ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޑިވަރު އެއާޕޯޓް މިއަހަރު ނިމުމުގެކުރިން ހުޅުވާނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ޅ. މަޑިވަރުގައި ތަރައްޤީކުރަމުން އަންނަ އެއާޕޯޓް މިއަހަރު ނިމުގެކުރިން ހުޅުވުމަށް މުއްދަތު ދީފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ކުރެއްދޫ ހޯލްޑިންސް އިން ޅ. މަޑިވަރުގައި ތަރައްގީކުރި އެއާޕޯޓް ހުޅުވޭނެ ތާރީހާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ، މަޑިވަރު އެއަޕޯޓް ހުޅުވުމަށް ވަގުތު ދީފައި ވާނީ މި އަހަރު ޑިސެމްބަރު 31ގެ ނިޔަލަށްކަމަށެވެ.

މަޑިވަރު އެއާޕޯޓް ހިންގަން ހަވާލުކުރަން ނިންމާފައިވަނީ ކޮން ފަރާތަކާ ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.

މަޑިވަރު އެއާޕޯޓުގައި ތަރައްޤީކުރަނީ 1200މީޓަރުގެ ރަންވޭއެވެ. މަސައްކަތުގެ ސްކޯޕްގައި ޓަރމިނަލާއި، އެއަރ ކްރާފްޓްތައް ޕާކުކުރުމަށް ޚާއްސަ ސަރަޙައްދާއި، ފަޔަރ ބިލްޑިންގ ހިމެނެއެވެ. މި މަސައްކަތުގައި މަޑިވަރުގައި ސިޓީ ހޮޓަލެއް ތަރައްޤީކުރުންވެސް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: