ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީދާ މެރުމުގެ ހަރާކާތުން ފުޓްސަލްކުޅުމަކަށް އަސަރެއް ނުކުރާނެ: ވާދޫ ކައުންސިލް

ވާދޫ ޒުވާނުން ކުރިއަށްގެންދިޔަ އިހުތިޖާޖުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރަށުގައި ކުރިއަަށްގެންދާ ޕެސްޓް ކޮންޓްރޯލްކުރުމުގެ ހަރަކާތަކުން ރަށުގެ ކުޅިވަރު ހަރަކާތަކަށް އެއްވެސް އަސަރެއް ނުކުރާނެކަމަށް ރ. ވާދޫ ކައުންސިލުން ބުނެފިއެވެ.

ވާދޫގައި މީދާ މެރުމުގެ މުބާރާތެއް ކުރިއަށްގެންދާތީ ރަށުގެ ޒުވާނުންތަކެއް ވަނީ އެރަށުގައި އހުތިޖާޖްކޮށްފައެވެ. ސޯޝަލް މީޑިޔާގައި މިކަން އާންމުވެގެންދިޔައިރު ޒުވާނުންގެ ވާހަކަތަކުގައި ފާހަގަކޮށްފައިވަނި ރަށުގައި ފުޓްސަލް މުބާރާތެއް ބޭއްވުމަށް ކައުންސިލްގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށެވެ. އަދި ފުޓްސަލް މުބާރާތް ބޭއްވުމަށް ބަޖެޓް ނެތްކަމަށް ކައުންސިލުން ބުނަމުންދާ ކަމަށާއި ފުޓްސަލް މުބާރާތެއް ބާއްވައިދިނުމަށް އެދެމުންދާތާ އެތައް ދުވަހެއްވެފައިވީ ނަމަވެސް ކޮންމެ ފަހަރަކުވެސް އެކަން ނިންމާލަނީ ބަޖެޓު ނެތޭ ބުނުމަށްފަހުކަމަށް ޒުވާނުން ވަނީ ފާހަގަކޮށްފައެވެ.

ރަށުގައި ޕެސްޓް ކޮންޓްރޯލްކުރުމަށް ކުރިއަށްގެންދާ ހަރާކަތުގެ ދަށުން މީދާ މެރުމުގެ މުބާރާތެއް ބޭއްވުމަށް ނިންމާފައިވާއިރު މުބާރާތުން އެއްވަނައަށް އަންނަ މީހަކަށް 3000 ރުފިޔާ، ދެވަނައަށް އަންނަ މީހަކަށް 2000 ރުފިޔާ އަދި ތިންވަނައަށް އަންނަ މީހަކަށް 1000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. މިކަމަށް ރަށުގެ ޒުވާނުންގެ ފާޑުކިޔުން އަމާޒުވެ ރަށުގައި ވަނީ މިކަމާއި ދެކޮޅަށް އިހުތިޖާޖް ކޮށްފައެވެ.

މިކަމާއި ގުޅިގެން ކައުންސިލްއިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ  ވާދޫ ކައުންސިލުގައި ފުޓްސެލް މުބާރާތެއް ބޭއްވުމަށް ބަޖެޓް ނެތްކަމަށާއި، އަދި ފުޓްސެލް މުބާރާތެއް ބޭއްވުމާއި ގުޅޭގޮތުން ކައުންސިލްގެ ބައްދަލުވުމަކުން ނިންމި ނިންމުމުގެ މެޖޯރިޓީ ނުލިބޭކަމަށްބުނެ ނުރަނގަޅު ތަސައްވުރެއް ތަސްވީރުވާހެން، ރައްޔިތުންގެ މެދުގައި ކަންބޮޑުވުންއުފެދޭ ގޮތަށް ވާދޫގައި ފުޓްސެލް ކުޅުމުގައި ހަރަކާތްތެރިވާ މަދު ބަޔަކު އާންމުކޮށްފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއްކަމަށެވެ. ވާދޫގެ 4 ވަނަ ދައުރަށް އަލަށް އިންތިޚާބުވި ކައުންސިލްގެ މިދައުރުގައި މިހާތަނަށް ބޭއްވި އެއްވެސް ރަސްމީ ބައްދަލުވުމެއްގައި، ފުޓްސެލް މުބާރާތެއް ބޭއްވުމަށް އެޖެންޑާކޮށްފައި ނުވާކަމަށާއި، އަދި އެމައުޟޫގައި އެއްވެސް މަޝްވަރާއެއް ކޮށް، މިހާތަނަށް އެއްވެސް ވޯޓަކަށް އަހާފައި ނުވާނެކަމަށްވެސް ކައުންސިލުން ބުނެއެވެ. އަދި މިކައުންސިލްގެ ދައުރުގައި އެއްވެސް ފަރާތަކުން ރަސްމީކޮށް ފުޓުސެލް މުބާރާތެއް ބޭއްވުމާއި ގުޅޭގޮތުން ފައިސާގެ އެހީތެރިކަމެއް ހޯދުމަށް އެދި ހުށަހަޅާފައިނުވާކަމަށްވެސް ބަޔާނުގައިވެއެވެ. އަދި ވާދޫގައި ފުޓްސެލްކުޅޭ މަދުބަޔަކު މިއަމަލު ހިންގާފައިވަނީ ކައުންސިލާއިމެދު ނަފުރަތު އުފެއްދުމުގެ ގޮތުން ކައުންސިލަށް ނިސްބަތްވާ މެންބަރެއްގެ ފަރާތުން ދީފައިވާ ދޮގުމައުލޫމާތެއްގެ ސަބަބުންކަމަށްވެސް ކައުންސިލުން ބުނެއެވެ.

މީގެ އިތުރުން ކައުންސިލްގެ ބަޔާނުގައި ވަނީ ފުޓްސަލް ކުޅުމަށާއި ފުޓްސަލް ދަނޑަށް ބޮޑެތި ހަރަދުތަކެއް ކޮށްފައިވާކަން ފާހަގަކޮށްފައެވެ. އަދި މިހިނގާ ކައުންސިލްގެ ބަޖެޓުގައި އެތަކެއް ދަތިތަކެއްގެ ތެރެއިންވެސް މިހާރުވެސް ކުޅިވަރުގެ ހަރާކާތްތައް ހިންގުމަށް 23000 ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާކަމަށް ކައުންސިލުން ބުނެއެވެ. ފުޓްސެލް ކުޅިވަރަކީ މިކައުންސިލުން މިހާތަނަށް އެންމެ ގިނަ ޚަރަދުކޮށް، އެންމެ ބޮޑު ސަމާލުކަމެއްދީފައިވާ އެއް ކުޅިވަރުކަމަށްވެސް ކައުންސިލުން ބުނެއެވެ.

އެހެންކަމުން، ވާދޫގައި ބޭއްވުމަށް ކަނޑައެޅިފައިވާ މީދާ މަދުކުރުމުގެ ހަރަކާތަކީ ކައުންސިލްގެ ބަޖެޓުގައި ޕެސްޓް ކޮންޓްރޯލްކުރުމަށް ކަނޑައެޅިފައިވާ ވަކި ބަޖެޓަކުން ކުރިއަށް ގެންދާ ހަރަކާތަކަށްވާއިރު، ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް މިކަމުން އެއްވެސް އަސަރެއް ނުކުރާނެކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: