ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޓަލީގެ ސްޕޯޓިން ވަކާންޒޭއާއެކު މާކެޓިން ކެމްޕެއިނެއް!

ހުސްވި މަހު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިޔާއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އިޓަލީގެ ސްޕޯޓިން ވަކާންޒޭއާއެކު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީ (ވިޒިޓް މޯލްޑިވްސް) އިން 1 މަހުގެ މާކެޓިން ކެމްޕެއިނެއް ފަށައިފިއެވެ.

މި ކެމްޕެއިން ކުރިއަށް ގެންދަނީ ޖެނުއަރީ 2022 އިން ފެބްރުއަރީ 2022 ގެ ނިޔަލަށެވެ.

އިޓަލީގެ އެންމެ ބޮޑު 10 ޓުއަރ އޮޕަރޭޓަރުންގެ ތެރޭގައި ހިމެނޭ ސްޕޯޓިން ވަކާންޓޭއަކީ އިޓާލިއަން އެސޯސިއޭޝަން ފޮރ ޓުއަރ އޮޕަރޭޓަރ އޭއެސްޓީއޯއައިގެ މެންބަރެއްވެސް މެއެވެ. ރާއްޖެއަކީ އިޓަލީ ފަތުރުވެރިންގެ މެދުގައި އެންމެ މަޤުބޫލު އެއް މަންޒިލަށް ހެދުމަށް ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި ސްޕޯޓިން ވަކާންޒޭއިން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. މިގޮތުން ކޮންމެ އަހަރަކު ރާއްޖޭގެ 8000 ޕެކޭޖު އިޓަލީގެ ފަތުރުވެރިންނަށް ސްޕޯޓިން ވަކާންޒޭއިން  ވިއްކައެވެ. 2020 ވަނަ އަހަރު ސްޕޯޓިން ވަކާންޒޭއިން ވަނީ އޮންލައިންކޮށް ސޯޝަލް މީޑިއާގައި 1000 ވުރެ ގިނަ ޓްރެވަލް އެޖެންސީގެ ބައިވެރިވުމާއެކު ޓްރެވަލް ކޮމިއުނިޓީއެއް ޤާއިމްކޮށްފައެވެ.

އެމްއެމްޕީއާރުސީ އަދި ސްޕޯޓިން ވަކާންޒޭއިން ކުރިއަށް ގެންދާ ކެމްޕެއިންގެ ދަށުން ވެބް މާކެޓިން، ސޯޝަލް މީޑިއާ އަދި ޕްރިންޓް އެޑްވަޓައިޒިން މެދުވެރިކޮށް އިޓަލީގެ މަޝްހޫރު ރާއްޖެ އިޝްތިހާރުކުރާނެއެވެ. މި ކެމްޕެއިންގެ މަޤްސަދަކީ އިޓަލީ މާކެޓުގެ ފަތުރުވެރިންނާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ އޮންނަ ގުޅުން ބަދަހިކޮށް، ރާއްޖެއަކީ އިޓަލީ ފަތުރުވެރިން ޒިޔާރަތް ޚަމަށް އެންމެ އެކަށީގެންވާ، އަދި އެންމެ ބޭނުން މަންޒިލްގެ ގޮތުގައި ޤާއިމްކުރުމެވެ. މިގޮތުން މި ކެމްޕެއިންގެ ދަށުން ރާއްޖޭގެ ފަތުރުވެރިކަމުގެ އެކި ސެގްމެންޓުތައް ކަމަށްވާ ރޮމާންސް، ވެލްނަސް، ލަގްޒަރީ، ޑައިވް އަދި ވޯޓަރ
ސްޕޯޓްސް ސެގްމެންޓުގެ ހިދުމަތްތައް އިޝްތިހާރުކުރެވޭނެއެވެ.

މި ކެމްޕެއިންގެ ސަބަބުން ރާއްޖެއަކީ އިޓަލީ ފަތުރުވެރިން ޒިޔާރަތްކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި ޕްރޮމޯޓުކުރުމަށް ކުރާ މަސައްކަތައް ކުރިއެރުންތަކެއް ލިބިގެންދާނެއެވެ. އަދި ރާއްޖޭގެ ރިޒޯޓް، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑުތަކުގައި އެޅިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި، ރާއްޖޭގެ ތަފާތު ތަޖުރިބާތަކުގެ މައުލޫމާތު އިޓަލީގެ ފަތުރުވެރިންނާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް މި ކެމްޕެއިންގެ ޒަރިއްޔާއިން ފޯރުކޮށްދެވޭނެއެވެ.

ޕެންޑަމިކްގެ ކުރިން އިޓަލީ އަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ އެއް މާކެޓެވެ. 2020 ވަނަ އަހަރު އިޓަލީން ރާއްޖެއަށް 46،600 ފަތުރުވެރިން ދަތުރުކޮށްފައިވާއިރު، މި މާކެޓަކީ ރާއްޖެއަށް 4 ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި މާކެޓެވެ. 2019 ވަނަ އަހަރު މި މާކެޓުން ރާއްޖެއަށް 136،343 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މި މާކެޓް އެ އަހަރު އޮތީ ރާއްޖެއަށް 3 ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި މާކެޓުގެ ނަމަވެސް ކޮވިޑާ ގުޅިގެން އިޓަލީ ބޯޑަރު ބަންދުކުރުމުގެ ސަބަބުން މި މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ދަށަށް ގޮސްފައެވެ. ޑިސެންބަރު މަހުގެ 31 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 1,320,124 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މީގެތެރެއިން 27,332 ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ އިޓަލީއިންނެވެ.

މިދިޔަމަހުގެ 29 ވަނަ ދުވަހު އިޓަލީ ސަރުކާރުންވަނީ ރާއްޖެ އަދި އެހެން ގައުމުތަކާ އެކު ޓްރެވެލް ކޮރިޑޯ އެއް ގާއިމްކޮށްފައެވެ. މީގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރާ އިޓަލީ ފަތުރުވެރިން އަނބުރާ ގައުމަށް ދިޔުމަށްފަހު ކަރަންޓީންވާކަށް ނުޖެހޭނެއެވެ. ވިޒިޓް މޯލްޑިވްސްގެ އަމާޒަކީ ބަލިމަޑުކަމުގެ ކުރިން އިޓަލީ މާކެޓްގައި މަޤްބޫލުކަން ހުރި މިންވަރަށް އަނެއްކާވެސް އެ މާކެޓު އިޔާދަކުރުންކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ. އަދި އިޓަލީ ފަތުރުވެރިންގެ މެދުގައި ދިވެހިރާއްޖެއަކީ ފަތުރުވެރިކަމުގެ މަންޒިލްގެގޮތުގައި ދެމެހެއްޓުންކަމަށްވެސް ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: