތުން މިކަމާއި ދެކޮޅަށް އަޑު އުފުލުން ދުވަހަކުވެސް ހުއްޓާނުލާނެކަމަށް ޝުޖާއު ވިދާޅުވިއެވެ.

މިއަދު މިބޭއްވި ހިނގާލުމަކީ ހުސްވި ހަފްތާގައި ބޭއްވުމަށް ނިންމި ހިނގާލުމެކެވެ. ހިނގާލުން މިހަފްތާއަށް ފަސްކުރީ މޫސުން ތަން ނުދިނުމުގެ ސަބަބުންނެވެ. މިއަދުގެ ހިނގާލުމުގައިވެސް ގިނަ އަދަދެއްގެ އާންމުން ބައިވެރިވެފައިވާއިރު ކުރިއަށް އޮތް ދުވަސްތަކުގައިވެސް ވަރުގަދަ ހަރަކާތްތަކެއް ބާއްވާނެކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: