ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ފްލައިން ސްކޫލްގެ ކިޔެވުން އަންނަ މަހު ފަށާނެ!

އައްޑޫ ސިޓީ ގަން އެއާޕޯޓުގައި ހިންގަމުން އަންނަ ފްލައިން ސްކޫލް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގެ ފްލައިން ސްކޫލު ހިންގާމުންދާ ޑިސެމްބަރު މަހުގެ ފަހު ކޮޅު ހުޅުވާނެކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.

“ސަންގު” އަށް މައުލޫމާތު ދެމުން މޯލްޑިވިއަންގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ މޫސާ ވަސީމް ވިދާޅުވީ، މޯލްޑިވިއަން އިން ހަވާލު ވެގެން އައްޑުގައި ހުޅުވުމަށް މަސައްކަތް ކުރަމުންދާ ފްލައިން ސްކޫލު މި މަހުގެ ފަހު ކޮޅު އޮޕަރޭޝަނަށް ގެނެވޭނެ ކަމަށެވެ.

މި މަހު ފްލައިން ސްކޫލު ސޮފްޓް އޮޕެނިންއެއްގެ ގޮތުގައި، ހުޅުވައި ދަރިވަރުންގެ ކިޔެވުން ޖެނުއަރީ މަހު ފެށިގެންދާނެކަމަށް މޫސަ ވިދާޅުވި އެވެ. މުސަ ވިދާޅުވީ އެންމެ ފުރަތަމަ ކުރިޔަށް ގެންދާނީ ގްރައުންޑު ކްލާސްތައް ކަމަށެވެ. އަދި ޖެނުއަރީގެ މެދު ތެރޭގައި ފްލައިން ކާލާސްތައް ފަށާނެކަމަށް ވިދާޅުވި އެވެ.

އެކަމަށް ބޭނުންވާ ބޯޓުތައް އަންނަ މަހުގެ ކުރީކޮޅު ލިބޭނެ އެވެ.

އަލަށް ކިޔެވުން ފަށާއިރު، މިވަގުތު ކިޔެވުން ފުރިހަމަ ނުކުރެވި ތިބި ދަރިވަރުންނަށް އިސްކަމެއް ދޭނެ އެވެ. އެއަށް ފަހު އެ ކުދިންގެ ކޯސް ފުރިހަމަ ކުރެވޭ މިންވަރަކުން، އާ ބެޗުތަކަށް ޖާގަ ދެވޭނެ އެވެ.

އައްޑޫ ގޭން އިންޓަނޭޝަނަލް އެއާޕޯޓުގައި ފްލައިން ސްކޫލު ހިންގާނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި އައިލެންޑް އޭވިއޭޝަނުން ހަދާފައިވާ ޖޮއިންޓް ވެންޗާ ކުންފުނިންނެވެ.

ފްލައިން ސްކޫލުގައި ކޯހުގެ އެކި ބައިތައް ފުރިހަމަކޮށް، އެއްކޮށް ކޯސް ނިންމޭނެ ގޮތެއް ނެތިފައި ތިބި 100 ދަރިވަރުން އެބަތިއްބެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: