ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޓަލީގައި ރާއްޖޭގެ މަގްބޫލުކަން އިތުރުކުރުމަށް އައުޓްޑޯ އެޑްވަޓައިޒިން ކެމްޕެއިނެއް!

އިޓަލީގައި މިކެމްޕެއިން ކުރިއަށްގެންދަނީ މީޑިޔާމޮންޑާއެކު
ޝެއާރކޮށްލާ ކަހަލަދޯ؟

އިޓަލީގައި ރާއްޖޭގެ މަގްބޫލުކަން އިތުރުކުރުމުގެ ގޮތުން އައުޓްޑޯ އެޑްވަޓައިޒިން ކެމްޕެއިނެއް މީޑިއާމޮންޑާއެކު ވިޒިޓް މޯލްޑިވްސްއިން ފަށައިފިއެވެ.

މި ކެމްޕެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ބަޔަކަށް ބަހާލައިގެނެވެ. މިގޮތުން މި ކެމްޕެއިންގެ ހަރަކާތްތައް 2021 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 3 ހަފްތާއަށް އަދި 2002 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ހަފްތާއަށް ކުރިއަށް ގެންދާނެއެވެ.ި

މީޑިއާމޮންޑްއަކީ އިޓަލީގައި އެންމެ ފުޅާ ދާއިރާއެއްގައި ޑިޖިޓަލް މާކެޓިން ހަރަކާތްތައް ހިންގާ އެއް ކުންފުންޏެވެ. މި ކުންފުނިން މަސައްކަތް ކުރަނީ އިޓަލީގެ މީޑިއާ ގްރޫޕް، މީޑިއާސެޓް އަދި ލީޑިން ޕަބްލިޝިން ހައުސް އޮންޑަޑޯރީއާއެކު އެވެ. މީޑިއާމޮންޑްގެ އިޝްތިހާރާއި، ކެމްޕެއިންތައް ބްރޯޑްކާސްޓުކޮށް ޝާއިޢުކުރާ ފަރާތްތަކުގެ ތެރޭގައި އިޓަލީގެ މަޝްހޫރު 70 މީޑިއާ ބްރޭންޑެއް ހިމެނެއެވެ. މިއީ އެންމެ ފުޅާ ދާއިރާއެއްގައި އިޓަލީގައި ޕްރިންޓް އިންޓަރނެޓް، މޯބައިލް، ރޭޑިއޯ އަދި ޑިޖިޓަލް އެކި ޕްލެޓްފޯމްތަކުގެ ޒަރިއްޔާއިން އިޝްތިހާރާއި، މާކެޓިން ހަރަކާތްތައް ހިންގާ އެއް ފަރާތެވެ.

އިޓަލީގައި ފެށި ކެމްޕެއިންގެ ތެރެއިން

ވިޒިޓް މޯލްޑިވްސް އަދި މީޑިއާމޮންޑްއިން ކުރިއަށް ގެންދާ ކެމްޕެއިންގެ ދަށުން މިލާންގެ 6 ސަރަހައްދެއްގައި ރާއްޖޭގެ ފޮޓޯ، ވީޑިއޯ ހިމެނޭ ޑިޖިޓަލް އިޝްތިހާރުތައް ދައްކާނެއެވެ. މި ކެމްޕެއިންގެ މަގްސަދަކީ ރާއްޖެއަކީ އިޓަލީގެ ފަތުރުވެރިން ޒިޔާރަތްކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކޮށް، އެ ޤައުމުގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ ބްރޭންޑް ޕްރެޒެންސް އިތުރުކުރުމެވެ. އަދި ރާއްޖެއަކީ އިޓަލީގެ ފަތުރުވެރިންގެ މެދުގައި އެންމެ މަގްބޫލު މަންޒިލްގެ ގޮތުގައި ޕްރޮމޯޓުކޮށް، ފިނި މޫސުމުގައި އެ ގައުމުގެ ފަތުރުވެރިން ދަތުރުކުރުމަށް އިހްތިޔާރުކުރާ މަންޒިލެއްގެ ގޮތުގައި ހެދުމެވެ. މި ކެމްޕެއިންގެ ސަބަބުން ރާއްޖެއަކީ ހަމައެކަނި މަތީ ފަންތީގެ ފަތުރުވެރިންނަށް ހާއްސަ މަންޒިލެއްގެ ނޫންކަން އިޓަލީގެ ފަތުރުވެރިންނަށް އަންގައިދީ، ރާއްޖެއިން ލިބެން ހުންނަ ފަތުރުވެރިކަމުގެ އިތުރު ސެގްމަންޓުތައްކަމަށްވާ ވެލްނަސް، ރޮމޭންޓިކް، ޑައިވިން އަދި ވޯޓާ ސްޕޯޓްސް ފަދަ ސެގްމެންޓުތައް އިޝްތިހާރުކުރެވޭނެއެވެ.

މި ކެމްޕެއިން ހިންގޭ ދަނޑިވަޅަކީ އިޓަލީގެ ފަތުރުވެރިންގެ މެދުގައި އެހެން ޖަޒީރާ ޤައުމުތައް މަގޫބޫލުކަން އިތުރުވަމުންދާ ދަނޑިވަޅެއްކަމުން މި ކެމްޕެއިންގެ ސަބަބުން މިކަން ބަދަލުކުރުމަށް ފުރުސަތު ލިބޭނެކަމަށް އެމްއެމްޕީއާރްސީއިން މައުލޫމާތުދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: