ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ އިންތިޚާބު ވަގަށް ނަގާފައިވާކަން ފުލުހުންގެ ރިޕޯޓުން ހާމަވޭ: އިދިކޮޅު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

2018 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބު އޮޅުވާލައި، ވަގަށް ނަގާފައިވާ ކަން އެނގޭފަދަ އެތައް ކަމެއް އިއްޔެގެ ވަގުތެއްގައި ލީކުވެފައިވާ ފުލުހުންގެ ރިޕޯޓުން ހާމަވާކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅުން ނެރުނު ނޫސްބަޔާނެގައި ބުނީ މުޅި އިންތިޚާބުގައި ކަންހިގާފައިވާ ގޮތްތަކާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ނުކުތާތަކަށް ބަލާލުމުން، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓު ނަގަމުން ދިޔަ އިރާއި، ވޯޓު ނަގާ ނިމި ނަތީޖާތައް ހަދަމުން ދިޔަ އިރު އިންތިހާއަށް ނުފޫޒު ފޯރުވާފައިވާ ކަން ވަރަށް ބޮޑަށް ހާމަވެގެން ގޮސްފައިވާ ކަމަށެވެ.

އަދި ހަމައެއާއެކު އިންތިޚާބަށް އޮފިޝަލުން ނަގާފައިވަނީވެސް ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ކަމާއި، އިންތިޚާބުގެ މަސައްކަތަކުގެ ތެރޭގައި އިންތިޚާބު އޮޅުވާލުމުގެ އެތައް ޢަމަލެއް ހިނގާފައިވާކަން ވެސް ހާމަވާ ކަމަށް އިދިކޮޅުން ބުނެއެވެ.

އިދިކޮޅުން ބުނީ ބޭރުގެ ފަރާތްތަކަކާ ގުޅިގެން މިހާރު ވެރިކަމުގައި ތިބި ކޯލިޝަނުން އެ އިންތިޚާބު ވަގަށް ނާގަފާއިވާކަން އިދިކޮޅުން ކުރިންވެސް ހާމަކޮށްފައިވާ ކަމަށާއި ރާއްޖޭގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ބޭރުގެ ފަރާތްތަކުން ނުވަނުމަށާއި، ރައްޔިތުންގެ މަސްލަހަތު ހިމެނޭ މިފަދަ ކަންކަމުގައި މިނިވަން މުއައްސަސާތަކުގެ ދައުރު ފުރިހަމައަށް އަދާކުރުމަށް ގޮވާލާ ކަމަށެވެ.

އަދި މިކަމާ ގުޅޭ ފުރިހަމަ ތަޙުޤީޤެއް މިހާރުން މިހާރަށް ހިންގުމަށް ކަމާ ބެހޭ އެންމެހާ މުއައްސާތަކަށް އިދިކޮޅުން ގޮވާލައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: