ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމަންޑޫ ދާއިރާއަށް ރައީސް ޔާމީން ވާދަކުރަން އުޅުއްވާ ވާހަކައަކީ ދޮގެއް: ޕީޕީއެމް

ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް ރައީސް ޔާމީން މިނިވަން ކުރުމުން، ސަޕޯޓަރުން އުފާ ފާޅުކުރަނީ/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލައްގައްޔޫމް ވާދަ ކުރެއްވުމަށް ނިންމަވާފައިވާކަމަށް ބުނެ ދެކެވޭ ވާހަކަތައް އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.

ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި އާއި، ބައެއް މީޑިއާތަކުން ވަނީ ރައީސް ޔާމީން ކޮމަންޑޫ ދާއިރާއަށް ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން ގެންގުޅުއްވާކަމަށް ބުނެފަ އެވެ.

ރައީސް ޔާމީން ރައްޔިތުންގެ މަޖިލީހުގެ އެ ގޮނޑިއަށް ވާދަ ކުރައްވާ ވާހަކަ އެއީ ތެދެއްތޯ ސުވާލު ކުރުމުން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށާއި، ރައީސް ޔާމީން އެފަދަ އެއްވެސް މަޝްވަރާއެއް ވެސް ކުރައްވާފައި ނުވާ ކަމަށެވެ.

މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެފައި ވަނީ، އެ ދާއިރާގެ މެންބަރު ހުސައިން ވަހީދު ކެންސަރުގެ އަލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އަވަހާރަވުމުންނެވެ. ގާނޫނު ބުނާ ގޮތުގައި ދައުރުގެ މެދުތެރެއިން މަޖިލީހުގެ ގޮނޑިއެއް ގެއްލިއްޖެ ނަމަ، 60 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެ އެވެ. އެހެންވެ އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައި ވަނީ އަންނަ ފެބްރުއަރީ 05 ގައި އިންތިހާބު ބޭއްވުމަށެވެ. އަދި ބުރާސްފަތި ދުވަހު ދާއިރާއަށް ވާދަ ކުރަން ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ އެވެ.

މަނީލޯންޑްރިންގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމް، ބާތިލު ކުރުމުން ރައީސް ޔާމީން ވަނީ އިދިކޮޅުގެ ސިޔާސީ ހަރަކާތްތައް ވަރުގަދަ ކުރައްވާފަ އެވެ. މާލޭގައި ބޭއްވި ބޮޑު ދެ ޖަލްސާއަށް ފަހު ކ. އަތޮޅަށް ވަޑައިގެން ވެސް ރައީސް ޔާމީން ވަނީ އިންޑިއާ ދެކޮޅަށް ކުރިޔަށް ގެންދާ ކެމްޕެއިނުގައި ބައިވެރިވެވަޑައިގެންފަ އެވެ.

މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ރައީސް ޔާމީން ވާދަ ކުރައްވަން އުޅުއްވާ ކަމުގެ އަޑު ފެތުރުނުއިރު، 2019 އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ މުލަކު ދާއިރާގެ ގޮނޑިއަށް ރައީސް ޔާމީން ވާދަ ކުރައްވަން އުޅޭކަމުގެ އަޑުތަކެއް ވެސް ފެތުރުނެވެ. އޭރު ވެސް އެ ވާހަކަތައް އިދިކޮޅުން ދޮގު ކުރި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ނިންމައިފައެވެ. އަދި އަންނަ ބުރާސްފަތި ދުވަހު އެ ދާއިރާއަށް ކުރިމަތިލާން ހުޅުވާލާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: