ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަކި ބައެއްގެ އަތުގައި ހުރިހާ ބާރެއް އޮއްވައި، ބަޔަކަށް ކުރެވޭނެ އެންމެ ވަރުގަދަ ޖިހާދުކޮށްފި: ރައީސް ޔާމީން

ރައީސް ޔާމީން މިނިވަންވެވަޑައިގަތީ ހުސްވި އަހަރު ފަހުކޮޅު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރައްޔިތުންގެ އަތުން ބާރުތައް ޖެހިގެންގޮސް، ވަކި ބައެއްގެ އަތުގައި ހުރިހާ ބާރެއް އޮއްވައި ، ބަޔަކަށް ކުރެވޭނެ އެންމެ ވަރުގަދަ ޖިހާދު ދިވެހި ރައްޔިތުން ކޮށްފިކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ދެއަހަރުގެ ޖަލު ހުކުމެއް ތަންފީޒްކުރެއްވުމަށްފަހު މިނިވަންވެވަޑައިގެން، ރައްޔިތުންނަށް ޝުކުރު ދެންނެވުމަށްޓަކައި ބާއްވާ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެކަން އެހިނގައިދިޔަ ގޮތަކަށް ރައްޔިތުން އަތުން ކެހިގެން ހުރިހާ ބާރެއް ވަކި ބަޔަކަށް ލިބިއްޖެކަމަށެވެ. ގާނޫނު ހެދުމުގެ ބާރާއި ގާނޫނު ތަންފީޒް ކުރުމުގެ ބާރުވެސް ވަކިބަޔަކަށް ލިބިފައިވަނިކޮށް ހިތްވަރުގަދަކޮށް، ފޯރިގަދަކޮށް ދިވެހި ރައްޔިތުން ޖިހާދެއް ކުރައްވައިފިކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މިއަށްވުރެ ފުދުންތެރި ހާލަތެއްގައި ތިބިނަމަ، އަދި މިއަށްވުރެ ވަސީލަތްތައް ލިބުމުގައި ފަސޭހަވިނަމަ މިއަށްވުރެ ވަރުގަދަ މަސައްކަތްތަކެއް ކުރެވުނީސްކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، މިހާލަތުގައި ބަޔަކަށް ކުރެވޭނެ އެންމެ ވަރުގަދައަށް ދިވެހި ރައްޔިތުން ޖިހާދުކޮށްފިކަމަށް ގަބޫލުކުރައްވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، މިކުރަނީ ހައްގު މަގުގައި ކުރާ މަސައްކަތެއް ކަމަށެވެ. އަދި މިމަސައްކަތުން ހިތްވަރު ލިބިގަންނަންޖެހޭކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. ދިފާއުކުރަން މަސައްކަތްކުރަމުންމިދަނީ ގަބޫލުކުރާ ވަކި އުސޫލުތަކެއްކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އިސްލާމް ދީނަށް ފުރައްސާރަކުރުމާއި މިސްކިތްތަކަށް އިހާނެތިކޮށް ހިތުމަކީ ގަބޫލުކުރާ އުސޫލުތަކެއް ނޫންކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. ވަތަނީ ހިޔާލުތަކެއް ދިވެހިންގެ މެދުގައި އޮންނައިރު ކޮންމެ ގޮތެއް ވަރިހަމަކަމަށް ދޫކޮށްލައިގެން ނުތިބެވޭނެކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

“މިމަސައްކަތުގައި ލީޑަރޝިޕް ބޭފުޅުންނާއި، ހަރަކާތްތަކުގައި ބައިވެރިވި ބޭފުޅުންގެ އިތުރުން ހިތާއި ރޫހުން މިހަރަކާތްތަކުގައި ބައިވެރިވި ބޭފުޅުން ތިބިކަން އެނގޭ” ރައީސް ޔާމީން

ޕީޕީއެމް، ޕީއެންސީ ދެޕާޓީއެއްގެ ގޮތުގައި އޮތަސް، މިފިކުރަކީ ރާއްޖޭގައި އޮތް ބިނާކުރަނިވި ފިކުރުކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި މިއީ ވަތަނީ ފިކުރާއި ދީން ހިމާޔަތް ކުރާނެ ފިކުރަކީވެސް މިއީކަމަށް ރައީސް ޔާމީން ވިދާޅުވިއެވ. ދިވެހިން މިހާތަނަށް ދަމަހައްޓަމުން އައި ހުރިހާ އުސޫލެއް ދެމެހެއްޓުމަށްޓަކައި މަސައްކަތްކުރާ ހަމައެކަނި ޕާޓީއަކީވެސް ޕީޕީއެމް، ޕީއެންސީކަމަށް ވިދާޅުވިއެވެ. އަދި މިވާހަކަތަކަށް ޗެލެންޖްކުރާނެ ބަޔަކުވެސް ނާންނާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ޕާޓީއިން ކުރި ަމސައްކަތް ރައްޔިތުން ބަލައިގަންނަ ކަމަށާއި އޭގެ ނަތީޖާ ފޮނި މީރުކަންމަތީ ކައުންސިލް އިންތިހާބުގައި ރައްޔިތުން ދީފިކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ޕާޓީގެ މަސައްކަތް މިހާރަށްވުރެ ހަރުދަނާކޮށް މަސައްކަތުގެ ގިއަރު ަމއްޗަށް ޖައްސާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން މިނިވަންވެއްޖެކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރި ފަހުން އާންމުންނާއި މުހާތަބުކުރި މިއީ ފުރަތަމަ ފަހަރެވެ. ޕާޓީގެ ބޮޑު ޖަލްސާއެއް ހުކުރު ދުވަހުގެރޭ ބޭއްވުމަށްވެސް އިދިކޮޅުން އަންނަނީ ތައްޔާރުވަމުންނެވެ.

 

ވަރަށް ގަދަ
75%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 13%ހައިރާންވެއްޖެ 0%ވަރަށް ދެރަ 13%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: