ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެހެންބަޔަކު “މޯލްޑިވްސް އައުޓް” ގޮވަން ދިވެހިން ނުރުހޭނެ: ވައްޑެ

އުނގޫފާރު ދާއިރާގެ މެމްބަރު ވައްޑެ
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ އެހެން ގައުމަކުން “މޯލްޑިވްސް އައުޓް” ގޮވަން ފަށައިފިނަމަ ދިވެހިން އެކަމާއި ހިތްހަމަނުޖެހޭނެކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

އިންޑިޔާގެ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި ކުރިއަށް ގެންދިޔަ ހިނގާލުމާއި ގުޅިގެން މެމްބަރު ވައްޑެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމުތަކުގެ ނަންތައް ފަހަތަށް “އައުޓް” ލައިގެން އެނަންތައް ގޮވުމަކީ ދަށް ފެންވަރުގެކަމެއް ކަމަށެވެ. އެގޮތުން އިންޑިޔާ އައުޓް، ސްރީލަންކާ އައުޓް، ބަންގްލަދޭޝް އައުޓް މިފަދަ ނަނަތައް ބޭނުންކޮށްގެން ހަރަކާތްތައް ކުރިއަށް ގެންދިޔުމަކީ ދިވެހިން ބަދުނާމުކުރުމަށްޓަކައި ދިވެހިންގެ ތެރެއިން މަދު ބަޔަކު ހިންގަމުންދާ ހަރަކާތެއްކަމަށް ވައްޑެ ވިދާޅުވިއެވެ.

ވައްޑެ ވިދާޅުވީ، އެހެން ގައުމެއްގެ ބަޔަކު “މޯލްޑިވްސް އައުޓް” ގޮވަން ނުރުހޭނެ ފަދައިން އެގައުމުތަކުގެ ރައްޔިތުންނަށްވެސް މިފަދަ ކަންކަމުން އަސަރުކުރާނެކަމަށެވެ. އަދި އެކަމުގެ ނުރަނގަޅު އަސަރު ދިވެހިންނަށްވެސް ކުރާނެ ކަމަށާއި މިފަދަ ހަރަކާތްތައް ހުއްޓުވެންޖެހޭނެކަމަށް ވައްޑެ ވިދާޅުވިއެވެ.

އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށާއި އިންޑިޔާއާއި ރާއްޖެއާއި ވެފައިވާ އެއްބަސްވުންތައް ހާމަކޮށް އެއެއްބަސްވުންތައް ބާތިލްކުރުމަށް ގޮވާލައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ބޭއްވި ހިނގާލުމެއް އިއްޔެ ހަވީރުވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިނިވަންކަމުގެ ދިފާއުގައި ދިވެހިން މިނަމުގައި ކުރިއަށްދިޔަ ހިނގާލުމުގައި ގިނަ އަދަދެއްގެ އާންމުން ބައިވެރިވެފައިވާއިރު، ހިނގާލުމުގެ ކުރީ ސަފުގައި އިސްކޮށް ތިއްބެވީ އިދިކޮޅުގެ ލީޑަރޝިޕްގެ ބޭފުޅުންނެވެ. މީގެ ތެރޭގައި އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި، މާލެ ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒުއާއި، ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއު، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް، ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ފާހަގަކޮށްލެވެއެވެ.

އިދިކޮޅުން ފާހަގަކުރާ ގޮތުގައި ކުރިއަށް އޮތްތަނުގައި މިހަރަކާތްތައް މިއަށްވުރެ ވަރުގަދަކޮށް ކުރިއަށްގެންދާނެއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ މިފަހުގެ ތާރީހެއްގައި މިނިވަންކަން ނިގުޅައިގަތުމަށް ސަރުކާރަކުން މަސައްކަތްކުރާތަން ފެންނަ ހަމައެކަނި ސަރުކާރުކަމަށް އިދިކޮޅުން ފާހަގަކުރެއެވެ.

އިންޑިޔާއާއި ރާއްޖެއާއި ދެމެދުވެފައިވާ އެއްބަސްވުންތައް ހާމަކުރުމަށް ގޮވާލައި އިހުތިޖާޖުތައް ކުރިއަށްގެންދާއިރު އިންޑިޔާ ސިފައިން ރާއްޖޭގައި ތިބުމަކީ ރާއްޖޭގެ ސަލަމާތާއި މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި އިދިކޮޅުން ފާހަގަކުރެއެވެ. އަދި ދިވެހިންނަކީ ކިތަންމެ ބޮޑު ކަމަކާއި ކުރިމަތިލާންޖެހުނަސް ފުރާނަ އަތްމައްޗަށް ލައިގެން އަބަދުވެސް ނުކުންނަ ބައެއްކަން ފާހަގަކޮށް އިންޑިޔާ ސިފައިން ކުރިމަތީވެސް ދިވެހިން ފަސްނުޖެހޭނެކަމަށް އިދިކޮޅުން އަންނަނީ ބުނަމުންނެވެ.

އިއްޔެ ބޭއްވި ހިނގާލުމަށްވެސް ބޮޑު ތަރުހީބެއް ލިބިގެންދިޔަކަން އިދިކޮޅުން ފާހަގަކުރެއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ހަރަކާތްތައް މެދުކެނޑުމެއްނެތި ކުރިއަށްގެންދާނެކަން ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: