ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއާއި ތައިލޭންޑާއި ދެމެދު އަލުން ފްލައިޓްތައް ފެށުމުގެ މަސައްކަތް ކުރަނީ

ބޯޑަރު ހުޅުވާލިފަހުން ރާއްޖެގެ ފަތުރުވެރިކަން ވަނީ ރަނގަޅުވާން ފަށާފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއާއި ތައިލޭންޑާއި ދެމެދު ފްލައިޓްތައް އަލުން ފެށުމާ ގުޅިގެން ބޭއްވި ހާއްސަ ވާޗުއަލް އިވެންޓެއްގަ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީ (ވިޒިޓް މޯލްޑިވްސް) އިން ބައިވެރިވެއްޖެއެވެ.

މި އިވެންޓްގައި ވިޒިޓް މޯލްޑިވްސް އިން ދިވެހިރާއްޖޭގަ އަޅާފައިވާ ދަތުރުކުރުމުގެ ފިޔަވަޅުތަކުގެ މައުލޫމާތު މި ހަފްލާގައި ބައިވެރިވި މި ފަރާތްތަކާ ހިއްސާކުރުމަށް ފުރުސަތުލިބުނެވެ. މީގެ އިތުރުން ފްލައިޓް ކަނެކްޓިވިޓީއާއި ޓިކެޓް ޕްރޮމޯޝަނާ ބެހޭ މައުލޫމާތުވެސް ހިއްސާކުރެވުނެވެ. ވިޒިޓް މޯލްޑިވްސް ގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގް ޑިރެކްޓަރު ތޮއްޔިބް މުހައްމަދު މި އިވެންޓްގައި ދިވެހިރާއްޖެ އާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އަދި ދެކުނު އިރުމަތީ އޭޝިއާގައި އެމްއެމްޕީއާރުސީގެ ފަރާތުން ރާއްޖެ ތަމްސީލްކުރާ ޕީއާރު ކުންފުނި، ޕެސިފިކް ވޯލްޑް ޓްރެވެލްގެ ފަރާތުން ވަނީ ދިވެހިރާއްޖެއާ ބެހޭ ޕްރެސެންޓޭޝަނެއް ތައި ބަހުން ދީފައެވެ.

މި ހަރަކާތުގައި ވާހަކަ ދައްކަވަމުން އެމްއެމްޕީއާރުސީގެ އެމްޑީ ތޮއްޔިބް ވިދާޅުވީ ތައިލޭންޑްގަ ދަތުރުފަތުރުކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކުރުމާ ގުޅިގެން އަނެއްކާވެސް އެ ގައުމުން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި އައި ފަތުރުވެރިންނަށް މަރުހަބާ ކިއުމަށް ރާއްޖެ އޮތީ ތައްޔާރަށް ކަމަށް ތޮއްޔިބް ވިދާޅުވިއެވެ.

އިވެންޓުގެ ތެރެއިން

ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި ދެކުނު އިރުމަތީ އޭޝިއާގެ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކުރި މިންވަރު ވަނީ އިތުރުވެފަ އެވެ. އަދި މި ސަރަހައްދުން އިތުރު ފްލައިޓްތައް ރާއްޖެ އަށް ދަތުރުކުރަން ފެށުމާއެކު ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު އިތުރުވާނެކަމަށް އުއްމީދުކުރެވެއެވެ. 2019 ވަނަ އަހަރު ދެކުނު އިރުމަތީ އޭޝިއާއިން 87,636 އަށްވުރެ ގިނަ ފަތުރުވެރިންނަށް ރާއްޖެ އިންވަނީ މަރުހަބާ ކިޔާފައެވެ.

ކޮވިޑް-19 ގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ހުރި ހުރަސްތަކާއެކު ވެސް ވިޒިޓް މޯލްޑިވްސްއިން އަންނަނީ ރާއްޖެ ދެކުނުއިރުމަތީ އޭޝިއާ ސަރަހައްދުގަ އިޝްތިހާރުކޮށް ފަތުރުވެރިންގެ މެދުގައި ރާއްޖެއަކީ އެންމެ މަގްބޫލު މަންޒިލެއްގެ ގޮތުގައި ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ބޯޑަރުތައް އަލުން ހުޅުވުމާއެކު ރާއްޖެއަކީ މިސަރަހައްދުގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ޝައުގުވެރިވާ މަންޒިލަށް ހެދުމަށްޓަކައި ތަފާތު މާކެޓިން ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ.

ވިޒިޓް މޯލްޑިވްސް އިން މިމާކެޓްގަ ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ވެބިނާތަކާއި ، ރޯޑްޔޯތައް އަދި ޖޮއިންޓް މާކެޓިންގް ކެމްޕެއިންތަކާއި، އެކި ފެއާތަކުގައި ބައިވެރިވުން ހިމެނެއެވެ. ވިޒިޓް މޯލްޑިވްސް ގެ މާކެޓިންގް ސްޓްރެޓަޖީގައި އެންމެ ބޮޑެތި މާކެޓްތަކާއި ކުރިއަށް އަރަމުންދާ މާކެޓްތަކަށް އަމާޒުކޮށް އެމާކެޓްތަކުން ފަތުރުވެރިން ދިވެހިރާއްޖެ އަށް ޒިޔާރަތްކުރާ އަދަދު އިތުރުކުރުމަށް މަސައްކަތްކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: