ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވި: މައުސޫމް

ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭއަށް ފަތުރުވެރިން ޒިޔާރަތްކުރާން ކަމަށް ލަފާކޮށް ކަނޑައަޅާފައިވާ އަދަދު ފަހަނައަޅާ، 1.3 މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އައިއްސިއެވެ.

1.3 މިލިއަން ފަތުރުވެރިންގެ ޓާގެޓެއް ކަނޑައަޅައި އެޓާގެޓާއި ހަމައަށް ވާސިލުވުމަސް ގިނަ މަސައްކަތްތަކަށް ފަހު ރާއްޖެއިން މިވަނީ މި ލަނޑުދަނޑި ހާސިލްކޮށްފައެވެ.

1.3 ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމުގެ ގޮތުން ބޭއްވި ހަފްލާގައި އިންޓެވިއު ދެމުން ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވީ، ކޮވިޑަށް ފަހު ދުނިޔޭގެ ބޯޑަރުތައް ހުޅުވާލުމުން ރާއްޖެއަށް އޭގެއިން ބޮޑެތި ފައިދާތަކެއް ކޮށްފައިވާކަމަށެވެ. އަދި އަންނަ އަހަރަކީ ޓުއަރިޒަމް އަށް 50 އަހަރު ފުރޭ އަހަރުކަމަށް ވުމާއި އެކު މިނިސްޓްރީއިން އަންނަ އަހަރަށް ލަފާކޮށް ކަނޑައަޅާނީ 2 މިލިއަން ފަތުރުވެރިންގެ ޓާގެޓެއްކަމުގައެވެ.

ހަމައެއާއިއެކު އޮމިކްރޯނު ފެތުރެމުންދާ މިދުވަސްވަރުވެސް ރާއްޖޭއަށް ފަތުރުވެރިން އަންނަ މަދު ނޫން ކަމަށް ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން އިއްޔެއަކީ ރާއްޖެއަށް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން އައި ދުވަސްކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

މިއަހަރުގެ ޖުލައިމަހުން ފެށިގެން ކޮންމެ މަހަކުވެސް އެއްލައްކައަށްވުރެ ގިނަ ފަތުރުވެރިން އަންނަނީ ކޮންމެ މަހަކުވެސް އަންނަނީ ޒިޔާރަތްކުރަމުންނެވެ. އަދި އޭގެ ކުރިން މާޗް މަހުގެ ތެރޭގައިވެސް އެއްލައްކައަށްވުރެ ގިނަ ފަތުރުވެރިން އެމަހުވެސް ވަނީ ޒިޔާރަތްކޮށްފައެވެ. ޑިސެމްބަރު މަހު ދުވާލަކު އެވްރެޖްކޮށް 5،153 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެއެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކަށް ބަލާއިރު، ބޯޑަރު އަލުން ހުޅުވާލުމާއެކު މިފަދަ ބައެއް ގައުމުތައް ނުވަތަ މާކެޓްތަކުން ވަނީ ފުލް ރިކަވަރީއެއް ހާސިލްކޮށްފައެވެ. މިފަދަ ގައުމުތަކުގެ ތެރޭގައި ރަޝިޔާ އަދި އިންޑިޔާ ފާހަގަކޮށްލެވެއެވެ. އަދި މުޅިން އާ މާކެޓްތަކުގެ ގޮތުގައި ޔޫރަޕުންނާއި މެދު އިރުމަތި ސަރަހައްދުގެ ބައެއް ގައުމުތައް ވަނީ ފާހަގަކުރެވިފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: