ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގައި 1 ލައްކަ ގަސް އިންދުމުގެ ޕްރޮގަރާމެއް ފަށާއިފި

މާލޭގައި މިއަދު ފަށައިފައިވާ 1 ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމުގެ ތެރެއިން / މާލެ ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސިޓީ ކައުންސިލުން މާލޭގައި 1 ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

މިއަދު ފެށި މި ޕްރޮގްރާމަކީ މާލެ ފެހި ކުރުމުގެ ގޮތުން މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ފެށި ޕްރޮގްރާމެއް ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ. އަދި ސިޓީ ކައުންސިލުން ބުނީ 1 ލައްކަ ގަސްއިންދުމުގެ ޕްރޮގްރާމް މިއަދު ފައްޓަވައިދެއްވީ މާލެ ސިޓީ ކައުންސިލަށް އެންމެ ގިނަދުވަހު ހިދުމަތްކޮށްދެއްވާފައިވާ މާލެ ސިޓީކައުންސިލްގެ ސީނިއަރ އެކައުންޓްސް އޮފިސަރ އަބްދުﷲ ރަމީޒް ކަމަށެވެ.

އެހެންކަމުން، 1 ލައްކަ ގަސްއިންދުމުގެ ޕްރޮގްރާމަކީ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ ޕްރޮގްރާމެށް ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

މީގެއިތުރުން، ސިޓީ ކައުންސިލުން ބުނީ އެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ 1 ލައްކަ ގަސް ރާއްޖެއިން ފަސޭހައިން ލިބެންނެތުން ކަމަށެވެ. އަދި މީގެ ކުރިން ރާއްޖޭގެ ދެކުނު ރަށަކުންވެސް ގަސް ހޯދުމަށް ސިޓީ ކައުންސިލުން މަޝްވަރާކޮށްފައިވެއެވެ.

ރާއްޖެއިން ގަސް ލިބުމުގައި ދަތިތަކެއް އުޅޭތީ ކައުންސިލުން ނިންމާފައިވަނީ ރާއްޖެއިން ބޭރުން ގަސް ގެނެސްގެން ނަމަވެސް އެ ޕްރޮގްރާމާއިގެން ކުރިޔަށް ދިޔުމަށްކަމަށް ކައުންސިލުން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: