ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ އައުޓް ކެމްޕޭނަށް އަދާލަތުން ފާޑުކިޔައިފި

އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާނާއި ޑރ އިޔާޒް/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށް ގެންދަވާ “އިންޑިއާ އައުޓް” ކެމްޕޭނަކީ ސިޔާސީ މަގުސަދެއްގައި ހިންގާ ނޭއްގާނީ އަމަލެއް ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

އަދާލަތުން ނެރުނު ބަޔާނެއްގައި ބުނީ މުޅި ދުނިޔެ ގުޅިލާމެހިފައިވާ ޒަމާނެއްގައި ބައިނަލްއަގުވާމީ މަސްރަހުގައި އެކަހެރިކަމާއި ވަކިވެގަތުން އިސްކުރުމަކީ ދިވެހިންނަށް އެންމެ މަސްލަހަތު ހުރި ގޮތް ނޫން ކަމަށެވެ. އަދި ރާއްޖޭގެ އަވަށްޓެރިންނާއި ދިވެހިންގެ ކުރިއެރުމަށް އެހީތެރިވެދޭ ބައިވެރިންނާއި މެެދު އާންމު ރައްޔިތުންގެ ހިތްތަކުގައި ނަފުރަތާއި ރުޅިވެރިކަން އުފެއްދުމަށް ސިޔާސީ ބަޔަކު ކުރަމުންދާ މަސައްކަތް ކުށްވެރިކުރާ ކަމަށް އަދާލަތުން ބުނެ އެވެ.

“އަވަށްޓެރި އިންޑިއާއާ މެދު ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ ކުރައްވަމުން ގެންދަވާ ޒިންމާދާރުކަން ކުޑަ ކަންކަމާމެދު ކަންބޮޑުވަން” އެ ބަޔާނުގައި ވެ އެވެ.

ރާއްޖެ އާއި އިންޑިއާ އާއި ދެމެދު ސްޓްރެޓިޖިކް ދާއިރާތަކުން މިހާރު ކުރެވެމުންދާ މަސައްކަތްތަކަކީ ޒަމާންތަކަކަށް ދެމިގެން އަންނަ ޒަމާންވީ އެކުވެރިކަމާއި އެއްބަވައިވަންތަކަމުގެ ނަތީޖާ ކަމަށާއި އަދި ވަކިން ހާއްސަކޮށް މިހާރު ހިނގަމުންދާ ބައެއް ކަންކަމަކީ ޔާމީންގެ ވެރިކަމުގައި އެ ކަންކަމުގެ ބިންގާ އަޅާފައިވާ ކަންކަން ކަމަށް އަދާލަތުން ބުނެ އެވެ.

އެގޮތުން ޔާމީން މިހާރު ކުރައްވަމުން ގެންދަވާ ކެމްޕޭނަކީ ސިޔާސީ މަގުސަދެއްގައި ރައްޔިތުންގެ ޝުއޫރުތަކާ ކުޅުވައިގެން ހިންގާ ނޭއްގާނީ އަމަލެއް ކަމަށްވެސް އަދާލަތުން ބުނެ އެވެ. އަދި މިކަމުގެ ނަތީޖާއަކަށް ވާނީ ބައިނަލްއަގުވާމީ މަސްރަހުގައި ރާއްޖެ އެކަހެރިވެ، ގައުމާއި ރައްޔިތުންނަށް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ވުން ކަމަށް އަދާލަތުން ބުނެ އެވެ.

“އަދާލަތު ޕާޓީ ބައިވެރިވާ ސަރުކާރެއްގައި ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ލޮޅުމެއް އަތުވެދާނެ އެއްވެސް ކަމަކަށް ފުރުސަތު ނުދޭނެކަން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށް އަރުވަން” އަދާލަތުން ބުނެފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 67%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: