ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ ސިފައިން ބޭލުމަށް ހުރަސް އަޅާ އެންމެން ފެއިލްވާނެ: އުމަރު

އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލައި ބޭއްވި ހަރަކާތެއްގެ ތެރެއިން، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށް ދެކޮޅު ހަދާ ހުރިހާ އެންމެން ފެއިލް ވާނެކަމުގައި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވިއިރު، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅުން ހިންގާ “އިންޑިއާ އައުޓް” ކެމްޕެއިނަކީ ބޮޑު ޖަރީމާއެއް ކަމަށް އެމްއެންޕީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް އިއްޔެ ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން އުމަރު ވިދާޅުވީ ރާއްޖެ އަޅުވެތިކޮށް، ދިވެހިން އަޅުވެތި ކުރުމަށް އެއްވެސް ދިވެހި ރައްޔިތަކު ތާއީދު ނުކުރާނެކަމަށާއި އެކަމަށް ތާއީދުކުރާ ލީޑަރުންނާއި، މީހުންނަކީ ރައްޔިތުންގެ ކުރިމަތީގައި ފެއިލްވާނެ މީހުންކަމަށް އުމަރުވަނީ ވިދާޅުވެފައެވެ.

އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ ބޭރުގެ އެއްވެސް އަސްކަރިއްޔާއެއް ރާއްޖޭގައި ތިބުމަށް އެމްއެންޕީން ނޭދޭނެ ކަމަށާއި، އެހެންނަމަވެސް “އިންޑިއާ އައުޓް” ކެމްޕޭނަކީ އެހެން ބޭނުމަކު ހިންގަމުން އަންނަ ކަމެއްކަމަށެވެ.

“މިއީ ވަކި ބޭފުޅަކު އެ ބޭފުޅަކު އެ ބޭފުޅެއްގެ ސަރުކާރުގަ ހިނގާފަ ހުރި އެކި ކަންކަން ފޮރުވައި މަތިއަޅަން ހިންގާ ކެމްޕޭނެއް.” ނާޒިމް ވިދާޅުވި އެވެ.

 

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ހަމަ ބާގިންވެސް ރައްޔިތުންނޭ ދީނޭ ޝަރަފޭ އިއޒަތޭ ކިޔައިގެން 2 މިނިސްޓަރު ގޮޑި ހޯދަން ވެގެންނުން ؟ ދެން ޔާމީނުވާ ރަގަޅުވާހަކަތާ އެ ދައްކަނީ. އިންޑިއާ ހަމަ އައުޓް ވާން ޖެހޭނީ. އައުޓްވާނީ މިތާ އޮތް އެއްޗެއްތާ؟ އޮތީ އަސްކަރީން..

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: