ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓީޖެޓީ ހަވާލު ކުރާނީ މުވައްސަސާއަކުން އެންގުމުން: ޝާހިދު

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އޮންނަ އުސޫލުގެ ތެރެއިން މުވައްސަސާއަކުން އަންގައިގެން، މާލޭ ސިޓީ ކައުންސިލާއި ޓީޖެޓި ހަވާލު ކުރުމުގައި އެއްވެސް މައްސަލައެއް ނެތްކަމަށް އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީ ކައުންސިލުން ވަނީ ޓީޖެޓީ ކައުންސިލާ ހަވާލު ކުރުމަށް އެމްޕީއެލްއަށް ދީފައިވާ ދީފައިވާ މުއްދަތު ހަމަވެފައިވާކަމަށް ބުނެ، މިދިޔަ ހަފްތާގެ ތެރޭގައި ޓީޖެޓި ސަރަހައްދަށް ގޮސްފަ އެވެ. ޓީޖެޓީން އެމްޕީއެލްގެ އެއްވެސް އިސްވެރިއަކާއި ބައްދަލު ނުވުމުން މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ ދެން މައްސަލަ ކުރިޔަށް ގެންދާނީ ކޯޓު މަރުހަލާގެ ތެރެއިން ކަމަށެވެ. އަދި މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަންގުޓީވީ އާއި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، ޓީޖެޓީ އެމްޕީއެލް އާއި ހަވާލު ކުރީ 2015 ގެ ތެރޭގައި އޭރުގެ ހައުސިން މިނިސްޓްރީ އާއި އެކު ހެދުނު އެއްބަސްވުންތަކެއްގެ ދަށުން ކަމަށެވެ. އެ އެއްބަސްވުން ހަދާފައި ވަނީ ޓީޖެޓީ އަކީ ރާއްޖޭގެ ގިނަ ރައްޔިތުންތަކެއް އެކި ބޭނުމަށް ތަން ބޭނުން ކުރާތީ އަވަސް ހިދުމަތްތަކެއް ފޯރުކޮށްދީ ހިންގުންތެރިކަމާއި އެކު ކުރިޔަށް ގެންދިއުމަށް ކަމަށެވެ.

“ޓީޖެޓީ އެމްޕީއެލް އާއި ހަވާލު ކުރެވިފައި ވަނީ 2015 ވަނަ އަހަރު އޭރުގެ ހައުސިން މިނިސްޓްރީން ހެދި އެއްބަސްވުމެއްގެ ދަށުން.. އެ އެއްބަސްވުމުގައި އޮންނަނީ ޓީޖެޓީ އަކީ ރާއްޖޭގެ ވަރަށް ގިނަ ކަންކޮޅުތަކުން ވަރަށް ގިނަ ފަރާތްތަކުން ބޭނުން ކުރާ ބަނދަރަކަށް ވާތީ އެ ބަންދަރު އެފިޝިއަންޓުކޮށް އެންމެ ރަނގަޅުކޮށް ހިދުމަތް ދޭން އެމްޕީއެލް އާއި ހަވާލުކޮށްފައި މިވަނީ… އެމްޕީއެލް ފަދަ މުވައްސަސާއަކާއި ހަވާލު ކުރުމުން ފަސޭހަވާނެތީ” ޝާހިދު

އެމްޕީއެލް އާއި ޓީޖެޓީ ހަވާލު ކުރީ އެންމެ ރަނގަޅު ގޮތުގައި ހިދުމަތް ފޯރުކޮށްދިނުމަށް ހަވާލުކޮށްފައިވާތަނެއްކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ، ޓިޖެޓީ އަކީ ރާއްޖޭގެ އެކި ރިސޯޓުތަކުން މުދާތައް ބަލައި އަންނަ، އަދި ސަޕްލައި ދޯނިތައް ވެސް ކައިރި ކުރާ ތަން ކަމަށެވެ. އަދި ތިލަފުށި ފަދަ ރަށްތަކުން މުދާ ޓްރާންސްފާ ކުރުމަށް ވެސް ޓީޖެޓީ ބޭނުން ކުރާކަމަށެވެ.

އެހެން ކަމުން އުސޫލާއި އެއްގޮތަށް އެތަނާއި ކައިރި ކުރާ ދޯނިތަކަށް ވަކި ފީއެއް ވެސް ނަގާކަމަށް ޝާހިދު ވިދާޅުވި އެވެ. ފުރަތަމަ ބައި ގަޑިއިރު ހިލޭވީ ނަމަވެސް، ދޯނީގެ ސައިޒަށް ބަލައި ޗާޖިން ފީއެއް ނަގާ ކަމަށެވެ.

ޝާހިދު ވިދާޅުވީ ތަނުގައި އާއްމުކޮށް މަސައްކަތް ކުރާ އެމްޑަބްލިއުއެސްސީ، ކޮކާ ކޯލާ ކުންފުނިތަކާއި އެކުކޮށްފައިވާ މަޝްވަރާތަކާއި އެކު އެކުންފުނިތަކުން ބަލްކުކޮށް ސަޕްލައި ކުރާ މުދާތައް ބެހެއްޓުމުގެ ބައެއް އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށެވެ.

އެމްޕީއެލްގެ 70 މުވައްޒަފުން ތިން ޝިފްޓަކަށް ބަހާލައިގެން ތަނުގައި މަސައްކަތް ކުރަމުންދާކަން ފާހަގަކޮށް ޝާހިދު ވިދާޅުވީ އެއީ 24 ގަޑިއިރުގެ މަސައްކަތެއް ކަމަށެވެ. އެގޮތަށް މަސައްކައްތައް ކުރިޔަށް ދަނިކޮށް ސިޓީ ކައުންސިލުން އެދިގެން ބައްދަލުވުމަކަށް ދިއުމުން ޓީޖެޓީ އެއީ ސިޓީ ކައުންސިލުގެ އިހުތިސާސްގައި ހިމެނޭތަނެއްކަމަށް ބުނެ ތަން ހަވާލު ކުރުމަށް އެނގި ކަމަށެވެ.

ސިޓީ ކައުންސިލުން ބައްދަލުވުމުގައި ދެއްކެވި ވާހަކަތައް، ސިޓީއަކުން ހުށަހެޅުމަށް އެންގުމުން އެގޮތުން ފޮނިވި ސިޓީއަށް ޖަވާބެއްގެ ގޮތުގައި މިއީ އެމްޕީއެލް އާއި ހައުސިން މިނިސްޓްރީން ހަވާލުކޮށްފައިވާ ތަނަކަށް ވާތީ އެތަނަށް ހުށަހެޅުމަށް ޖަވާބު ފޮނުވިކަމަށް ޝާހިދު ވިދާޅުވި އެވެ.

“ދެން އެ ރިކުއެސްޓު އައިމަ އަޅުގަނޑުމެންގެ ޖަވާބަކީ އަޅުގަނޑުމެންނާއި ތަން ހަވާލު ކުރެވިފައި މިއޮތީ ސަރުކާރުގެ މުވައްސަސާއަކުން، ސަރުކާރުން ވުޒާރާއަކުންނޭ… އެހެންވީމަ އެތަނާއި ކޯޑިނޭޓު ކުރައްވާށޭ މިތަން ނަގަން ބޭނުންވަންޏާ… ދެން އެ ސިޓީގެ ޖަވާބުގައި މި ދަންނަވަނީ އެބޭފުޅުން ސަރުކާރުގެ އެހެން މުވައްސަސާއަކާއި ނޫނީ ޕްލޭނިން އަކާއި ކޯޑިނޭޓު ކުރާކަށް ނުޖެހޭނެއޭ، ތަން ހަވާލުކޮށްދެއްވާށޭ… ދެން އަޅުގަނޑުމެން އަނެއްކާވެސް ދިނީ އެ ޖަވާބު” ޝާހިދު

ސިޓީ ކައުންސިލާއި އެކު އިތުރު ބައްދަލުވުމެއް ބޭއްވުމުން ވެސް، ކައުންސިލުން ވާހަކަ ތަކުރާރު ކުރެއްވިކަމަށް ޝާހިދު ވިދާޅުވި އެވެ. އެހެންވެ އޭގައި އަމަލު ކުރަންވީ ގޮތާއި މެދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނާއި، ޕްލޭނިން މިނިސްޓްރީން ލަފާ ހޯދުމުން އެމްޕީއެލްއިން ޓީޖެޓީ ހިންގަމުން ދާ ދިއުން ބަދަލު ކުރަންޖެހޭ އެއްވެސް ހާލަތެއް ނެތްކަން އެންގިކަމަށް ޝާހިދު ވިދާޅުވި އެވެ. އެހެންކަމުން އެމްޕީއެލްއަށް އައި ޖަވާބު އެބޭފުޅުންނަށް އެންގުމުން ސިޓީ ކައުންސިލުން ނޯޓިސްއެއް ފޮނުވައި ކުއްލި ގޮތަކަށް ޓީޖެޓީއަށް ތަނާއި ހަވާލުވާންކަމަށް ބުނެ ދިޔައީކަމަށް ޝާހިދު ވިދާޅުވި އެވެ.

ތަން އެމްޕީއެލް އާއި ހަވާލު ކުރީ މުވައްސަސާއަކުންކަމަށްވާތީ، ހަމަ އެފަދައިން ތަން ހިންގާނެ ބައެއް ބަދަލުކުރަން ސަރުކާރުން ނިންމިޔަސް އޭގައި މައްސަލައެއް ނެތްކަން ޝާހިދު ފާހަގަ ކުރެއްވި އެވެ.

ޝާހިދު ވިދާޅުވީ މުދާ ހިފައިގެންނާއި މުދާ ބަލައި ދޯނިތައް އަންނީ ނޯތު ހާބަރާއި ޓީޖެޓީއަށް ކަމަށެވެ. އެއީ ރާއްޖޭގެ ރަށްތަކަށް ގެންދާ ކާޑުގެ ބާވަތްތަކާއި ގޭހުގެ ބާވަތްތައްކަމަށްވާއިރު، އެއީ މުހިންމު ތަނެއް ނޫންކަން އެއްވެސް ބައްދަލުވުމެއްގައި ބުނެފައި ނުވާނެކަމަށް ޝާހިދު ވިދާޅުވި އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: