ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދުލުވެރި ޝަރީއަތެއްކޮށްގެން އަޅުގަނޑުގެ ގައިގައި އަތެއް ނުލެވޭނެ: ޔާމީން

ޝެއާރކޮށްލާ ކަހަލަދޯ؟

އަދުލުވެރި ޝަރީއަތެއްކޮށްގެން އެމަނިކުފާނުގެ ގައިގައި އަތްލެވޭނެ ޖާގައެއް ނޯންނާނެ ކަމަށް ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ އާއި ގުޅިގެން ދަށުކޯޓުން އިއްވި ފަސް އަހަރުގެ ޖަލުހުކުމް ހުކުމް ބާތިލްކޮށް ސުޕްރީމް ކޯޓުން ޔާމީން މިނިވަން ކޮށްފައިވަނީ އިއްޔެ އެވެ.

ދެ އަހަރު ދުވަހަށްވުރެ ގިނަ ދުވަހު ޖަލު ހުކުމް ތަންފީޒްކުރެއްވުމަށްފަހު، މިނިވަންވެވަޑައިގެން، ފުރަތަމަ ބޭއްވި ސިޔާސީ ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ އެމަނިކުފާނު މިނިވަންކުރެއްވުމަށް މަސައްކަތްކޮށްދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.

ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ދައުލަތުގެ ފައިސާ އިން ވައްކަންކޮށްގެން، ދައުލަތުގެ ފައިސާގައި ޖެހިގެން ހައްގު ޝަރީއަތެއްކޮށްފިނަމަ އެމަނިކުފާނުގެ ގައިގައި އަތްލެވޭނެ ޖާގައެއް ނޯންނާނެ ކަމަށެވެ.

“ދައުލަތުގެ ފައިސާއިން ވައްކަން ކޮށްގެން ހައްގު ޝަރީއަތެއް ކޮށްގެނެއް، އަދުލުވެރިކަމާއެކު ކަމެއް ބަލައިފި ކަމަށްވަންޏާ، ހަމަ މީގެ އަހަރުތަކެއް ކުރީން މި ޕޯޑިއަމްގައި އަޅުގަނޑު ދެންނެވި ގޮތަށް އަޅުގަނޑު ގަޔަކު އަތްލެވޭނެ ޖާގައެއް ނޯންނާނެ،” ރައީސް ޔާމީން ވިދާޅުވިއެވެ.

މިއަދު ރައްޔިތުންގެ ހިތަށް އެންމެ އުދާސްކުރާ ކަމަކީ އަދުލުގެ ދާއިރާ އަދުލުވެރިކަމާއެކު އޮންނާނެ ކަމާމެދު ކަމަށާއި އެގޮތުން ސިޔާސީ މީހަކު ކަމެއްކޮށްފިނަމަ ތީރުތައް ހާހުން މެޔާއި ދިމާލަށް އަންނައިރު އަދުލުގެ ދާއިރާ އިން ކަމެއް ގޯސްކޮށްދާނަމަ އެކަމާމެދު ބަހެއް ބުނާ މަންޒަރު ނުފެންނަ ކަމަށް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި އެމަނިކުފާނަށް މި ވަގުތު ކުރިމަތިވެވަޑައިގަންނަވާ ހަމަލާތަކަކީ ހަމައެކަނި އެމަނިކުފާނަށް އަމާޒުވާ ހަމަލާތަކެއް ނޫން ކަމަށް ވިދާޅުވިއެވެ. އެއީ ރާއްޖެ ދެކެ ލޯބިވާ ދިވެހި ފަސްގަނޑަށް އުފަން ކޮންމެ ދިވެއްސަކަށްވެސް ކުރިމަތިވާ ހަމަލާތަކެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: