ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރަސީ ސަމިޓުގައި ރައީސް ބައިވެރިވެވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ، އެމެރިކާގެ ރައީސް އިންތިޒާމްކުރައްވައިގެން ވަރޗުއަލްކޮށް ބާއްވަވާ 'ސަމިޓް ފޮރ ޑިމޮކްރަސީ' ގައި ބައިވެރިވެވަޑައިގަތުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގެ ރައީސް ޖޯ ބައިޑެން އިންތިޒާމްކުރައްވައިގެން ވަރޗުއަލްކޮށް ކުރިޔަށްގެންދެވި “ސަމިޓް ފޮރ ޑިމޮކްރަސީ” ގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ.

ވައިޓްހައުސް އިން ވަރޗުއަލްކޮށް ބާއްވަވާ މި ޙަރަކާތުގައި ޤައުމުތަކުގެ ވެރިންނާ، އެންމެ އިސް ލީޑަރުންގެ އިތުރުން ސަރުކާރުތަކުގެ އިސްވެރިން އަދި ބައިނަލްޢަޤްވާމީ، މަދަނީ ޖަމުޢިއްޔާ ޖަމާއަތްތަކުގެ އިސްވެރިންނާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައިވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ސަމިޓުން ހާސިލުކުރަން ބޭނުންވާ އަމާޒުތަކަކީ ޑިމޮކްރަސީ ހަރުދަނާކުރުމާއި، އަނިޔާވެރިކަން ހުއްޓުވުމާއި، ކޮރަޕްޝަން ނައްތާލުމާއި އިންސާނީ ޙައްޤުތަކަށް އިޚްތިރާމްކުރުމަށް ބާރުއެޅުމާއި، ދުނިޔޭގައި ޑިމޮކްރަސީ ކުރިއެރުވުމަށް ހުރި ގޮންޖެހުންތައް އަޑުއަހާ، އެވާހަކަތައް ދެއްކުމުގައި ޤައުމުތަކުން އިސްނަގައިގެން އެކަންކަމާމެދު މަޝްވަރާކުރުމެވެ.

މި ޙަރަކާތުގައި ރައީސް ވަނީ އަދުގެ ދުނިޔޭގައި ޑިމޮކްރަސީގެ މުހިންމުކަމާއި، ޤައުމުތަކުގެ ހަމަޖެހުމަށް ޑިމޮކްރަސީގެ ސަބަބުން ލިބިފައިވާ ހިތްވަރަށް އަލިއަޅުވާލާ ވާހަކަފުޅުދައްކަވާފައެވެ. މިގޮތުން އެމަނިކުފާނު ވިދާޅުވީ ދުނިޔޭގައި މިހާރު މި ފެންނަ ހަމަޖެހުން ޤާއިމުކުރެވިފައި ވަނީ އެއްޤައުމު އަނެއްޤާއުމާއި ގުޅިގެން މަސައްކަތްކުރުމުން ކަމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: