ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހު، މޯލްޑިވްސް މެރިން އެކްސްޕޯ 2021 އަށް ޒިޔާރަތްކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ”މޯލްޑިވްސް މެރިން އެކްސްޕޯ 2021“ އަށް ޒިޔާރަތްކުރައްވައިފިއެވެ. މި އެކްސްޕޯއަކީ ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އެކްސްޕޯއެކެވެ.

ރައީސުލްޖުމްހޫރިއްޔާ މޯލްޑިވްސް މެރިން އެކްސްޕޯ 2021އަށް ޒިޔާރަތްކުރެއްވުމުން އެމަނިކުފާނަށް މަރުޙަބާ ދަންނަވާފައިވަނީ ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެން.ބީ.އޭ.އެމް) ގެ ރައީސް އަޙްމަދު އަފްރާޙްއެވެ. މި ޒިޔާރަތްކުރެއްވުމުގައި އެމަނިކުފާނު ވަނީ އެކްސްޕޯގެ ސްޓޯލްތައް ބައްލަވާލައްވާފައެވެ. އަދި އެކްސްޕޯގައި ދައްކާލާފައިވާ ބައެއް ތަކެތީގެ މަޢުލޫމާތުވެސް އެމަނިކުފާނު ވަނީ އައްސަވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އެވެއަނެސް ކެމްޕެއިންކަމަށްވާ ”ލައިފް ޖެކެޓް ވެއަރ އިޓް“ މި އެކްސްޕޯގައި އިފްޠިތާޙްކޮށްދެއްވާފައެވެ.

ހުޅުމާލެ ސެންޓަރަލް ޕާކުގައި މި ހިނގާ ޑިސެންބަރު 13 އިން 15 އަށް ކުރިއަށްދާ މި އެކްސްޕޯއަކީ މެރިން ދާއިރާގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ބާއްވަމުން ގެންދާ އެކްސްޕޯއެކެވެ. މި އެކްސްޕޯގައި ރާއްޖޭގެ މެރިން އިންޑަސްޓްރީގެ ގިނަ ބާވަތްތަކެއް ދައްކާލާފައިވެއެވެ. އަދި މި އެކްސްޕޯގައި މެރިން ދާއިރާއާއި ގުޅުންހުރި މުދަލާއި ފޯރުކޮށްދޭ ޚިދުމަތްތަކުގެ މަޢުލޫމާތުވެސް މި ދާއިރާގެ ގިނަ ބައިވެރިންނާ ޙިއްޞާކޮށްފައިވެއެވެ. ހަމަ އެއާއެކު މި އެކްސްޕޯގައި ބައިވެރިވި ބައެއް ކުންފުނިތަކުން ވަނީ އަލަށް ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ ބައެއް ތަކެތި ދައްކާލައި އެ ތަކެއްޗާއި ބޭހޭގޮތުން ބައިވެރިންނާއި މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: