ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީހުން ޖޫރިމަނާކޮށްފައި އާމްދަނީއޭ ބުނަނީ ލަދުގެ ކަންފުޅެއްވެސް ނެތީމަ: ރައީސް ޔާމީން

ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އާންމު ރައްޔިތުން ޖޫރިމަނާކުރުމަށްފަހު އެއީ އާމްދަނީގެ ގޮތުގައި ސިފަކުރަނީ ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތުމުންކަަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވިއެވެ.

މިހާރު ކުރިއަށްގެންދާ އިދިކޮޅުގެ ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ސަރުކާރުގައި އޭރުގެ އިދިކޮޅު އަދި މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުން ދެއްކެވި ވާހަކަތަކަށް އިޝާރާތްކުރައްވައި ފާޑު ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ކުރަމުންދިޔަ ޖޫރިމަނާތަކަށް އިޝާރާތްކުރައްވާ ޕާކްކުރާނެ ޖާގަ ދައްކާފައި ނޫނީ ޖޫރިމަނާނުކުރާނެކަމަށް ދެއްކެވި ވާހަކަތަކަށް އިޝާރާތްކުރެއްވިއެވެ. އަދި އެންމެ ކަމުނުދާ ސިފައެއްގެ ގޮތުގައި ފާހަގަކުރެވެނީ ޖޫރިމަނާކުރުމަށްފަހު އެއީ ސަރުކާރުން ހޯދާ އާމްދަނިއެއްގެ ގޮތުގައި ދައްކަމުންދާތީކަމަށް ވިދާޅުވިއެވެ. އަހަރުނިމޭއިރު ޖޫރިމަނާގެ ގޮތުގައި 1މިލިއަނަށްވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބުނުކަމަށް އިއުލާންކުރަނީ ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތުމުންކަމަށް ވިދާޅުވިއެވެ.

“މާތްކަލާކޯ! ލަދުގެ ކަންފުޅެއްވެސް ނެތީމަނޫންތޯ ޖުރިމަނާކޮށްފައި އާމްދަނީއޭ މިކިޔަނީ!” ރައީސް ޔާމީން

ރައީސް ޔާމީން ވަނީ ކޮވިޑްގެ ތެރޭގައި ކުރަމުންދިޔަ ޖޫރިމަނާތަކަށްވެސް ފާޑުވިދާޅުވެފައެވެ. ވިޔަފާރިއެއްކޮށް ނުވަތަ އިންވެސްޓްމަންޓެއްކުރުމަށްފަހު އާމްދަނީ ހޯދުން މާރަނގަޅުވާނެ ނޫންތޯ ވިދާޅުވެ ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާާޑު ވިދާޅުވެފައެވެ.

“މިދާ ބުޅާވެސް ޖޫރިމަނާ ކޮށްފާނެ!!” ރައީސް ޔާމީން

ރައީސް ޔާމީންގެ ސަރުކާރަކީ ޖޫރިމަނާގެ ސަރުކާރެއްކަމަށް ތަކުރާރުކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވަމުންދިޔަކަމަށާއި މިހާރު ސްޓިކަރ ޖަހަމުން މިދަނީ ޕާކް ކުރާނެ ޖާގަ ދެއްކުމަށްފަހުތޯ ރައީސް ޔާމީން ސުވާލުކުރެއްވިއެވެ. ދައްކާ ވާހަކަ ދެކޮޅު ނުޖެއްސޭކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ފާޑުވިދާޅުވެ އެމްޑީޕީއަކީ ޑިމޮކްރަސީ ދަންނަ ޕާޓީއެއް ނޫންކަމަށް ވިދާޅުވިއެވެ. އެއީ އެންމެ އަންޑިމޮކްރެޓިކް ޕާޓީކަމަށް ވިދާޅުވިއެވެ. އަދި ވެރިކަމަށް އައުމަށްފަހު ބާރުތައް އެއްކޮށް، އަދުލު އިންސާފުގެ ދާއިރާއަށް އަތް ފޯރުވެން އޮތް މިންވަރަށް އެކަން ކުރުމަށްފަހު އެކަން ނުވުމުން ކޯޓުތަކުން ޓިނެއް ނުނަގާނެކަމަށް ވިދާޅުވަކީ ރައްޔިތުންނަށް ކަން ހިނގައިދިޔަ ގޮތް އޮޅޭނެކަމެއް ނޫންކަމަށް ވިދާޅުވިއެވެ. އެކަން އެގޮތަށް ނުކުރެވުނީ މާތް ﷲ މެދުވެރިކުރެއްވި ނިއުމަތެއްގެ ސަބަބުން ކަމަށާއި ކޯޓުތަކަށް ސަރުކާރުން އަތްލާން ބޭނުންވާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ވަރަށް ގަދަ
8%ވަރަށް ގަދަ 69%ވަރަށް ގަޔާވޭ 23%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ޔާމީނުތިޔަވާހަކަދައްކާކަށްތާހިރެއްނޫންބޭފުޅާގެސަރުކާރުގަ
    ގެޔަށްވަދެފަނުކުންނައިރުވެސްސައިކްލުގަސްޓިކާ
    އޮފީހަށްވަދެނުކުންނައިރުސްޓިކާ
    ފިހާރަޔަކަށްވަދެފަނުކުންނައިރުސްޓިކާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: