ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިނގިލި ކޯޓުގެ ކުރީގެ މެޖިސްޓްރޭޓްގެ މައްސަލައެއް އޭސީސީއަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ގއ.ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް މެޖިސްޓްރޭޓް އަހުމަދު ޝުކޫރުގރ މައްސަލައެއް އޭސީސީއަށް ހުށަހަޅައިފިއެވެ.

ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ވިމަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ގާނޫނާ ހިލާފަށް ފައިސާތަކެއް ދޫކުރިކަމަށް ބުނާ މައްސަލައެއް 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު މި ކޮމިޝަނަށް ހުށަހެޅުމުން، މިމައްސަލަ އެކޮމިޝަނުން ދިރާސާ ކޮށްފައިވާކަމަށެވެ.

އެ ކޮމިޝަނުން ކުރި ދިރާސާއަށް ފާހަގަވެފައި ވަނީ އެކަމަކީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް އަހުމަދު ޝުކޫރު، ފަނޑިޔާރުކަމުގެ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ކަނޑައެޅިގެން ފާޅުކަން ބޮޑު ގޮތުގައި ފަރުވާލެއް ނެތި ގާނޫނާ ހިލާފަށް ހިންގާފައިވާ ކަމެއް ކަމަށްކަމަށް ޖޭއެސްސީން ބުންޏެވެ.

އަހުމަދު ޝުކޫރު ހިންގާފައިވާ ގާނޫނާ ހިލާފު މި ކަންތައް އެ ކޮމިޝަނަށް ފާހަގަވެފައި ވަނީ، އެ ކޮމިޝަނުން ދިރާސާކުރި އެހެން ސުލޫކީ މައްސަލަތަކެއް އޭނާއާމެދު ސާބިތުވެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް  ނިންމުމާ ގުޅިގެން އަމިއްލައަށް މަޖިސްޓްރޭޓްކަމުގެ މަގާމުން އޭނާ ވަކިވެފައި ވަނިކޮށްކަމަށްވެސް ޖޭއެސްސީން ބުންޏެވެ.

އެހެންކަމުން މި މައްސަލާގައި ފާހަގަވި ކަންކަން ބަލައި ފިޔަވަޅު އަޅައިދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނަށް 2021 ވަނަ އަހަރު ޖެނުއަރީމަހު ވަނީ ހުށަހަޅާފައިވާކަމަށްވެސް ޖޭއެސްސީން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: