ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ވަހީދަކީ ބަޣާވަތްކުރުން ކަށިން ނުފިލިވާ ބޭފުޅެއް: އިންތި

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ(އިންތި)-- ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދާކީ ބަޣާވަތްކުރުން ކަށިން ނުފިލިވާ ބޭފުޅެއް ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

އިންތި މިހެން ވިދާޅުވީ އިދިކޮޅު ޕީޕީއެމް/ޕީއެންސީން ސަރުކާރާއި ހަވާލުވާންޖެހޭ ކަމަށް ރައީސް ވަހީދު ރޭ ވިދާޅުވުމާ ގުޅިގެންނެވެ.

ރޭ ކާނިވާ ސަރަހައްދުގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ވަހީދު ވިދާޅުވީ މިއަދު ފެންނަނީ ދައުލަތުގެ މާލިއްޔަތު ބަނގުރޫޓުވެފައިވާ މަންޒަރު ކަމަށާއި ރާއްޖޭގައި މިހާރު އޮތް އިގްތިސާދީ އަނދަވަޅުން ގައުމު ސަލާމަތް ކުރެވޭނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކަމަށެވެ.

އެގޮތުން ގައުމުގައި މިއަދު ގިނަ ސުވާލުތަކަށް އެބަހުރި ކަމަށާއި އެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ގާބިލުކަން ހުރި ވަރަށް ގިނަ ބޭފުޅުން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގައި އެބަ ތިއްބެވި ކަމަށްވެސް ވަހީދު ވިދާޅުވި އެވެ. އަދި މިއަދު ސަރުކާރާއި ޕީޕީއެމް/ޕީއެންސީ އިން ހަވާލުވާންޖެހޭ ކަމަށް ތަކުރާރުކޮށް ވަހީދު ވިދާޅުވި އެވެ.

މީގެއިތުރުން ވަހީދު ވަނީ ޔާމީންގެ ވެރިކަމުގައި ފެނުނީ ރާއްޖޭގައި ބޮޑެތި ކަންތައްތަކެއް ކުރެވުނުތަން ކަމަށާއި ނަމަވެސް މިއަދު ހުރިހާ ދިމާލަކުން ފެންނަނީ ކަންނެތްކަމާއި އިހުމާލާއި ފަރުވާކުޑަކަން ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި ވެރިކަމަަށް މީހަކު އަންނަންވާނީ ގައުމުގެ ކުރިމަގާމެދު ތަސައްވުރެއް އޮވެގެން ކަމަށާއި ނަމަވެސް ކުރިއަށް އޮތް އަހަރުތަކުގައި ގައުމު އޮންނާނެ ގޮތުގެ ތަސައްވުރެއް ވެސް މި ސަރުކާރު ބުނެދެވިފައި ނުވާ ކަމަށް ވަހީދު ވިދާޅުވި އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: