ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމުގެ މަސައްކަތް ނުކުރާތީ ޓޮމްގެ ފާޑުކިޔުން ސަރުކާރަށް!

ރޭގެ ޖަލްސާގައި މަހިބަދޫ ދާއިރާގެ މެމްބަރު ތޯރިގް ޓޮމް ވަހަކަފުޅުދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުޑިޝަލް ސާވިސް ކޮމިޝަންގެ ކޮމްޕޮޒިޝަން ބަދަލުކުރުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާތީ މަހިބާދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އަދި މިސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭ މިކަން ކުރާނެކަމަށް ވަނީ ވައުދުވެފައެވެ.

ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުވެގެންދިޔުމާއެކު ފަނޑިޔާރުންގެ ކަންކަމަށް ފާޑުކިޔަން ފަނޑިޔާރުން ނުތިބޭނެކަމަށް ސަރުކާރުން ވެރިކަމަށްއައުމަށް ކުރި ކެމްޕެއިންތަކުގައި ފާހަގަކުރައްވާފައިވާކަމަށް ޓޮމް ވިދާޅުވިއެވެ. ހުރިހާ ބާރެއް އެމްޑީޕީ މެމްބަރުންގެ އަތުގައި އަދި އެޖެންޑާ 19ގެ އަތުގައި އޮތްއިރު އަދިވެސް ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަށް އެއްވެސް މަސައްކަތެއް ކުރާތަން ނުފެންނަކަމަށް ޓޮމް ވިދާޅުވިއެވެ.

ސަރުކާރުން މިކަމަށް އެއްވެސް މަސައްކަތެއް ކުރަމުން ނުދާތީ އެއިސްލާހު ދެފަހަރަށް މަޖިލީހުގެ ތަޅުމަށް ހުށައެޅުއްވިކަން ޓޮމް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އެދެފަހަރުވެސް އެމްޑީޕީގެ ސުޕަ މެޖޯރިޓީއާއެކު އިސްލާހު ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ.

ޖޭއެސްސީގެ ކޮމްޕޮޒިޝަން އޮތްގޮތަށް ފާޑުވިދާޅުވެ ޓޮމް ވިދާޅުވީ ޖޭއެސްސީގައި ތިއްބެވީ ރައީސް ނަޝީދާއި އެމަނިކުފާނުގެ ގާނޫނީ ވަކީލުން ކަމަށެވެ. އެގޮތުން، ހިސާން ހުސެއިން އަދި ބަންޑާރަނައިބް އިބްރާހިމް ރިފްއަތުގެ ނަންފުޅު ފާހަގަކުރެއްވިއެވެ. ދެން ތިއްބެވީ މަޖިލީހުން ކަނޑައަޅުއްވާ މެމްބަރަކާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެމްބަރެއްކަން ޓޮމް ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީންގެ ޝަރީއަތަށް ޖޭއެސްސީއިން ނުފޫޒުފޯރުވިކަން ފާހަގަކުރައްވައި ޓޮމް ވިދާޅުވީ ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑްކުރެއްވީ ރައީސް ޔާމީނަށް އިއްވަން އޮތް ހުކުމް އެމްޑީޕީގެ ބޭފުޅުންނަށް އެނގިވަޑައިނުގަތުމުން ކަމަށެވެ. ޖޭއެސްސީ ބަދަލުކުރުމަށް ވެފައިވާ ރިޔާސީ ވައުދު ފުއްދުން ފަސޭހަ ކޮށްދިނުމަށްޓަކައި އެއިސްލާހު އެބޭފުޅާ އަމިއްލައަށް މަޖިލީހަށް ހުށައަޅުއްވާފައިވާކަން ޓޮމް ފާހަގަކުރެއްވިއެވެ.

“ތިބޭފުޅުންގެ ޒިންމާއެއް ވެފައވާ ވައުދު ފުއްދުމަކީ!” ޓޮމް

ވައުދު ނުފުއްދައި އިތުރުވާ ކޮންމެ ދުވަހަކީ ވާނުވާ ބަންދުގައި ތިބޭ މީހުންގެ ބައްދުގެ މުއްދަތު އިތުރުވާ ދުވަހެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. އަދި ރައީސް ޔާމީން އިންތިހާބުގައި ވާދަނުކުރެވޭނެ ކަންކަން ފަހިކުރުމަށްޓަކައި ކުރައްވާ ކަމެއްގެ ގޮތުގައިވެސް ޓޮމް ސިފަކުރެއްވިއެވެ.

މަސްވެރިންގެ ދުވަހަށް އިޝާރާތް ކުރައްވައި ޓޮމް ވަނީ އެމްޑީޕީއަކީ މަސްވެރިންނަށް ޖެހިފައިވާ މުސީބާތެއްކަމަށް ވިދާޅުވެފައެވެ. އަދި ރައިސް ޔާމީންގެ ވެރިކަމުގައި 22 ރުފިޔާއަށް ގަންނަމުންދިޔަ މަސް ކިލޯ މިވެރިކަމުގައި މިހާރު ގަންނަމުން މިދަނީ  16 ރުފިޔާއަށްކަން ފާހަގަކުރައްވާ ޓޮމް ވަނީ ސަރުކާރަށާއި އެމްޑީޕީއަށް ފާޑުވިދާޅުވެފައެވެ. ޔޫރޮޕިއަން ޔޫނިއަންގެ ގައުމުތަކަށް މަސް އެކްސްޕޯޓްކުރާއިރު ދައްކަންޖެހޭ ޓެކްސް ބޮޑުވުމުގެ ސަބަބުން ސަރުކާރުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ރައްދު ދެއްވައި ޓޮމް ވިދާޅުވީ އީޔޫއިން ރާއްޖޭގެ މަހަށް ނަގާ ޓެކްސް ބޮޑުކުރީ އެމްޑީޕީއިން ދައްކާފައިވާ ވާހަކަތަކެއްގެ ސަބަބުން ކަމަށެވެ. އެގޮތުން ރައީސް ނަޝީދުގެ ވެރިކަން ވެއްޓުމަށްފަހު، ބޭރުގައި ތިއްބަވައިގެން އީޔޫއަށް ވިސްނައިދީފައިވަނީ ރާއްޖޭގެ ބައެއް ކަންކަން ލިމިޓްކޮށްފައިވާކަންކަމަށް ޓޮމް ވިދާޅުވިއެވެ. ރާއްޖޭގައި އިސްލާމްދީން ނޫން ދީނަކަށް ފުރުސަތު ނެތްކަމާއި އެއްޖިންސުން ގުޅުން ހިންގުމުގެ މިނިވަންކަން ނެތްކަން އީޔޫއަށް އަންގަމުންދިޔައީ އެމްޑީޕީއިންކަމަށް ޓޮމް ވިދާޅުވިއެވެ.

 އީޔޫ އިން 24 އިންސައްތައަށް ޓެކްސް ބޮޑުކުރީ އެމްޑީޕީއިން ދެއްކި ވާހަކަތަކުގެ ސަބަބުން! އެމްޑީޕީއަކީ މަސްވެރިންނަށް ޖެހިފައި އޮތް މުސީބާތެއް.” ޓޮމް

ޓޮމްގެ ވާހަކައިގައި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދަމުންނުދާތީ ވަރަށް ބޮޑަށް ވަނީ ފާޑުކިޔުންތައް އަމާޒުކޮށްފައެވެ. ޚާއްސަކޮށް ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަށް މަސައްކަތް ނުކުރާތީ ސަރުކާރުން ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: