ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

3 އަހަރު ތެރޭގައި 3 ޓާޝަރީ ހޮސްޕިޓަލް ގާއިމުކުރެވިއްޖެ: ނަސީމް

ހެލްތް މިނިސްޓަރ އަހުމަދު ނަސީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ 3 އަހަރު ދުވަސް ފާއިތު ވެގެން ދިޔަ އިރު ރާއްޖޭގެ 3 ސަރަހައްދެއްގައި 3 ޓާޝަރީ ހޮސްޕިޓަލް ގާއިމުކުރެވިއްޖެ ކަމަށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހުގެ ވެރިކަމަށް 3 އަހަރު ފުރުމާއި ގުޅިގެން ސަންގު ޓީވީ އިން ކުރިއަށް ގެންދިޔަ ހާއްސަ ކަވަރޭޖުގައި ވާހަކަ ދައްކަމުން މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ ސިއްހީ ނިޒާމު ލާމަރުކަޒީ ކުރުމުގެ ގޮތުން ގައުމުގެ ތަފާތު އެކި ސަރަހައްދު ތަކުގައި ޓާޝަރީ ހޮސްޕިޓަލް ގާއިމުކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

އެގޮތުން ފާއިތުވެ ދިޔަ 3 އަހަރު ދުވަހުގެ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި ތިނަދޫގައި ގާއިމުކުރެވުނު އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ގެ އިތުރުން އައްޑު އިކުއެޓޯރިއަލް ހޮސްޕިޓަލް ގެ މަސައްކަތް ފުރިހަމަ ކުރެވިފައިވާ ކަމަށް ނަސީމް ވިދާޅުވިއެވެ. މި ހޮސްޕިޓަލް ތަކުގައި ގިނަ ސާޖަރީ ތަކާއި ސިއްހީ މަރުކަޒުތަކުން ނުލިބޭ އެތައް ހިދުމަތްތަކެއް ލިބިގެންދާ ކަމަށް ނަސީމް ފާހަގަކުރެއްވިއެވެ.

ހަމައެއާއިއެކު، އިތުރު 2 ޓާޝަރީ ހޮސްޕިޓަލެއް ކަމަށް ލ. ގަން ހޮސްޕިޓާލް އަދި އުނގޫފާރި ހޮސްޕިޓަލްގެ މަސައްކަތް ނިމުމަކާއި ހަމައަށް އައިސްފައިވާ ކަމަސް ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރައީސް ސޯލިހުގެ ވެރިކަން ފަށައިގަތް އިރު ސިއްހީ ވުޒާރައިގެ ބޮޑެތި މައްސަލަތަކާއި ދަތި ތަކެއް ހުރިކަމަށް ވިދާޅުވަމުން ނަސީމް ވިދާޅުވީ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރެވިފައިވާ ކަމަށެވެ.

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރެވިފައިވާ ސިއްހީ މަރުކަޒުތަކުގެ ތެރެއިން 40 މަރުކަޒެއްގެ ހިދުމަތްތައް އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރެވިފައިވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ސިއްހީ ނިޒާމު ލާމަރުކަޒީ ކުރުމުގެ މައިގަނޑު ބޭނުމަކީ ރައްޔިތުން ސިއްހީ ހިދުމަތް ހޯދުމަށް މާލެ އައުުގެ ބަދަލުގައި ރަށުން ހިދުމަތް ލިބޭނެ މަގި ފަހި ކޮށްދިނުްނ ކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: