ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

99 އިންސައްތަ އިންޖީނުގެތައް އާއްމުން ދިރިއުޅޭ ސަރަހައްދާ ދުރަށް!

ފެނަކައިގެ އެމްޑީ އަހުމަދު ސައީދު/ ފޮޓޯ: ފެނަކަ
ޝެއާރކޮށްލާ ކަހަލަދޯ؟

ރަށްރަށުގެ އިންޖީނުގެތައް އާއްމުން ދިރިއުޅޭ ސަރަހައްދުތަކާ ދުރަށް ގެންދިއުމުގެ މަސައްކަތުގެ 99 އިންސައްތަ ނިމިފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ފެނަކައިން މިގޮތަށް ހާމަކޮށްފައި ވަނީ، މ. ރަތްމަންދޫ އިންޖީނުގޭގެ މަަސަކައްތް ފެށުމަށް ބިންގާ އަޅާފައިވާކަން އިއުލާނު ކުރަމުންނެވެ. އެ ރަށުގެ ވެސް އިންޖީނުގެ އަޅާނީ އާއްމުން ދިރިއުޅޭ ސަރަހައްދާއި ވަކީންކަން ފެނަކައިން ވަނީ މައުލޫމާތު ދީފަ އެވެ.

އާއްމުން ދިރިއުޅޭ ސަރަހައްދުތަކުގައި އިންޖީނުގެތައް ހުރުމުގެ ސަބަބުން ދިމާވާ ދަތިތައް ހައްލު ކުރުމަށް، ފެނަކައިން ދަނީ މަސައްކަތް ކުރަމުންނެވެ. ބައެއް ރަށްތަކުގައި އާއްމުން ދިރިއުޅޭ ގެތަކާއި އިންޖީނުގެތައް ހުރުމުގެ ސަބަބުން މައްސަލައްތައް ދިމާވާތީ، ޒަމާނާއި އެއްގޮތަށް ފަހުން އެޅި އިންޖީނުގެތައް ތަަރައްގީ ކުރީ ރަށުގެ ދުރު ހިސާބުތަކުގަ އެވެ.

ފެނަކަ އަކީ ރާއްޖޭގެ 150 ރަށެއްގައި ފެނާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ. އެގޮތުން ފެނަކައިން މިހާރު ވަނީ އިންޖީނުގެތައް އާއްމުން ދިރިއުޅޭ ސަރަހައްދާއި ދުރުގައި ގާއިމު ކުރުމަށް ވެފައިވާ ވައުދުގެ ފުއްދުމުގައި އިސްރޯލެއް އަދާކޮށް 99 އިންސައްތަ މަސައްކަތް ނިންމާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: