ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ ރަށްވެހިންނަށް 4000 ގޯތި ދޫކުރާނެކަން ރައީސް އިއުލާންކުރައްވައިފި

މިއަދުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ރަށްވެހިންނަށް 4000 ގޯތި ދޫކުރާނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއުލާންކުރައްވައިފިއެވެ.

16 ރަށެއްގެ ފެނާއި 23 ރަށުގެ ނަރުދަމާ ނިޒާމް ގާއިމްކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ރާއްޖޭގެ ރައްޔިތުންނަށް އަދިވެސް ދިމާވެފައިވާ ބޮޑެތި މައްސަލަތައް އެބަހުރިކަން ފާހަގަކުރައްވާފައެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް މައްސަލައަކީ މާލެ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަން ނުވަތަ ގެދޮރުގެ މައްސަލަތައް ކަމަށާއި މިވެރިކަމުގެ ތެރޭގައި އެކަންވެސް ހައްލުވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިވަގުތު އެންމެ ޚާއްސަ އިސްކަމެއް ދީގެން ކުރަމުންދާ މުހިންމު އެއް މަސައްކަތަކީ މާލެ ރައްޔިތުންގެ ބޯހިޔާވަހިކަން ހައްލުކުރުމަށް ކުރަމުންދާ މަސައްކަތް ކަމަށެވެ. ރައީސް ވަނީ މިސަރުކާރުން މާލެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހައްލު ހޯދައިދޭނެކަމަށް ވައުދު ވެވަޑައިގެންފައެވެ. އެގޮތުން ހުޅުމާލޭގައި މިވަގުތުވެސް 5000 ފްލެޓްގެ މަސައްކަތް ކުރަމުންދާ ކަމަށާއި މާލެ ރައްޔިތުންނަށް ގޯތި ދިނުމުގެ މަޝްރޫއެއް ކުރިއަށް ގެންދިޔުމަށް ރާވާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރަނާނީ ގުޅިފަޅުން އެކަނި ނޫން ކަމަށާއި ހުޅުމާލެ އާއި އަދި އެހެން ފަޅުތަކުންވެސް ގޯތި ދޫކުރާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި 4000 ގޯތި މިވެރިކަމުގެ ތެރޭގައި މާލޭގެ ރަށްވެހިންނަށް ދޫކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އާންމު ރައްޔިތުން މިވާހަކަ ދައްކަނީ ހަގީގަތުގައިވެސް މިއީ ބޮޑު ކަމެއްގެ ގޮތުގައި ދެކިގެން ކަމަށާއި ރައްޔިތުން މިވާހަކަ ދައްކަނީ ހަގީގަތުގައިވެސް ގެދޮރު ބޭނުންވެގެންކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ސިޔާސީ ޕާޓީތަކުންނާއި ސިޔާސީ ބޭފުޅުން މިވާހަކަތައް ދައްކަނީ ސިޔާސީ މަންފާއެއް ހާސިލްކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

“އެބޭފުޅުން މިވާހަކަތައް ދައްކަނީ ކަނޑައެޅިގެން ކަން އެނގިހުރެ.” ރައީސް

ރައީސްގެ ވާހަކަފުޅުގައި މިކަންކަމަށް އިޝާރާތްކުރައްވާފައިވާއިރު ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކުމަށް ނިންމާފައިވާތީ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށާއި އެޗްޑީސީއަށް އަންނަނީ އަމާޒުވަމުންނެވެ. އެގޮތުން ބިން ދޫކުރުމުގެ ބަދަލުގައި ނުވަތަ ބިން ދޫކުރުމުގެ ކުރިއަށް ބިން ވިއްކުމަށް އެޗްޑީސީއިން ނިންމި ނިންމުމަކީ ބަލައިގަނެވޭނެ ނިންމުމެއް ނޫންކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: