ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމިއްލައަށް ޕްލޭން ހަދައިގެން އެމްޓީސީސީން މަސައްކަތެއް ނުކުރޭ: އާޒިމް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމް - ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަށް އަމިއްލައަށް ޕްލޭންތައް ހަދައިގެން މަސައްކަތް ކުރުމުގެ އިހްތިޔާރު ލިބިގެން ނުވާ ކަމަށް އެ ކުންފުނީގެ (ސީއީއޯ) އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މަޑަވެލި – ހޯއްޑެއްދޫ ކޯޒްވޭއެއް އެޅުމުގެ މަޝްރޫއުގެ ކޮންޓްރެކްޓާ އެމްޓީސީސީން ހަވާލުވެފައިވަނީ އެ މަސައްކަތް ދިގު ދަންމާލެވޭ ގޮތަށް ވަގަށް އިތުރު ކުރެހުމެއް ކުރަހައިގެން ކަމަށް ދެކެވެމުން އަންނަ ވާހަކަތައް ދޮގުކުރައްވަމުން އާޒިމް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޮންޓްރެކްޓަރ ގެ ހައިސިއްޔަތުން އެމްޓީސީސީއަށް އޮންނަނީ ކްލައިންޓް ބުނާ ގޮތަށް މަސައްކަތް ކުރުން ކަމަށެވެ.

އާޒިމް ވިދާޅުވީ، އެމްޓީސީސީން މަސައްކަތް ކުރަމުން އަންނަ ޕްރޮޖެކްޓްތަކުގައި އެއްވެސް ޕްލޭނެއް ހެދުމުގެ އެއްވެސް ހުއްދައެއް އެ ކުންފުންޏަށް ލިބިފައިނުވާ ކަމަށެވެ. އަދި އޭނާ ވަނީ މަޑަވެލި – ހޯޑެއްދޫ ކޯޒްވޭއާ ގުޅޭ ގޮތުން އެމްޓީސީސީން ކުރެހުމެއް ތައްޔާރު ކުރި ކަމަށް ކުރާ ތުހުމަތު ދޮގުކޮށްފައެވެ.

“މައުލޫމާތަށްޓަކާ ދަންނަވާލަން. އެމްޓީސީސީއަކަށް ނޯންނާނެ އެއްވެސް ޕްލޭންއެއް އަމިއްލައަށް ހަދައިގެން މަސައްކަތް ކުރުމުގެ ހުއްދައެއް. ކްލައިންޓް ބުނާ ގޮތަކަށް މަސައްކަތް ކުރަން ކޮންޓްރެކްޓަރ އަށް ޖެހެނީ. ވަރަށް ގިނައިން ސަލާމް” އާޒިމް ކުރެއްވި ޕޯސްޓުގައި އޭނާ ވިދާޅުވިއެވެ.

މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ އަލުން ރީ ޑިޒައިންކޮށް ހެދުމަށް ޕްލޭނިންގ މިނިސްޓްރީން މަސައްކަތް ކުރަމުން އަންނައިރު، އެ މިނިސްޓްރީން ބުނީ، މިހާރު ކޮންސަލްޓަންޓަކު ލައްވާ ކޮންސެޕްޓް ޑިޒައިނިންގ ހަދައި، މަސައްކަތް އޮތީ ފިނޭންސް މިނިސްޓްރީގެ އެވޯޑިންގ ސްޓޭޖުގައި ކަމަށެވެ.

ދައުލަތުގެ ބަޖެޓުން 29 މިލިއަން ރުފިޔާ ހަރަދު ކޮށްގެން، 2016 ގައި ހަދަން ފެށި މި ކޯޒްވޭގެ ދިގުމިނުގައި 440 މީޓަރު އަދި ފުޅާމިނުގައި ހަތް މީޓަރު ހުރެ އެވެ. މަޑަވެއްޔާއި ހޯޑެއްދޫ ގުޅައިލާފައި ވަނީ، އެ ދެމެދުގައި އޮންނަ ހާދޫ ކިޔާ ފަޅުރަށެއް ހިމަނައިގެން، އެ ރަށާ އެކު އެވެ.

މި ކޯޒްވޭގެ ސަބަބުން އެ ދެ ރަށަށް ލިބުނު ތިމާވެށީގެ ގެއްލުންތަކާ އެކު މަޖިލީހުން ފާސްކުރި ރިޕޯޓްގައި ބުނެފައިވާ ގޮތުން، ކޯޒްވޭ އަށް ފަހުން ކުރަން ޖެހުނު ހަރަދުތަކާ އެކު، އެ ޕްރޮޖެކްޓްގެ އަގު 31 މިލިޔަން ރުފިޔާ އަށް ވުރެ މައްޗެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: