ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ ފޭސް 1އިން މީގެ ފަހުން ކުނި އުކާނީ އިރުއޮއްސި 6:00 އިން ރޭގަނޑު 11:00 އަށް!

ވެމްކޯއިން ހުޅުމާލޭގެ ފޭސް އެކެއްގެ ސަރަހައްދުގައި ހިދުމަތް ފޯރުކޮށްދޭ ގަޑިތަކަށް ވަނީ ބަދަލުގެނެސްފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ވެމްކޯއިން ހުޅުމާލޭގެ ފޭސް 1 ސަރަހައްދުން ކުނި އުކާނެ ވަގުތަށް ބަދަލުތަކެއް ގެނެސްފިއެވެ.

މީޑިޔާތަކަށް މައުލޫމާތުދެމުން ވެމްކޯއިން ބުނީ ފުރަމާލެ ސަރަހައްދުގެ ގޭބިސީތަކުން ކުނި އުކާލުމުގެ ޚިދުމަތްތަކަށް ވަނީ 2021، 15 ސެޕްޓެމްބަރ އިން ފެށިގެން ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ. އަދި އެބަދަލުތަކުގެ ދަށުން ހުޅުމާލޭގެ އަވަށްތައް ހިމެނޭގޮތަށް، އިމާރާތުގެ އެތެރެއިން ވަކި ފަންގިފިލާތަކުން ކުނި ނެގުމުގެ ހިދުމަތް ސެޕްޓެމްބަރު 15 އިން ފެށިގެން ދެމުންގޮސްފައިވާކަން ވެމްކޯއިން ފާހަގަކުރެއެވެ.

ނަމަވެސް، ހުޅުމާލެއަށް ގިނަ އަދަދެއްގެ ރައްޔިތުން އާބާދުވަމުންދާ މިދަނޑިވަޅުގައި މިކޯޕަރޭޝަން ޙިދުމަތްތައް އިތުރަށް ބައްޓަންކުރުމަށާއި މަސައްކަތްތައް ރުކުރުވާލުމަށްޓަކައި، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ގޭބިސީތަކުން ކުނި ނަގާ ވަގުތު ބަދަލުކުރުމަށް މިހާރު ނިންމާފައިވާކަމަށް ވެމްކޯއިން ބުނެއެވެ.  އެގޮތުން 2021، 1 ޑިސެމްބަރ އިން ފެށިގެން ހުޅުމާލޭގެ ފޭސް 1 ސަރަހައްދުން ގޭބިސީތަކަށް ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ކޮންމެ ދުވަހެއްގެ އިރުއޮއްސި 06:00 އިން ރޭގަނޑު 11:00 އާއި ދެމެދުގެ ވަގުތުތަކުގައިކަމަށް އެކުންފުނިން ބުނެއެވެ. އަދި ހަވީރު 05:00 އިން ފެށިގެން ތައްޔާރުކޮށްފައިވާ ކުނި ކޮތަޅު ނެގޭނެ ފަދަ
އިންތިޒާމެއް ހަމަޖެއްސުމަށް ކަސްޓަމަރުންގެ އަރިހުން ކުންފުނިން ވަނީ އެދިފައެވެ.

މިކޯޕަރޭޝަނުން ފޯރުކޮށްދޭ ކުނި ނެގުމުގެ ޚިދުމަތްތަކަކީ ރެޖިސްޓަރ ކޮށްފައިވާ އަދި ބިލަށް ފައިސާ ދައްކާ ފަރާތްތަކަށް ދޭ ދޭޚިދުމަތެކެކެވެ. އެހެންކަމުން، ވެމްކޯގެ ޚިދުމަތަށް ނުގުޅިވާ ކަސްޓަމަރުން ވީއެންމެ
އަވަހަށް ކުނި އުކާލުމުގެ ހިދުމަތަށް ރެޖިސްޓަރ ކުރުމަށް ކުންފުނިން އިލްތިމާސްކުރެއެވެ. އަދި ހިދުމަތަށް ރަޖިސްޓަރ ކުރުމަށް އެދޭ ކަސްޓަމަރުން ކޯޕަރޭޝަންގެ ވެބްސައިޓް www.wamco.com/online އަށް ޒިޔާރާތްކުރުމަށް ފަހު ޚިދުމަތަށް އެދިލެއްވޭނެކަމަށްވެސް ކުންފުނިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: