ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭރީގެ މަރުގެ މައްސަލަ: ދިވެހި ނަރުހުގެ ބަންދަށް 15 ދުވަސް

މާވިން އާއި އޭނާގެ ލޯބިވެރިޔާ ލަމްހާ
ޝެއާރކޮށްލާ ކަހަލަދޯ؟

އައިޖީއެމްއެޗްގައި ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރި، ހަލީމަތު ލަމްހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިދީފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، މަރުވި ފިލިޕީންސް އަންހެން މީހާގެ ފިރިމީހާއާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނު 24 އަހަރުގެ އަންހެނެކެވެ. ލަމްހާއަކީ ވެސް އައިޖީއެމްއެޗުގައި ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ މީހެކެވެ.

މޭރީގެ މަރުގެ މައްސަލައިގައި ފުލުހުން އެންމެ ފުރަތަމަ ހައްޔަރު ކުރީ، އޭނާގެ ފިރިމީހާ މާވިން އެސްވައި 29 (އ)، އެވެ. އަދި ކޯޓު އަމުރެއްގެ ދަށުން ލަންމާ، 24 (އ) ހައްޔަރު ކުރީ ބުރާސްފަތި ދުވަހުގެ ހަވީރު އެވެ. އޭގެ ކުރިން ފުލުހުން ކޯޓު އަމުރެއްގެ ދަށުން ލަމްހާ ދިރިއުޅޭ އެޕާޓްމެންޓު ބަލައި ފާސްކޮށް، އޭނާގެ ފޯނު ހިފެހެއްޓި އެވެ.

މޭވިންއާއި ލަމްހާގެ މައްޗަށް ފުލުހުން ކުރަނީ ދުރާލާ ރާވައިގެން، މޭރީ މަރާލިކަމުގެ ތުހުމަތެވެ. އައިޖީއެމްއެޗްގެ ނަރުހުންގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ތިން މީހުންގެ މެދުގައި ވެސް ލަމްހާގެ ސަބަބުން މައްސަލަތަކެއް ޖެހޭ ކަމަށް ވެއެވެ.

މޭރީގެ މަރާއި އެކު ކުރެވުނު ތުހުމަތުތައް ދޮގުކޮށް، ލަމްހާ ރާއްޖޭ މީޑިއާއަށް އިންޓަވިއު އެއްވެސް ދިނެވެ.

ދަންޖެހުނު ފިލިޕީންސް އަންހެނެއް ހޮސްޕިޓަލަށް ގެންދިޔަ ހަބަރާއި އެކު، ތަފާތު ގޮތް ގޮތަށް ވާހަކަ ދެކެވި އެ މަރާއި މެދު ސުވާލުތައް އުފެދިގެން ދިޔަ އެވެ. އާއްމުކޮށް ދަންޖެހިގެން ހޮސްޕިޓަލަށް ގެންދާ މީހުންގެ ކޭސްތައް، ފުލުހުންނަށް ރިޕޯޓު ކުރާނެ އެވެ. މި މައްސަލައިގައި ސުވާލު އުފެދޭ ކަންތަކެއް ހުރުމުން ފުލުހުން، މޭރީގެ މަރުގެ މައްސަލައިގެ ތަހުގީގު ފެށީ މާވިންގެ ބައެއް ވާހަކަތައް ދިމާ ނުވާތީ އާއި ހޮސްޕިޓަލުން ލިބުނު ބައެއް މައުލޫމާތުތަކުގެ ސަބަބުންނެވެ. އެހެންވެ މާވިންގެ ޕާސްޕޯޓު ހިފަހައްޓައި، މޭޭރީގެ ހަށިގަނޑު ޕޯސްޓްމޯޓަމްއަށް ރާއްޖެއިން ބޭރަށް ފޮނުވީ އެވެ.

ޕޯސްޓްމޯޓަމުން ދެއްކީ ދަންޖެހިފައި ނުވަތަ ދަންޖައްސާފައިވާ ކަމަށް ބެލެވޭ އެއްވެސް އަނިޔާއެއް ނެތް ކަމަށެވެ. އެ ރިޕޯޓުގައި ވާ ގޮތުން މޭރީގެ ބޮލަށް އެއްޗަކުން ޖަހައި ވަނީ އަނިޔާ ދީފަ އެވެ. އަދި ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމަށް ވެއެވެ.

އޭނާ މަރުވި ސަބަބެއްކަމަށް ބެލެވެނީ، “ބްލަންޓް ފޯސް ޓްރޯމާ” ކަމަށެވެ. އެއީ ބާރުގަދަ އެއްޗަކުން ނުވަތަ ކުއްލި ގޮތަކަށް ގޮސް ތަނެއްގައި ޖެހިގެން ލިބޭ އަނިޔާ އެވެ. ދަންޖެހިގެން މަރުވިކަމަށް ބުނާ މޭރީ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ އޭނާގެ ފިރިމީހާ އެވެ.

މައްސަލައިގައި ތުހުމަތުތަކެއް ކުރެވި މާވިން ވެސް މިވަގުތު ހުރީ ފުލުހުންގެ ހައްޔަރުގަ އެވެ. އަދި އޭނާއަށް ބަންދުގެ މުއްދަތު ވަނީ ޖަހާފަ އެވެ.

ލަމްހާ ހައްޔަރުކޮށްފައި ވަނީ ސީރިއަސް ތުހުމަތުތަކަކާއި އެކު އެވެ. އެއީ މީހަކު މަރަން ރޭވިކަމުގެ ކުށާއި، އެނގި ހުރެ މައުލޫމާތު ފޮރުވުމުގެ އިތުރުން ބައެއް އެހެން ތުހުމަތުތަކެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: