ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަވަށްޓެރި ގައުމުތަކާ ދިމާކުރުން ގައުމަށް ހެޔޮއެދޭނެ ބަޔަކު ކުރާނެ ކަމެއްނޫން: ރާއީ

މެމްބަރު ރާއީ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަނީ: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިވަންކަމާއި ޑިމޮކްރަސީ ނަމުގައި ނުކުމެ، އަވަށްޓެރި ގައުމުތަކާއި ދިމާކުރުން އެއީ މިގައުމަށް ހެޔޮއެދޭނެ ބަޔަކު ކުރާނެ ކަމެއްނޫން ކަމަށް މަކުނުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

ރާއީ މިހެން ވިދާޅުވީ ”މިނިވަންކަމުގެ ހިނގާލުން“ ނަމުގައި އިދިކޮޅުން ސިލްސިލާ ބޮޑެތި މުޒާހަރާތަކެއް ބާއްވަމުން އަންނަ ދަނޑިވަޅެއްގައެވެ.

ރާއީ ވަނީ ރާއީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ކަޅު އައިނު އެޅި ބޭފުޅާއަށް ޕީޕީއެމްގެ ޓިކެޓް ކަށަވަރު ކޮށްދިނުމަށް ކުރާކަން ކަމުގައި ގައުމު ހަލަބޮލި ކުރަން ނޫޅުމަށް ގޮވާލާފައެވެ.

އިދިކޮޅު ކޯލިޝަނުން އިސްނަގައިގެން ފަށާފައިވާ ”މިނިވަންކަމުގެ ދިފާޢުގައި ދިވެހިން“ ހަރަކާތަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވައިލުމާއެކު، ރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް އުނިކަން އަންނަ ގޮތަށް ހަދަމުންދާ އެއްބަސްވުންތައް ހާމަކުރުމަށާއި، އުވައިލުމަށް ގޮވައިލާ ފަށައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

އެ ހަރަކާތުގެ ފަރާތުން މާލޭގައި ހިނގައިލުންތައް ބޭއްވުމުގެ އިތުރަށް، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ގޮވައިލާ ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: