ޑައިވް އަދި މޫދު ކުޅިވަރުތަކަށް ލޯބިކުރާ ފަތުރުވެރިންނަށް ރާއްޖެއިން ލިބޭ އެކި ތަޖުރިބާތައް އިޝްތިހާރުކުރުމަށް މެލޭޝިއާ އިންޓަރނޭޝަނަލް ޑައިވް އެކްސްޕޯ، މައިޑް 2021 ގައި ވިޒިޓް މޯލްޑިވްސްއިން ބައިވެރިވެއްޖެއެވެ.
މި އެކްސްޕޯ ކުރިއަށް ދަނީ ޑިސެންބަރު މަހުގެ 3 ވަނަ ދުވަހުން 5 ވަނަ ދުވަހުގެ ނިޔަލަށެވެ. މައިޑް 2021 އެކްސްޕޯއަކީ ޑައިވް ކުރުމާއި، މެރިން ކޮންޒަވޭޝަންގެ ކަންކަމުގައި ހަރަކާތްތެރިވާ، އަދި އެފަދަ ހިދުމަތްދޭ އަދި ލިބިގަންނަން ފަރާތްތަކަށް ހާއްސަކޮށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރިއަށް ގެންދާ އެކްސްޕޯއެކެވެ. މި އެކްސްޕޯއަށް ސްޕޯއަށް ދުނިޔޭގެ އެންމެ މަޤުބޫލު ޑައިވް މަންޒިލްތަކާއި، މޫދުކުޅިވަރާއި، ޑައިވިންގެ އެކި ޓެކްނޮލޮޖީ ފޯރުކޮށްދޭ ފަރާތްތަކުން ބައިވެރިވާނެއެވެ. މި އެކްސްޕޯ އަށް ޑައިލް އަދި މެރިން ކޮންޒަވޭޝަންއަށް ލޯބިކުރާ ފަރާތްތަކުން ޒިޔާރަތްކުރާނެއެވެ. މިއީ މައިޑްގައި ވިޒިޓް މޯލްޑިވްސްއިން ބައިވެރިވާ ފުރަތަމަ ފަހަރެވެ. މި އެކްސްޕޯގައި ވިޒިޓް މޯލްޑިވްސްއިން ބައިވެރިވުމުގެ މަޤްސަދަކީ ރާއްޖޭގައި މޫދުކުޅިވަރާއި، ޑައިވިންއަށް ފުރުސަތުތަކާއި، މެރިން ކޮންޒަވޭޝަންގެ ދާއިރާއިން ރާއްޖޭގައި ކުރާ މަސައްކަތްތައް ދެކުނުއިރުމަތީ އޭޝިއާ، ހާއްސަކޮށް މެލޭޝިއާގެ ފަތުރުވެރިންނާ ހިއްސާކުރުމެވެ. މައިޑްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑައި، މެރިން ކޮންޒަވޭޝަންގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، މި ހިދުމަތްތައް ލިބިގަންނަން ބޭނުން ފަރާތްތަކާއި އެއްތަނަކުން ބައްދަލުވުމަށް ފުރުސަތު ފަހިވެގެންދާނެއެވެ.
މިހަރަކާތުގައި ބައިވެރިވެ، ވިޒިޓް މޯލްޑިވްސް އަށް ރާއްޖެއިން ލިބެން ހުންނަ ޑައިވިން، ވޯޓަރސްޕޯޓްސް، މޫދު އަޑީގެ އެކި ތަޖުރިބާތައް ބޭރުގެ ފަރާތްތަކާއި ހިއްސާކުރުމަށް ފުރުސަތު ލިބޭނެއެވެ. އަދި ރާއްޖެއަކީ ދެކުނުއިރުމަތީ އޭޝިއާގެ، ހާއްސަކޮށް މެލޭޝިއާގެ ފަތުރުވެރިން ޒިޔާރަތްކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެގޮތުގައި އިޝްތިހާރުކޮށް، ރާއްޖެއިން ލިބެން ހުންނަ ތަފާތު ހިދުމަތްތަކާއި، ތަޖުރިބާތައް ހިއްސާކުރެވޭނެއެވެ. މިގޮތުން ރާއްޖޭގެ ރިޒޯޓު، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑުތަކުން ލިބޭ ހިދުމަތްތަކާއި، މިތަނުގައި ފަތުރުވެރިންގެ ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުތައް މި އެކްސްޕޯގެ ޒަރިއްޔާއިން ފަތުރުވެރިންނާއި،
ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ ހިއްސާކުރެވޭނެއެވެ. ރާއްޖޭގެ ރަށްތަށް އުފެދިފައިވަނީ ވަކިވަކިން ކަމުން މިއީ ފަތުރުވެރިން ޒިޔާރަތްކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައިވެސް މި އެކްސްޕޯގެ ޒަރިއްޔާއިން އިޝްތިހާރުކުރެވޭނެއެވެ.
އެކްސްޕޯ ގައި ވިޒިޓް މޯލްޑިވްސްއަށް، ރާއްޖެ މާކެޓް ކުރުމުގައި ހަރަކާތްތެރިވާ 13،000 ޓްރެވަލް އޮޕަރޭޓަރުންނާއި، އެޖެންޓުންނާއި ބައްދަލުވާނެ ކަމަށް ލަފާކުރެވެއެވެ. މި އިވެންޓުގައި ވިޒިޓް މޯލްޑިވްސްއިން ބައިވެރިވަމުން މިދަނީ ރާއްޖެއިން ދެކުނުއިރުމަތީ އޭޝިއާގެ މާކެޓަށް ހާއްސަކޮށްފައިވާ މާކެޓިން ސްޓްރެޓަޖީގެ ދަށުންނެވެ. މި ސްޓްރެޓަޖީ ބިނާވެފައިވަނީ ރާއްޖެއަކީ މި މާކެޓުގެ ފަތުރުވެރިންގެ މެދުގައި އެންމެ މަޤްބޫލު މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުމަށެވެ. އަދި ރާއްޖޭގެ އެންމެ ފަހުގެ މައުލޫމާތާއި، ޓްރެވަލް ގައިޑްލައިންތައް މި މާކެޓުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ ހިއްސާކޮށް، ރާއްޖެއާ ބެހޭ ގޮތުން އެފަރާތްތަކުން ސާފުކުރަން ބޭނުންވާ މައުލޫމަތު ސާފުކޮށްދެވޭނެއެވެ.
މި މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކުރުމަށް މި އަހަރު މިހާތަނަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެތެރޭގައި 5 ރޯޑް ޝޯ، މާކެޓިން ކެންޕެއިން، ވެބިނާ، ފެއާ އަދި އެގްޒިބިޝަންތަކުގައި ވަނީ ބައިވެރިވެފައެވެ. ނޮވެންބަރު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1،060،004 (އެއް މިލިއަން ހަހާސް ހަތަރު) ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މި ލަނޑުދަށި ހާސިލްވެފައި މިވަނީ ކުރިން އަމާޒުކުރި މުހުލަތަށްވުރެ 2 މަސް ކުރިންނެވެ.

