ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާރަށް މައްސަލައިގެ އަޑުއެހުންތައް ފަށައި، ލިޔުންތައް ދިރާސާ ކުރަން 10 ދުވަސް!

ރައީސް ޔާމީން މިނިވަންވެ ގެއަށް ވަޑައިގެންނެވުމާއި ހަމައަށް ދައުލަތުން ރައްކާތެރިކަން ފޯރުކޯށްދީފައެއްނުވޭ / ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ވ. އާރަށް ވިއްކައިގެން ދައުލަތަށް ލިބެންޖެހޭ ފައިސާއިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލައްގައްޔޫމް މަންފާ ނެންގެވިކަމަށް ބުނާ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ފަށައިފި އެވެ.

ވ.އަތޮޅު ތިނަދޫ ކައިރީ އޮންނަ އާރަށަކީ ޕިކުނިކު ދިއުމަށް ބޭނުން ކުރަމުން އައި ފަޅު ރަށެކެވެ. މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް މާނީ ލޯންޑްރިން އާއި ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އުފުލައި ކޯޓަށް ހުށަހެޅީ މިދިޔަ ނޮވެމްބަރު މަހު އެވެ.

ރައީސް ޔާމީންގެ މައްޗަށް މި ދައުވާ އުފުލީ ރިސޯޓެއް ގޮތަށް ތަރައްގީ ކުރުމަށްޓަކައި އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރިކަމަށް އެމްއެމްޕީއާރްސީގެ ތަހުގީގުގެ ތެރެއިން ހާމަވާތީ އެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ އިސް ގާޒީ އަހުމަދު ޝަކީލެވެ. މައްސަލައިގައި މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމަށް ރައީސް ޔާމީން ވަޑައިގަނެނެވީ، ފަސް ވަކީލުން ހިމެނޭ އެމަނިކުފާނުގެ ގާނޫނީ ޓީމާއި އެކު އެވެ. ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނަވާނީ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.

ދައުވާގައި ހިމެނޭ ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނައީމް އެދުނީ ވަކީލަކު ހަމަޖެއްސުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ނަމަވެސް، ގާޒީ ދެއްވީ 10 ދުވަހެވެ. އެއަށްފަހު އިބްތިދާއީ އަޑުއެހުންތައް ކުރިޔަށް ގެންދާނެ ގޮތުގެ ތާވަލެއް ވިދާޅުވެދެއްވި އެވެ.

މައްސަލައިގެ އިތުރު އަޑުއެހުމެއް ދެން އޮންނާނީ ޖެނުއަރީ 13 ގައެވެ. ދައުވާތައް އިއްވުމަށް ބާއްވާ އެ އަޑުއެހުމަށް ފަހު ޖަވާބުދާރީވުމުގެ ފުރުސަތު ޖެނުއަރީ 27 ގައި ބާއްވާ އަޑުއެހުމެއްގައި އޮންނާނެ އެވެ.

މި މައްސަލައިގައި ރައީސް ޔާމީންގެ ގާނޫނީ ވަކީލު ޑރ. ޖަމީލް ވިދާޅުވީ ލިޔުންތައް ލިބިފައި ވަނީ އަޑުއެހުން ފެށުމަށް ކުޑަތަންވެފައި ވަނިކޮށްކަމަށާއި، އެ ދިރާސާ ކުރުމަށް ވަގުތު ނުލިބޭ ކަމަށެވެ.

އާރަށުގެ މައްސަލައިގައި ރައީސް ޔާމީނަށް ކުރަނީ، ރަށް ވިއްކާލައިގެން ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި ކަމުގެ ތުހުމަތެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ދަށު ކޯޓުން އިއްވި ހުކުމް ސުޕްރީމް ކޯޓުން ބާތިލު ކުރުމުން، ރައީސް ޔާމީން މިވަގުތު ހުންނެވީ މިނިވަނެއްގެ ގޮތުގަ އެވެ. ނަމަވެސް ހިޔާނާތުގެ މައްސަލައާއި ރައީސް ޔާމީނާއި ގުޅުވައި ތަހުގީގުތަކެއް ކުރިޔަށްދާއިރު މީގެ ތެރެއިން ރ. ފުއްގިރީ އަކީ ކޯޓުގައި ކުރިޔަށް ދާ އެއް މައްސަލަ އެވެ.

ހިޔާނާތުގެ މަންފާ ހޯދިކަމަށް ބުނާ ރަށްތަކުގެ ތެރޭގައި ހިމެނޭ ރ. ފުއްގިރީގެ މައްސަލައަކީ ރަށް ކުއްޔަށް ދޫކުރުމުގައި ހިމެނޭ މުއާމަލާތާއި ގުޅޭ މައްސަލައެކެވެ. އަދި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ ނުފޫޒު ބޭނުންކޮށްގެން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަގުތެ ގޮތުގައި (އެއް މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށެވެ.

ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލާފައިވާ ދައުވާގައި މީގެ ކުރިން ބޭއްވި އަޑު އެހުމެއްގައި ރައީސް ޔާމީންގެ މިލްކިއްޔާތުގައި ހުރި، އެމަނިކުފާނުގެ އާމްދަނީއާ ނުބައްދަލު މުދަލާއި ފައިސާ ދައުލަތަށް ނަގައިދިނުމުގެ އަމުރަކަށް، ދައުލަތުން ކްރިމިނަލް ކޯޓުގައި އެދިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: