ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުންމީދަކީ ޑިޒިޓަލައިޒް ސިޓީއަށް މާލެ ބަދަލު ކުރުން: މުއިއްޒު

މާލެ ސިޓީގެ މެޔާރ ޑރ. މުއިއްޒު / އަދަދަު
ޝެއާރކޮށްލާ ކަހަލަދޯ؟

ހިލޭ ވައިފައި ނިޒާމުގެ މައިގަނޑު މަސްދަކީ ޒަމާނީ ޑިޖިޓލައިޒް ސިޓީއަކަށް މާލެ ސިޓީ ބަދަލު ކުރުން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިފަދައިން ވިދާޅުވެފައި ވަނީ މި ފެށުނު މީލާދީ އާ އަހަރުގެ މުނާސަބަތުގައި މާލެ ރައްޔިތުންނަށް  ދެއްވި ވީޑިއޯ މެސެޖްގައި ވާހަކަފުޅުދައްކަވަމުން ނެވެ. މި ވީޑިއޯ މެސެޖުގައި މުއިއްޒު ވިދާޅުވެފައިވަނީ 2022 ވަނަ އަހަރު ސިޓީ ކައުންސިލްގެ އެންމެ ބޮޑު އަމާޒަކަށް ވާނީ ހިލޭ ވައިފައި ނިޒާމުގެ މައިގަނޑު މަގްސަދު ކަމުގައިވާ ޑިޖިޓަލައިޒް ސިޓީއަކަށް މާލެ  ބަދަލު ކުރުމަށް ކަމަށެވެ.

އެގޮތުން މިއަހަރު ތެރޭގައި މާލޭގެ އާންމު ސަރަހައްދު ތަކުގައި ހިލޭ ވައިފައި ބޭނުން ކުރެވޭނެ ނިޒާމް ގާއިމްކުރުމަށް ފެށިފައިވާ މަސައްކަތް އަހަރު ތެރޭގައި ނިންމާލެވޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. އަދި ޑިޒިޓަލައިޒޭޝަންގެ ކުރިއެރުންތަކާއި އެކު މާލެ ސިޓީގެ ސެކުއިރިޓީ ވެސް ވަރުގަދަ ކުރެވޭނެ ކަމަށް މުއިއްޒު ފާހަގަ ކުރައްވާފައިވެއެވެ.

މިގޮތުން ރޯދަ މަސް އަންނަންވާއިރަށް މާލޭގެ ހުރިހާ މިސްކިތެއްގައި ވެސް ސީސީޓީވީ ހަރުކޮށް އެ ނިޒާމުގެ ތެރެއިން އެ ތަންތަނުގެ ރައްކާތެރި ކަން ބެލެހެއްޓޭނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. އަދި މާލެ ސިޓީގެ އެހެން ސަރަހައްދުތައް ވެސް ސީސީޓީވީގެ ނިޒާމުގެ އިތުރު ފިޔަވައްސަކަށް ގެންދެވޭނެކަން ފާހަގަ ކުރެއްވި އެވެ.

އެހެންކަމުން، މާލެ ސިޓީގެ ޚިދުމަތްތައް ވެސް ޑިޖިޓަލައިޒްކޮށް ރައްޔިތުންނަށް ލުއި ގޮތަކަށް ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ވިދާޅުވިއެވެ. އަދި އާ އަހަރުގެ މުނާސަބަތާއި ގުޅިގެން މާލެ ސިޓީގެ މޭޔަރުގެ މަގާމާއި ހަވާލުވެވަޑައިގަތް ދުވަހުން ފެށިގެން ވެސް މުއިއްޒު ތަކުރާރުކޮށް ސަރުކާރަށް ގޮވާލައްވަމުން ގެންދެވި ކަންކަން މިއަދު ވެސް ތަކުރާރު ކުރެއްވެއެވެ.

އެގޮތުން، ގުޅީފަޅާއި ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ސަރުކާރުން ގެންގުޅޭ ޕްލޭން ބަދަލު ކުރުމަށް ގޮވާލެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: