ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުން ބާއްވަން އުޅޭ “ކޮތަރު ކޮށި” ޖަލްސާ ހުއްޓުވަން ފުލުހުން ނުކުމެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކޯލިޝަނުން އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވަން އުޅޭ “ކޮތަރު ކޮށި” ޖަލްސާ، ހުއްދަ ނުހޯދާ ބާއްވަން އުޅޭތީ، ހުއްޓުވަން ފުލުހުން މިއަދު ނުކުމެއްޖެ އެވެ.

ހުކުރު ދުވަހުގެރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގެ “ހިޔާ ޕާކް” ސަރަހައްދުގައި ބާއްވާ މި ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް ހުއްދަ ނުނަގައި އެ ޖަލްސާގައި ހުޅުމާލޭގައި ނުބޭއްވޭނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ރޭ ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން މިއަދު ވަނީ އެޗް.ޑީ.ސީއަށް ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ހިމެނޭ ގޮތަށް ހަދައިފައިވާ ރަޖިސްޓްރީ ބާތިލުކުރުމަށް ފާސްކޮށްފަ އެވެ.

ފުލުހުން ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޖަލްސާއެއް ބާއްވަން އުޅޭތީ، އެކަމަށް ފިޔަވަޅު އަޅައިދިނުމަށް އެޗްޑީސީން މިއަދު އެ އިދާރާގައި އެދިފައިވާ ކަމަށެވެ.

އެޗްޑީސީން އެކަމަށް އެދިފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވައްސަކީ އެ ކުންފުނީގެ އިހުތިސާސް ހިނގާ ތަނަކަށްވެފައި، އެފަދަ ހަރަކާތްތައް އެތަނުގައި ބޭއްވޭނީ އެ ކުންފުނީގެ ހުއްދަ ލިބިގެން ކަމަށް އަންގާފައި ވާތީ ކަމަށް ފުލުހުން ބުންޏެވެ.

މިކަމާ ގުޅިގެން މާލޭ މޭޔަރު މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކައުންސިލްގެ އިޙްތިޞާސްގެ ތެރޭގައި އޮންނަ ސަރަޙައްދެއްގައި ސިޔާސީ ޕާޓީއަކުން ޖަލްސާއެއް ބާއްވަން އެދުމުން އެކަމަށް ކައުންސިލުން ދީފައިވާ ހުއްދަ ތަންފީޒުކުރުމަށް ފުލުހުން ހުރަސްއަޅަމުންދާތަން ފެންނަ ކަމަށެވެ.

“އެކަމުގައި ޕޮލިސް ޤާނޫނީ ގޮތުން ޖަވާބުދާރީކުރުވާނެ ކަމުގައި ދަންނަވަން” މުއިއްޒު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: