ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ފަތުރުވެރިކަމަކީ ނަމޫނާ ފަތުރުވެރިކަމެއް: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ފަތުރުވެރިކަމަކީ ނަމޫނާ ފަތުރުވެރިކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މާފުށީ ޕިކްނިކް އައިލަންޑް އެރަށު ކައުންސިލާއި ރަސްމީކޮށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ރާއްޖޭގެ ފަތުރުވެރިކަން އެންމެ ފުރަތަމަ ފެށިގެން އައީ ރިޒޯޓުތަކުގައި ވަން އައިލަންޑް ވަން ޓުއަރިޒްމްގެ ގޮތުގައިކަން ފާހަގަކުރައްވާފައެވެ. އޭގެ ފަހުން ގެސްޓްހައުސް ޓުއަރިޒްމް ތައާރަފްވެ ލޯކަލް ޓުއަރިޒްމް ރާއްޖޭގައި ފުޅާވެގެންދިޔަކަން ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަކީ ނަމޫނާ ފަތުރުވެރިކަމެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރާއްޖޭގެ ގެސްޓްހައުސްޓް ފަތުރުވެރިކަމަކީ ނަމޫނާ ފަތުރުވެރިކަމެއް ކަމަށެވެ. ރާއްޖޭގެ ގެސްޓް ހައުސްތަކަކީ އެހެން ގައުމުތަކުގައި ހުންނަ ފަދަ ގެސްޓްހައުސްތަކެއް ނޫން ކަމަށާއި ރާއްޖޭގައި ހުންނަނީ އެއަށްވުރެ މާ ފުރިހަމަ ގެސްޓްހައުސްތަކެއްކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ލޯކަލް ޓުއަރިޒްމް މިއަދު މުޅި ދުނިޔޭގައިވެސް ބަލައިގެންފައިވާކަމަށް ރައިށް ވިދާޅުވިއެވެ.

މާފުށީގައި މިއަދު ލޯކަލް ޓުއަރިޒްމް ކުރިއަރާފައިވާ މިންވަރުން ހާމަވެގެންދަނީ މާފުށި ރައްޔިތުންގެ ދުރުވިސްނުމާއި މިކަމަށްހުރި ޝައުގުކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން މިރަށުގެ އިގްތިސާދަށާއި މުޅި ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދިޔަކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިވަގުތުވެސް މާފުށީގައި 1600އަށްވުރެ ގިނަ ފަތުރުވެރިން ތިބިކަން ރައީސް ފާހަގަކުރެއްވިއެވެ.

މާފުށީގެ ފަތުރުވެރިކަން ޓުއރިޒްމް އިތުރަށް ފުޅާކުރުމަށް އަދިވެސް އިތުރަށް ބޭނުންވާ ކަންކަން އެބަހުރިކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، ސިއްހީ ނިޒާމް ރަނގަޅުވާން ޖެހޭކަމަށާއި ކުނި މެނޭޖް ކުރެވި ރަށުގެ ބަނދަރުވެސް މިއަށްވުރެ ފުރިހަމަވާންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. މާފުށްޓަކީ ފުރާ ދުއްވާ އުޅަނދު ގިނަ ރަށެއް ކަމަށާއި އަންނަ އަހަރުގެ ބަޖެޓުގައި ބަނދަރު ބޮޑުކުރުމަށް ހިމަނާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަންނަ އަހަރު އެންމެ ފުރަތަމަ ފަށާ މަޝްރޫއުތަކުގެ ތެރޭގައި މިމަޝްރޫއު ހިމެނިގެންދާނެކަމަށް ގަބޫލުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

މިހާރުވެސް މާފުށީގެ ސިއްހީ މަރުކަޒު އިތުރަށް ތަރައްގީކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. ފާއިތުވި ދެއަހަރުވެސް ޑެންޓަލް އަދި އެކްސްރޭ ނެގުމުގެ ހިދުމަތްތައް ފަދަ އާ ހިދުމަތްތަކެއް މާފުށި ސިއްހީ މަރުކަޒުގައި ދޭން ފެށިކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު އަންނަ އަހަރުވެސް ސިއްހީ މަރުކަޒުން ތަފާތު އާ ހިދުމަތްތައް ލިބޭނެ ތަނަކަށް ހެދުމަށް މަސައްކަތް ކުރައްވާ ކަމަށާއި އެގޮތުން އީއާރް އަދި ޕްރައިވެޓް ރޫމްގެ ހިދުމަތް އަންނަ އަހަރު ދޭން ފެށޭނެކަމުގެ އުންމީދު އެބައޮތްކަމަށް ރައީސް ވިދާޅުވިއެވެ.

މާފުށި ޕިކްނިކް އައިލަންޑްގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށްގެންދިޔައީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިންނެވެ. މާފުށީ ޕިކްނިކް އައިލެންޑްގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާކަން ކުންފުނިން ހާމަކުރީ މިމަހުގެ ތެރޭގައެވެ.

މި މަޝްރޫއުގެ ދަށުން، 2 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. އަދި މިސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތްވެސް މަޝްރޫއުގެ ދަށުން ކުރިއަށްގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: