ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފާއިތުވި ހަމަހުވެސް މަހެއްގެ މައްޗަށް އެއްލައްކަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައި!

އެއް މިލިއަން ފަތުރުވެރިން ގެނައަުމަށް ކަނޑައެޅި އަމާޒަށް ވަނީ ވާސިލްވެފައި ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ފާއިތުވި ހަމަސް ދުވަހުގެ ތެރޭ ކޮންމެ މަހަކުވެސް އެއްލައްކައަށްވުރެ ގިނަ ފަތުރުވެރިިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓުއަރިޒްމް މިނިސްޓްރީއިން އާންމުކުރި ވީކްލީ ރިޕޯޓުގައިވާ ގޮތުން ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 22 ވަނަ ދުވަހުގެ ނިޔަލަށް 113،367 (އެއްލައްކަ ތޭރަހާސް ތިންސަތޭކަ ފަސްދޮޅަށް ހަތެއް) ފަތުރުވެރިން ވަނީ ރާއްޖެ ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާ ބަލާއިރު ބައިލައްކައަށްވުރެ ގިނަ އަދަދެކެވެ.

މިއަހަރުގެ މިހާތަނަށް 1،271،020 (އެއް މިލިޔަން ދުއިސައްތަ ހަތްދިހަ އެއްހާސް ވިހި) ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ހުސްވި އަހަރުގެ ޖެނުއަރީއިން ފެށިގެން އެއަހަރުގެ ޑިސެމްބަރު 22ގެ ނިޔަލަށް ޒިޔާރަތްކޮށްފައިވަނީ 522،135 (ފަސްލައްކަ ބާވީސްހާސް އެއްސަތޭކަ ތިރީސް ފަހެއް) ފަތުރުވެރިންނެވެ. ޑިސެމްބަރު މަހުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިން އެވްރެޖްކޮށް ތިބޭ ކަމަށް ތަފާސްހިސާބުތަކުން ދައްކަނީ 8 ދުވަހުގެ މުއްދަތަކަށެވެ.

މިއަހަރުގެ ޖުލައިމަހުން ފެށިގެން ކޮންމެ މަހަކުވެސް އެއްލައްކައަށްވުރެ ގިނަ ފަތުރުވެރިން އަންނަނީ ކޮންމެ މަހަކުވެސް އަންނަނީ ޒިޔާރަތްކުރަމުންނެވެ. އަދި އޭގެ ކުރިން މާޗް މަހުގެ ތެރޭގައިވެސް އެއްލައްކައަށްވުރެ ގިނަ ފަތުރުވެރިން އެމަހުވެސް ވަނީ ޒިޔާރަތްކޮށްފައެވެ. ޑިސެމްބަރު މަހު ދުވާލަކު އެވްރެޖްކޮށް 5،153 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެއެވެ.

މިއަހަރުގެ ޑިސެމްބަރު މަހުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ އިންޑިޔާއިންނެވެ، ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 22.5 އިންސައްތަ ހިއްސާކުރަނީ އިންޑިޔާ ފަތުރުވެރިންނެވެ. ދެން އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ރަޝިޔާ، ޖަރމަނީ، ޔުނައިޓެޑް ކިންގްޑަމް އަދި ޔޫއެސްއޭ ފާހަގަކޮށްލެވެއެވެ. ހުސްވި އަހަރުގެ މިމުއްދަތުގެ ތެރޭގައިވެސް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިންޑިޔާއިންނެވެ.

ފަތުރުވެރިކަމުގެ ސިނާއަތް ކޮވިޑްގެ ޕެންޑަމިކާއި ބޯޑަރު ބަންދުކުރުމަށްފަހު އަލުން އިއާދަވަމުން އަންނައިރު މިއަހަރުގެ ނިޔަލަށް އެއް މިލިއަން ފަތުރުވެރިން ގެނައުމަށް ކަނޑައެޅި އަމާޒު މިއަހަރުގެ އޮކްޓޫބަރު މަހުގެތެރޭގައި ވަނީ ހާސިލްކޮށްފައެވެ. އެއަމާޒު ފަހަނައަޅައި، މިއަހަރުގެ މިހާތަނަށް 1.27 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ 2020 ވަނަ އަހަރާއި އަޅާ ބަލާއިރު 143 އިންސައްތަ އިތުރު އަދަދެއްކަމަށްވިޔަސް، މިއީ 2019 ވަނަ އަހަރު ކޮވިޑް ޕެންޑަމިކްގެ ކުރިއާއި އަޅާ ބަލާއިރު 22.8 އިންސައްތަ އަދިވެސް ދަށް އަދަދެކެވެ.

މީގެ އިތުރުން، މިމަހުގެ 18 ވަނަ ދުވަހަކީ އަނެއްކާވެސް ރިކޯޑް އަދަދަކަށް މިއަހަރު ފަތުރުވެރިން އައި ދުވަހެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ. މިމަހުގެ 18 ވަނަ ދުވަހު 6،955 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. މިއަހަރުގެ މިހާތަނަށް 1.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިވަގުތު އަމާޒަކީ އަހަރު ނިމޭއިރު 1.3 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކަށް ބަލާއިރު، ބޯޑަރު އަލުން ހުޅުވާލުމާއެކު މިފަދަ ބައެއް ގައުމުތައް ނުވަތަ މާކެޓްތަކުން ވަނީ ފުލް ރިކަވަރީއެއް ހާސިލްކޮށްފައެވެ. މިފަދަ ގައުމުތަކުގެ ތެރޭގައި ރަޝިޔާ އަދި އިންޑިޔާ ފާހަގަކޮށްލެވެއެވެ. އަދި މުޅިން އާ މާކެޓްތަކުގެ ގޮތުގައި ޔޫރަޕުންނާއި މެދު އިރުމަތި ސަރަހައްދުގެ ބައެއް ގައުމުތައް ވަނީ ފާހަގަކުރެވިފައެވެ.

ފަތުރުވެރިންގެ އެކޮމޮޑޭޝަންތަކުގެ ބައެއް ތަފްސީލްތަކަށް ބަލައިލާއިރު 167 ރިޒޯޓުގެ ތެރެއިން 161 ރިޒޯޓު އަންނަނީ އޮޕަރޭޝަނަށް ބޭނުންކުރަމުންނެވެ. 809 ހޮޓެލް އަދި ގެސްޓްހައުސްތަކުގެ ތެރެއިން 612 ތަނެއް މިވަގުތު އޮޕަރޭޝަނަށް ބޭނުންކުރަމުން އަންނައިރު 157 ސަފާރީ ވެސެލްތަކުގެ ތެރެއިން 143 އުޅަނދެއް އަންނަނީ މިވަގުތު ފަތުރުވެރިކަމުގެ އޮޕަރޭޝަންގެ ތެރެއިން ބޭނުންކުރަމުންނެވެ.

ފަތުރުވެރިކަމުގެ ސިނާއަތް އަލުން އިއާދަކުރުމަށް ޓުއަރިޒްމް މިނިސްޓްރީއިންނާއި، އެމްއެމްޕީއާރްސީ (ވިޒިޓް މޯލްޑިވްސް)އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ތަފާތު އެކި ޕްރޮގްރާމްތައް މިވަގުތުވެސް ދުނިޔޭގެ ބޮޑެތި އެކި ގައުމުތަކުގައި އަންނަނީ ކުރިއަށް ގެންދަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: