ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ނިއުސް ޔޫކޭއާއެކު ޚާއްސަ ކެމްޕެއިނެއް!

ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީ (ވިޒިޓް މޯލްޑިވްސް) އިން ނިއުސް ޔޫކޭ އާއެކު ރާއްޖޭގެ ބްރޭންޑް އެވެއާނެސް އިތުރުކުރުމަށް ހާއްސަ ކެމްޕެއިނެއް ފަށައިފިއެވެ.

އެއް މަހުގެ މި ކެމްޕެއިން ކުރިއަށް ދާނީ މިމަހުން ފެށިގެން އަންނަ މަހުގެ ނިޔަލަށެވެ. ނިއުސް ޔޫކޭ އަކީ ނޫސް މަޖައްލާ، ވެބްސައިޓް އަދި ރޭޑިއޯ ޕްލެޓްފޯމްތައް މެދުވެރިކޮށް އެކި ބާވަތުގެ ހަބަރާއި މައުލޫމަތު ފަތުރާ އިނގިރޭސިވިލާތުގެ މާސް މީޑިއާ ކުންފުންޏެކެވެ. މި ކުންފުނީގެ ދަށުން މިހާރު ޝާއިޢުކުރާ ނޫސްތަކުގެ ތެރޭގައި ދަ ޓައިމްސް، ދަ ސަންޑޭ ޓައިމްސް އަދި ދަ ސަން ހިމެނެއެވެ.

މިކެމްޕެއިންގެ ދަށުން ރާއްޖޭގެ އެންމެ ފަހުގެ މައުލޫމާތާއި، ޓްރެވަލް ގައިޑްލައިންތައް، ނިއުސް ޔޫކޭގެ ހަބަރު ފަތުރާ އެކި ވަސީލަތްތައް މެދުވެރިކޮށް އިނގިރޭސިވިލާތުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތަތްކާއި، ފަތުރުވެރިންނަށް ފޯރުކޮށްދެވޭނެއެވެ. މި ކެމްޕެއިންގެ މަޤްސަދަކީ ރާއްޖެ އޮތީ އިނގިރޭސިވިލާތާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފަތުރުވެރިންނަށް މަރުހަބާ ކިއުމަށް ތައްޔާރަށް ކަމަށް އިޝްތިހާރުކުރުމެވެ. އަދި ރާއްޖޭގެ ރިޒޯޓް، ހޮޓެލް، ގެސްޓްހައުސް، ލިވަބޯޑުތަކާއި، ރާއްޖެއިން ފަތުރުވެރިނަށް ލިބޭ ތަފާތު ތަޖުރިބާތައް ޕްރޮމޯޓުކުރުމެވެ. މީގެއިތުރުން ރާއްޖޭގެ ރަށްތައް އުފެދިފައިވަނީ ވަކިވަކިން ކަމުން މިއީ ޤުދުރަތީ ގޮތުން ގައިދުރުކަން ދަމަހައްޓަން ފުރުސަތު ފަހިކޮށްދޭ، ފަތުރުވެރިންނަށް އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުމެވެ.

މިދިޔަ އަހަރު ރާއްޖެއަށް 1,312,706 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މި މުއްދަތުގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި 5 މާކެޓްގެ ތެރޭގައި އިންޑިއާ، ރަޝިއާ، ޖަރުމަނުވިލާތް، ޔޫކޭ އަދި ޔޫއެސްއޭ ހިމެނެއެވެ. މި މުއްދަތުގައި އިނގިރޭސިވިލާތުން ރާއްޖެއަށް 62,188 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ ޖުމްލަ އެރައިވަލްސްގެ 4.7 އިންސައްތަ އެވެ.

ކުރިޔަށް މިދާ އަހަރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޙުގާ ވަރަށް ޙާއްސަ އަހަރެކެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ޙާއްސަ ހަރަކާތްތައް މިދިޔަ އަހަރު ފަށައިގަތީ ކުލަގަދަ ހަރަކާތްތަކަކާ އެކުގައެވެ. އެމްއެމްޕީއާރްސީގެ ފަރާތުން ރާއްޖޭގެ ޓޫރިޒަމްގެ ރަން ޔޫބީލް ފާހަގަކުރުމަށް އެތައް ހަރަކާތްތަކެއް ތާވަލް ކޮއްފައިވެއެވެ. މީގެ ތެރޭގައި، 2022ވަނަ އަހަރުގެ ފުރަތަމަ ކުއާރޓާގައި އެކަނިވެސް 60 އިންސަޕާރސަން ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރޭގައި 11 ފެއަރ އާއި ރޯޑްޝޯތަކާއި އެހެނިހެން ހަރަކާތްތައް ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: