ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރީކަނެކްޓް ވިތް މޯލްޑިވްސް ޕްރޮގްރާމް ސީއެންއެންއަށް!

ރާއްޖޭގެ ފަތުރުވެރިކަމުގެ ވީޑިޔޯތައް ވަނީ ޕްރޮގްރާމްގެ ތެރެއިން ދައްކާލާފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ފަތުރުވެރިންނަށް ކުރެވޭ ތަފާތު ތަޖުރިބާތައް ދައްކުވައިދިނުމަށް ހާއްސަކޮށްފައިވާ “ރީކަނެކްޓް ވިތް މޯލްޑިވްސް” ޕްރޮގްރާމް ސީއެންއެންގެ ފީޑްތަކުގައި ދައްކައިފިއެވެ.

މި ޕްރޮގްރާމް ސީއެންއެން ފީޑްތަކުގައި ދައްކާފައި މިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީ (ވިޒިޓް މޯލްޑިވްސް) އަދި ސީއެންއެން އިންޓަރނޭޝަނަލް ގުޅިގެން ކުރިއަށް ގެންދާ ގްލޯބަލް ކެމްޕެއިންގެ ދަށުންނެވެ.

30 މިނެޓުގެ މި ޕްރޮގްރާމް ޕްރިމިއަރ ކޮށްފައިވަނީ 11 ޑިސެންބަރުގައެވެ. މި ޕްރޮގްރާމް ސީއެންއެންގެ ޔޫރަޕް، މިޑިލްއީސްޓް، އެފްރިކާ، އޭޝިއާ ޕެސިފިކް، ސައުތް އޭޝިއާ، ނޯތް އެމެރިކާ އަދި ލެޓިން އެމެރިކާގެ ފީޑްތަކުގައި ވަނީ ދައްކާފައެވެ. ޕްރޮގްރާމްގެ ރިޕީޓު 11 އަދި 12 ޑިސެންބަރުގައި މި ފީޑްތައް މެދުވެރިކޮށް 4 ފަހަރު ވަނީ ދައްކާފައެވެ.

މި ޕްރޮގްރާމްގައި ބެލުންތެރިންނަށް ރާއްޖޭގެ ރަށްރަށުގެ އާންމު ދިރިއުޅުމާއި، ކާނާ އަދި ސަގާފީ ކަންކަން ވަނީ ދައްކާފައެވެ. މީގެއިތުރުން ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވް، ބ އަތޮޅުގައި ހަރަކާތްތެރިވާ މަންޓާ ޓްރަސްޓް، ރީފްސްކޭޕާޒް، ރާއްޖޭގެ ފުރަތަމަ އަންހެން ޕަޑީ ކޯސް އިންސްޓްރަކްޓަރ، ޝެފަކާއި، ހުސް އަންހެން ކަނބަލުން ހިމެނޭ ފަތްމިނި ބޮޑުބެރު ގްރޫޕްވެސް ވަނީ މި ޕްރޮގްރާމްގައި ދައްކާފައެވެ. ރީކަނެކްޓް ވިތް މޯލްޑިވްސް ވަނީ ސީއެންއެންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައިވެސް ޝެއަރކޮށްފައެވެ.

ރީކަނެކްޓް ވިތް މޯލްޑިވްސް ޕްރޮގްރާމް ދައްކާފައި މިވަނީ އެމްއެމްޕީއާރުސީ އަދި ސީއެންއެންއިން، ސެޕްޓެންބަރު 2021 އިން ޑިސެންބަރު 2021 ގެ ނިއަލަށް ކުރިއަށް ގެންދާ ގްލޯބަލް ކެމްޕެއިންގެ ދަށުންނެވެ. މި ކެމްޕެއިންގެ މަގްސަދަކީ އައު އާންމު ހާލަތުގައި ރާއްޖެއަކީ ފަތުރުވެރިން ބޭނުންވާ ރައްކާތެރިކަމާއި، މިފަދަ ހާލަތާއި ގުޅޭ އެކި ހިދުމަތްތައް ފޯރުކޮށްދޭ މަންޒިލެއްގެ ގޮތުގައި މާކެޓްކުރުމެވެ. މިގޮތުން ރާއްޖެއަކީ އެންމެ ރައްކާތެރި މަންޒިލްކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ހިދުމަތްދޭ ރިޒޯޓް، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑުތަކުގައި އެޅިފައިވާ ހަރުދަނާ ފިޔަވަޅުތައް މި ކެމްޕެއިންގެ ޒަރިއްޔާއިން އިޝްތިހާރުކުރެވޭނެއެވެ. މީގެ އިތުރުން ރާއްޖޭގެ ރަށްތައް ގުދުރަތީ ގޮތުން އުފެދިފައިވަނީ ވަކި ވަކިން ކަމުން، މިއީ ގައިދުރުކަން ދެމެހެއްޓުމަށް ފަތުރުވެރިންނަށް އެންމެ އެކަށީގެންވާ މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރެވޭނެއެވެ. އަދި ރައްޖޭގެ ތަފާތު ހިދުމަތްތަކާއި، ތަޖުރިބާތައްވެސް މި ކެމްޕެއިންގެ ޒަރިއްޔާއިން ޕްރޮމޯޓުކުރެވޭނެއެވެ. މި ކެމްޕެއިންގެ ތެރެއިން ސީއެންއެންގެ ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުން ރާއްޖެ ދަނީ އިޝްތިހާރު ކުރަމުންނެވެ.

އެމްއެމްޕީއާރުސީގެ ގްލޯބަލް މާކެޓިން ސްޓްރެޓަޖީއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދައިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް، ބޭރުގެ އެކި ފަރާތްތަކާއެކު ޕާޓްނަރޝިޕް އަދި މާކެޓިން ކެމްޕެއިންތައް ހިންގުމަށް ޤާއިމްކޮށްފައިވާ ސްޓްރެޓަޖީއެކެވެ. މި ސްޓްރެޓަޖީގެ ދަށުން ކޮންމެ އަހަރަކު ވެބިނާތަކާއި، މާކެޓިން ހަރަކާތްތައް، ޑިޖިޓަލް އަދި ސޯޝަލް މީޑިއާ ކެމްޕެއިންތަކާއި އެހެނިހެން ހަރަކާތްތައް ހިންގާ، ރާއްޖޭގެ އެންމެ ފަހުގެ މައުލޫމާތު ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ފަތުރުވެރިންނަށް ފޯރުކޮށްދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: