ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންޓިންޖެންސީ ބަޖެޓުން ރައީސް ޔާމީނަށް އިނާޔަތް ދިނުމަށް ހުރަހެއް ނެތް: ފިނޭންސް

ރައީސް ޔާމީން މިނިވަންވެ ގެއަށް ވަޑައިގެންނެވުމާއި ހަމައަށް ދައުލަތުން ރައްކާތެރިކަން ފޯރުކޯށްދީފައެއްނުވޭ / ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންޓިންޖެންސީ ބަޖެޓުން ރައީސް އަބްދުﷲ ޔާމީންގެ ސެކިޔުރިޓީއަށް ހަރަދުކުރުމަށާއި އިނާޔަތްތައް ދިނުމަށް އެއްވެސް ހުރަހެއް ނެތްކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެފިއެވެ.

ރައީސް ޔާމީން މިނިވަންވެވަޑައިގެންނެވި ވަގުތުން ފެށިގެން ދިރިއުޅުއްވާ ގެކޮޅާއި ހަމައަށް ވަޑައިގަންނަވަންދެންވެސް އެއްވެސް މިންވަރަކަށް ދައުލަތުގެ ފަރާތުން ސެކިޔުރިޓީ ފޯރުކޮށްދީފައިނުވެއެވެ. ރައީސް ޔާމީން ގެކޮޅަށް ވަޑައިގަންނަވަންދެން ރައީސް ޔާމީނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ތިއްބެވީ އެމަނިކުފާނުގެ ސަޕޯޓަރުންނެވެ. މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

ރައީސް ޔާމީނަށް ކުރީގެ ރައީސަކަށް ދޭންޖެހޭ އެއްވެސް އިނާޔަތެއް ދިނުމަށް އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށައެޅި ބަޖެޓުގައި ނެތެވެ. އެއީ ބަޖެޓު ފާސްކުރިއިރު ރައީސް ޔާމީން ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދެވުމުންނެވެ.

ރައީސް ޔާމީން މިނިވަންވުމާއެކުވެސް އެއްވެސް ސެކިޔުރިޓީއެއް އަދި ރައްކާތެރިކަމެއް ފޯރުކޮށްދީފައި ނުވާތީ އަދި ބަޖެޓުގައި އެފަދަ ކަމެއް ހިމަނާފައިނުވާތީ ދައުލަތަށް ބޮޑެތި ފާޑުކިޔުންތަކެއް އައީ އަމާޒުވަމުންނެވެ. މިކަމާއި ގުޅިގެން ފިނޭންސް މިނިސްޓްރީގެ މީޑީޔާ އޮފިޝަލް ލަމްއާން މުހައްމަދު ވިދާޅުވީ ބަޖެޓު ފާސްކުރިއިރު ރައީސް ޔާމީނަށް ދޭންޖެހޭ އިނާޔަތުގެ ތަފްސީލްތައް ހިމަނާފައި ނުވަނީ އެވަގުތު އޮތް ހާލަތުގެ ސަބަބުން ކަމަށެވެ. އަދި ކުރީގެ ރައީސަކަށް ދޭންޖެހޭ އިނާޔަތް ކޮންޓިޖެންސީ ބަޖެޓުން އެލޮކޭޓްކޮށްގެން ދިނުމަށް މާލިއްޔަތު ގާނޫނާއި ގަވާއިދުން ހުރަހެއް ނެތްކަމަށް ވިދާޅުވިއެވެ.

 

ރައީސް ޔަމީންގެ ގާނޫނީ ވަކީލުންގެ ޓީމުންވެސް ވަނީ މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ރައީސް ޔާމީންގެ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި “ސަންގު” އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ޖަމީލް ވަނީ މި ސަރުކާރުން އަބަދުވެސް ރައީސް ޔާމީނާއި މެދު ތަފާތު ކުރުންތައް ގެންގުޅޭކަމަށް ވިދާޅުވެފައެވެ. އެކަން މިއަދު ވަރަށް ރަނގަޅަށް ހާމަވެގެން ގޮސްފައިވާކަމަށާއި ރައީސް ޔާމީންގެ ކުށެއް ނެތްކަން ސުޕްރީމް ކޯޓުގެ ހުކުމަކުން އިއްވައި، ފަނޑިޔާރުން ތެދުވާ ހިސާބުން އެމަނިކުފާނަށް ސެކިއުރިޓީ ލިބެން ޖެހޭނެކަމަށް ޖަމީލު ވިދާޅުވި އެވެ. ރައީސް ޔާމީނަށް ދޭން ޖެހޭ ސެކިއުރިޓީ ނުދީ ސަރުކާރުން ގަސްތުގައި ދޫކޮށްލީކަމަށް ޖަމީލް ގަބޫލުކުރައްވައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު ސެކިޔުރިޓީ ވަރުގަދަކުރެވިފައިޥާއިރު ރައީސް ޔާމީން އަވަހާރަކޮށްލުމަށްވެސް ބޮމުގެ ހަމަލާއެއް ދީފައިވާކަން ގާނޫނީ ޓީމުންނާއި ރައީސް ޔާމީންގެ ސަޕޯޓަރުން ފާހަގަކުރައްވައެވެ. ރައީސް ޔާމީނަކީ ވެސް ތްރެޓް ލެވެލް ހައި ބޭފުޅެއްކަން ގަބޫލު ކުރަންޖެހޭކަމަށާއި އެކަމިކުފާނަށް ވެސް ވެރިކަން ކުރެއްވީތީ ދޭން ޖެހޭ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭން ޖެހޭކަމަށް ގާނޫނީ ޓީމުން ފާހަގަކުރައްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: