ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގެ ރަޖިސްޓަރީ ބާތިލްކުރި ނިންމުމަށް އަމަލުކުރުން މަޑުޖައްސާލަން އަންގައިފި

އެލްޖީއޭގެ ބޯޑު ބައްދަލުވުމެއް—
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން މަޑުޖައްސާލުމަށް އެންގުމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ފާސްކުރީ ހުޅުމާލޭގެ ރަޖިސްޓަރީ ބާތިލުކޮށް، ކައުންސިލުގެ ދަށަށް މުޅި ހުޅުމާލެ ބަދަލުކުރާށެވެ. މިގޮތަށް ނިންމީ މާލެ ސިޓީ ކައުންސިލްގެ އިހްތިސޯސްގެ ތެރޭގައި ހުޅުމާލެ އޮތަސް ހިދުމަތް ދިނުމަށް ހުރަސްތައް ކުރިމަތިކުރާތީ ކަމަށް ކައުންސިލުން ބުނެފައިވެ އެވެ.

އެލްޖީއޭއިން މިގޮތަށް ނިންމާފައިވަނީ މިދިޔަ ބްރާސްފަތި ދުވަހު ބޭއްވި އެލްޖީއޭ ބޯޑުގެ ކުއްލި ބައްދަލުވުމުގައެވެ.

އެލްޖިއޭ ބޯޑުގެ ކުއްލި ބައްދަލުވުމެއް އެދުވަހު ބާއްވާފައިވަނީ، މާލެސިޓީ ކައުންސިލުން އެޗްޑިސީއަށް ހަދާދީފައިވާ ރަޖިސްޓްރީ ބާތިލު ކުރި މައްސަލަ ބަލައިދިނުމަށް އެޗްޑިސީން އެލްޖީއޭއަށް ހުށަހެޅުމުންނެވެ.

“މާލެސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 30 ވަނަ ރަސްމީ ޖަލްސާއިން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަމުގައި ހަދާފައިވާ ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ރަޖިސްޓްރީ ކެންސަލް ކުރުމަކީ ޤާނޫނީ ގޮތުން މާލެސިޓީ ކައުންސިލަށް ނިންމޭނެ ނިިންމުމެއް ނޫން ކަމަށް ނިންމުން، އަދި މިމައްސަލަ ހިނގާފައިވާ ގޮތް ބެލުމަށް އިންކުއެރީ އެއް ހެދުމަށް ނިންމުން.” އެލްޖީއޭ ބޯޑުގެ ކުއްލި ބައްދަލުވުމުގައި ނިންމާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: