ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންމެ ގައުމަކުން އަންނަ ފުރަތަމަ ފަތުރުވެރިޔާއަށް ޚާއްސަ މަރުހަބާއެއް!

ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ ގައުމަކުންވެސް ރާއްޖެ އަންނަ ފުރަތަމަ ފަތުރުވެރިޔާ އައުން ފާހަގަކުރަން ފަށައިފިއެެވެ.

ޓުއަރިޒްމް މިނިސްޓްރީއިން އަންނަނީ ރާއްޖޭގެ ފަތުރުވެރިކަމަށް ފަންސާސް އަހަރުފުރުން ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަމުންނެވެ. އެގޮތުން 2022 ވަނަ އަހަރުގެ ތެރޭގައި ފަތުރުވެރިކަމުގެ ރަންޔޫބިލް ފާހަގަކުރުމަށް އެކި ހަރަކާތްތައް ހިންގުމަށް މިނިސްޓްރީއިން ވަނީ ރާވާފައެވެ.

މިއަހަރުގެ މިހާތަނަށް ކޮންމެ ގައުމަކުންވެސް އެންމެ ފުރަތަމަ އައި ފަތުރުވެރިޔާ އައުން ފާހަގަކުރުމަށްޓަކައި މިނިސްޓްރީއިން ވަނީ އެފަތުރުވެރިޔަކަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އެގޮތުން މިހާތަނަށް އައިއިރު 9 ގައުމަކުން ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. އެގޮތުން އިޓަލީ، ސްޕެއިން، ޖަރމަނީ، އިންޑިޔާ، ފްރާންސް، ރަޝިޔާ، ސައުދީ އަރަބިއްޔާ، ޔޫކްރެއިން އަދި ޔުނައިޓެޑް ސްޓޭޓްސްއިން އެންމެ ފުރަތަމަ ފަތުރުވެރިންނަށް ވަނީ މަރުހަބާ ކިޔާފައެވެ.

ފަތުރުވެރިކަމުގެ ރަންޔޫބިލް ފާހަގަކުރުމަށް މިނިސްޓްރީއިން ވަނީ ޚާއްސަ ލޯގޯއެއްވެސް ތައާރަފްކޮށްފައެވެ. މިލޯގޯ ސަރުކާރުގެ ހުރިހާ އިދާރާތަކުން ފޮނުއްވާ ރަސްމީ ސިޓީ ތަކާއި، އީމެއިލް ފުޓަރތަކުގައި އެއް އަހަރުގެ މުއްދަތައް ބޭނުންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. އަދި ، ރާއްޖޭގެ ފަތުރުވެރިކަން، ރާއްޖެއިން ބޭރުގެ ފަރާތްތަކަށް އިޝްތިހާރު ކުރެއްވުމުގައްޔާއި، ރާއްޖެއިން ބޭރުގައި އޮންނަ އެކިއެކި ފެއަރތަކާއި ބައްދަލުވުންތަކުގައި، ރާއްޖެ އިޝްތިހާރު ކުރެއްވުމަށް، އިނގިރޭސިބަހުން ޝިޢާރު ލިޔެފައިވާ ލޯގޯ އަންނަނީ ބޭނުންކުރަމުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: