ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވެލި ހާލި ހެދީމަ ކާޅު އައިސް ބިސް އަޅާ އުސޫލުން، މިސަރުކާރުން ކުރާ ކަމަކީ ރިބަންފަށް ކެނޑުން: ރައީސް ޔާމީން

މިރޭގެ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެޑައިގަންނަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވެލި ހާލި ހެދުމުން ކާޅު އައިސް ބިސް އަޅާ އުސޫލުން މިސަރުކާރުން ކުރާ ކަމަކީ ރިބަން ފަށް ކެނޑުންކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިނިވަންވުމުގެ އުފަލުގައި ބާއްވާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީއަށް ކުރެވޭހާ ކަމަކީ މޮޅެތި ސްލޯގަންތައް ހެދުން ކަމަށެވެ. އަދި އެމްޑީޕީއަކީ އެއްވެސް ކަމެއް ކުރެވިފައިނުވާ ޕާޓީއެއް ކަމަށާއި ކަމެއް ނުކޮށް މޮޅެތި ވާހަކަތައް ދައްކާ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ސިފަކުރެއްވިއެވެ.

އެމްޑީޕީއިން ބޭނުންކުރަމުންދާ ރަށްވެހި ފަތިސް ސްލޯގަންއަށް އިޝާރާތްކުރައްވާ ރައީސް ޔާމީން ވަނީ އެއީ ކޯއްޗެއްތޯ ސުވާލު ކުރައްވާ އެސްލޯގަންއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން މީގެ ކުރިން ފަތިސް ގަޑީގައި ހާ ގޮވާ އަޑު އިވުމުން ފަތިސްވެއްޖެކަން އެނގޭ ކަމަށާއި ހަމަ އެގޮތަށް ކޮވެލި ގޮވުމުންވެސް ފަތިސްވެއްޖެކަން އެނގޭކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު އަލިވިލިފައި އޮތް ފަތިހުގެ ނާމާންކަން ހުރި މިންވަރަކީ ކުކުޅު، ހާ ގޮވާ އަޑުވެސް ކޮވެލި ގޮވާ އަޑުވެސް ނީވުންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މިހާރު ފެންނަމުންދަނީ ކޮވެލި ހަދާފައި ހުންނަ ހާލިތަކަށް ކާޅު އައިސް ވަދެ ނުކުންނަމުންދާ ތަންކަމަށެވެ. އެގޮތުން މިހާރު ފެންނަނީ ހައްތަހާވެސް ރިބަންފަށް ކަނޑާތަންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

“ނައިބްރައީސް ކީއްތޯ ކުރައްވަނީ؟ ވަރަށް ބުރަކޮށް ކޮންމެވެސް އިމާރާތެެއްގެ ލިފްޓު ހުޅުވުމުގައި އުޅެނީ! ހާދަ އަވަދިނެތި އުޅުއްވާ ރައީސަކާއި ނައިބްރައީސެކޭ މިއުޅުއްވަނީ!” ރައީސް ޔާމީން

އެކި މަގާމްތަކަށް ބޭރުން މީހުން އައްޔަންކުރަމުންދާ ދިޔުމަށް ފާޑު ވިދާޅުވެ ރައީސް ޔާމީން ވަނީ ރައީސްގެ މަގާމަށް ކޮންޓްރެކްޓް އުސޫލުން ބޭރު މީހަކު ގެންނާނީ ކޮން އިރަކުންތޯ މިހާރު ސުވާލު އުފެދޭ ކަމަށެވެ. ރާއްޖޭގެ އެއްވެސް ކުންފުންޏެއްގައި މެނޭޖިން ޑިރެކްޓަރުކަން ކުރެއްވޭނެ ދިވެއްސަކު ނެތްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެއީ ގާބިލް ދިވެހިން ނެތިގެން ނޫންކަމަށާއި މަސައްކަތް ކުރަމުން އެދަނީ ބަޖެޓުގައި ފާހަގަކޮށްފައިވާ 13 ކުންފުނި ވިއްކާލުންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ވަރަށް ގަދަ
38%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 13%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: