ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ ސިފައިންގެ އިސްވެރިޔާ އަވަހާރަވުމުން ރައީސްގެ ތައުޒިޔާ

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ އަސްކަރިއްޔާގެ ޗީފް އޮފް އާރމީ ސްޓާފް، ޖެނެރަލް ބިޕިން ރާވަތު އަވާހަރަވުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ބައިޕިން ރަވަތު އަވަހާރަވީ ދަތުރު ކުރެއްވި ހެލިކަޕްޓަރު ވެއްޓި ލިބިވަޑައިގެންނެވި ޒަހަމުތަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ބިޕިން އަވަހާރަވުމާ ގުޅިގެން ރައީސް ކުރެއްވި ޓްވީޓެއްގައި ވަނީ އެ ޚަބަރު އެމަނިކުފާނު އެއްސެވީ ފުން ހިތާމައާ އެކު ކަމުގައި ވިދާޅުވެފަ އެވެ. އަދި 2019 ވަނަ އަހަރު ބިޕިން އާއި ބައްދަލުކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށާއި އޭނާ އަކީ އެހެން ހުރިހާ ކަމަށް ވުރެ ބޮޑަށް ގައުމު އިސްކުރެއްވި ފަރާތެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އަސްކަރީ ހެލްކޮޕްޓަރެއްގައި ޓަމިލް ނެޑޫ ސްޓޭޓަށް ދަތުރުކުރައްވަނިކޮށް ހެލްކޮޕްޓަރު ވެއްޓުނު ހާދިސާގައި ޑިފެންސް ޗީފް ބައިޕިން އަވަހާރަވިކަން އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ދެންމެ ވަނީ ޔަގީންކޮށްދީފައެވެ.

މި ހާދިސާ ހިނގިއިރު ހެލްކޮޕްޓަރުގައި 14 މީހަކު ތިއްބެވެ. އޭގެ ތެރޭގައި ޑިފެންސް ޗީފްގެ އަނބިކަނބަލުންވެސް ހިމެނިވަޑަައިގަންނަވައެވެ. ލިބިވަޑައިގެންނެވި ޒަހަމުތަކުގެ ސަބަބުން އެކަމަނާވެސް ވަނީ އަވަހާރަވެފައެވެ. އޭގެ އިތުރުން 11 ސިފައިންްގެ އޮފިސަރަކުވެސް ވަނީ މަރުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: