ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޯލްޑް 100 އެވޯޑް ފަސްވަނަ ފަހަރަށް ކޯ-ލޯޑް އަށް!

ކޯ-ލޯޑްއަށް މިއެވޯދް ލިބުނު މިއީ ޖެހިޖެހިގެން ފަސްވަނަ ފަހަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ގޯލްޑް 100 އެވޯޑް ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ކޯ-ލޯޑް ކުންފުނިން ހާސިލްކޮށްފިއެވެ.

ގޯލްޑް 100 އެވޯޑަކީ ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ 100 ވިޔަފާރި ކުންފުންޏަށް ޚާއްސަކޮށް ކޯޕަރޭޓް މޯލްޑިވްސްއިން އިންތިޒާމްކޮށް ދެމުން އަންނަ އެވޯޑެކެވެ. މިއަހަރުގެ އެވޯޑް ދިނުމުގެ ހަފްލާ ޝަރަފްވެރިކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

ކޯ-ލޯޑް ކުންފުންޏަށް ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މިއެވޯޑް ލިބުމާއި ގުޅިގެން ކުންފުނިން ވަނީ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ. އެވޯޑް ހާސިލްވުމުން ފެނިގެންދަނީ ކޯ-ލޯޑް ކުންފުނީގެ ޓީމްގެ ބުރަ މަސައްކަތާއި މަސައްކަތް ކުރުމަށް ހުރި ޝައުގުވެރިކަންކަމަށް ކުންފުނިން ބުނެއެވެ. އަދި ކުންފުނީގެ ހުރިހާ ސްކޭޓް ހޯލްޑަރުންނަށާއި ކަސްޓަމަރުންނަށް ވަނީ ކުންފުނީގެ ފަރާތުން ޝުކުރު ދަންނަވާފައެވެ. އަދި މިފަދަ ކަމެއް ކޯޕަރޭޓް މޯލްޑިވްސްގެ ފަރާތުން އިންތިޒާމްކުރާ ކަމަށްޓަކައި ކޯޕަރޭޓް މޯލްޑިވްސްއަށްވެސް ޝުކުރު އަދާކޮށްފައިވެއެވެ.

ކްރޮސްރޯޑްސްގައި ކުރިއަށްދިޔަ ހަފްލާގައި ރައީސް ވާހަކަފުޅުދައްކަވަމުން ކޮވިޑުގެ ސަބަބުން ލިބުނު ގެއްލުންތައް ފޫބެއްދުމަށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން، ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި އޭގެ ނަތީޖާވެސް މަޑުމަޑުން ފެންނަކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: