ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް ތެރޭގައި ވެސް ފެނުނީ ރައީސް ސޯލިހުގެ ކެތްތެރިކަމާއި ހިކުމަތްތެރިކަން: ޤާސިމް

ރައީސް އިބްރާހިމް މުހައްމަދު ސާލިޙް އަދި ޖޭޕީގެ ލީޑަރ ގާސިމް އިބްރާހީމް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޤައުމު ކުރިއަށް ގެންދަވަނީ ވަރަށްވެސް ހިކުމަތްތެރި ކަމަށާއި، ކެތްތެރި ކަމާއެކުގައި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ތިން އަހަރު ފުރުމާއި ގުޅުގެން ތަހުނިޔާ ވިދާޅުވެ ޤާސިމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކޮވިޑް-19ގެ ދަތި އުދަނގޫ ހާލަތުގައިވެސް ރައީސްގެ ފަރާތްޕުޅުން ފެނިގެން ގޮސްފައިވަނީ ކެތްތެރިކަމާއި، ހިކުމަތްތެރި ކަމާއިއެކު މަސައްކަތް ކުރިއަށް ގެންދެވި މަންޒަރުކަމަށެވެ. އެމަނިކުފާނަކީ ކަންކަން ކުރުމުގައި ވަރަށް ހިކުމަތްތެރި ކަމާއިއެކު މަސައްކަތް ކުރައްވާ ރައީސެއްކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ.

”ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމަށް 3 އަހަރު ފުރުމާއި، ގުޅިގެން އަޅުގަނޑުގެ އަމިއްލަ ނަމުގައި، އަދި ޖުމްހޫރީ ޕާޓީގެ ނަމުގައި މަރުހަބާއާއި، ތަހުނިޔާ އަރިސްކުރަމެވެ. ރައީސް ޞާލިހަކީ ކެތްތެރިކަމާއިއެކު، ހިކުމަތްތެރި ކަން އިސްކޮށްގެން، ކޯވިޑް-19ގެ ދަތި ހާލަތުގައިވެސް ޤައުމު ކުރިއަށް ގެންދެވި ރައީސެވެ.” ޤާސިމް ވިދާޅުވިއެވެ.

ނޮވެންބަރު 17، 2018 ގައި ފެށުނު ރައީސް ސޯލިހުގެ ވެރިކަމަށް މިއަދު ތިން އަހަރު ފުރުމާއި ގުޅިގެން ސަރުކާރާ ގުޅިފައިވާ ޕާޓީތަކުން ގެންދަނީ މަރުހަބާ ކިޔަމުންނެވެ. އެ ޕާޓީތަކުގެ ނަޒަރުގައި ނިމިދިޔައީ ކާމިޔާބު ތިން އަހަރެވެ.

އިދިކޮޅު ދެ ޕާޓީގެ ނަޒަރުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ ދިވެހި ތާރީހުގައިވެސް ފެނިގެންދާ އެންމެ ހަޑިމުޑުދާރު ސަރުކާރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: