ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތަށް ގެއްލުންވާގޮތަށް ހަވާލު ކުރިކަމަށް ބުނާ މަޝްރޫއު ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެނުދިން!

ދިވެހިރާއްޖޭގެ ހައިކޯޓު --- ފޮޓޯ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެނާއި ނަރުދަމާގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ ދައުލަތަށް 150 މިލިއަން ރުފިޔާއިން ގެއްލުންވާ ގޮތަށްކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގައި ވަގިތީ އަމުރެއް ނެރެނުދޭން ހައިކޯޓުން ނިންމައިފި އެވެ.
މިއީ 10 ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމު އަދި 04 ރަށެއްގައި ފެނުގެ ނިޒާމު ގާއިމު ކުރުމަށް ޕްލޭނިން މިނިސްޓްރީން ބީލަމަށް ހުޅުވާލުމުން އެންމެ ކުޑަ އަގު ހުށަހެޅި ކުންފުނީގެ ބަދަލުގައި، އޭގެ ދެގުނަ އަގުބޮޑުކޮށް ހުށެޅި ކުންފުންޏަށް މަޝްރޫއު ހަވާލު ކުރި މައްސަލައެކެވެ. މިނިސްޓްރީން ބީލަމަށް ހުޅުވާލުމުން އެ މަސައްކަތަށް އެންމެ ކުޑަ އަގެއް ހުށަހެޅީ އަޒްރޯވާ މޯލްޑިވްސް އިންނެވެ. ނަމަވެސް ޕްލޭނިން މިނިސްޓްރީން އެ މަސައްކަތް ހަވާލު ކުރީ އެއަށް ވުރެ ބޮޑު އަގެއް ހުށަހެޅި ކުންފުންޏަކަށްކަމަށް މައްސަލަ ހުށަހެޅި ފަރާތުން ބުނެ އެވެ.
ސިވިލް ކޯޓަށް އެންމެ ފުރަތަމަ ހުށަހެޅި މައްސަލައިގައި އެ ކޯޓުން ނިންމީ، މައްސަލަ ކުރިޔަށް ނުގެންދެވޭނެ ކަމަށެވެ. އެހެންވެ އަޒޯވާ މޯލްޑިވްސްއިން އެ ނިންމުން އިސްތިއުނާފު ނުކޮށް ހައިކޯޓުގައި އެދުނީ މަޝްރޫއު މަޑުޖައްސާލުމުގެ އަމުރެއް ނެރެދިނުމަށެވެ.

ހައިކޯޓުން މިއަދު ނިންމި ނިންމުމުގައި ބުނީ ވަގުތީ އަމުރު ނުނެރުނަސް އަޒްރޯވާ މޯލްޑިވްސްއަށް އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބޭނެކަމަށް ނުބެލެވޭ ކަމަށެވެ. އަދި ގާނޫނީ ގޮތުން ހިމާޔަތެއް ލިބެން ޖެހޭ މައުޟޫއީ ގޮތުން ހައްގެއް ނުވަތަ ގާނޫނީ މަރުކަޒެއް އޮތުމުގެ އިހުތިމާލު އޮތްކަމަށް ފެންނާން ނެތް ކަމަށެވެ.

ހުކުމުގައި ބުނީ ގާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫއީ ހައްގެއް ނުވަތަ ގާނޫނީ މަރުކަޒެއް އޮތުމުގެ އިހްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި އޮތްކަން ހާމަކޮށްދިނުމުގެ ގޮތުން، އަމުރަކަށް އެދޭ ފަރާތަކުން ދައްކުވައިދޭން ޖެހޭހާވެސް ކަމަކީ ދައުވާ ކާމިޔާބުވާނެކަމުގެ އަސާސީ އަދި ހަގީގީ އިހްތިމާލެއް އޮތްކަން ދައްކުވައިދިނުން ކަމަށެވެ. ނަމަވެސް އެ ކުންފުނީގެ ކާމިޔާބީގެ އިހްތިމާލު ކުޑަނަމަ އަސާސީ އަދި ހަގީގީ އިހްތިމާލެއް އޮތްކަން ބެލެވެން ނެތްކަމަށް ހުކުމުގައި ވެއެވެ.

“އެހެނީ އެ ހަލަތުގައި ގާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫއީ ހައްގެއް ނުވަތަ ގާނޫނީ މަރުކަޒެއް އޮތުމުގެ އިހުތިމާލު “ފާޅުކަން ބޮޑު” ކަމަށް ބުނެވިދާނެފަދަ ހާލަތެއް އޮތުމަށްވުރެ ނެތުން ގާތްކަމަށް ފެންނާތީ އެވެ. އަދި އެ ހާލަތުގައި ކާމިޔާބުވުމުގެ އިހްތިމާލު ހަގީގަތުގައި އޮތްކަމަށް ބުނެވިދާނެ ކަމަށް ބެލެވެން ނެތަތީ އެވެ” ހުކުމް

މީގެ އިތުރުން ހުކުމުގައި ބުނީ ވަގުތީ އަމުރު ނެރެވެނީ ގެއްލުމުގެ ބަދަލު ދިނުން އެކަށީގެން ނުވާ ހާލަތްތަކުގައި ކަމަށެވެ.

ބިޑު ހުށަހެޅުމަށް ހަރަދެއް ކުރި ނަމަ އެ ހަރަދަކީ އޭގެ މިންވަރު ދެނެގަނެވޭނެ ހަރަދެއްކަން ފާހަގަކޮށް ހުކުމުގައި ބުނީ، ގާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫއީ ހައްގެއް ނުވަތަ ގާނޫނީ މަރުކަޒެއް އޮތުމުގެ އިހުތިމާލު ފާޅުކަން ބޮދު ގޮތެއްގައި އޮތްކަމަށް ބެލި ނަމަވެސް ވަގުތީ އަމުރު އެދުނު ފަރާތަށް ލިބޭނެ ގެއްލުމަކީ މި ހާލަތުގައި އިޔާދަ ނުކުރެވެނެ ގެއްލުމެއްކަން އެނގޭކަށް ނެތް ކަމަށެވެ.

އެހެންވެ، ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހުއްޓުވަން ވަގުތީ އަމުރެއް ނެރެދޭނެ ހާލަތެއް ނެތް ކަމަށެވެ.

މައްސަލަ ކޯޓަށް ހުށަހެޅި ކުންފުނިން ބުނާ ގޮތުން، މަޝްރޫއު އެހެން ކުންފުންޏަކާއި ހަވާލު ކުރީ އެ ކުންފުނީގެ ހައްގު ގެއްލޭ ގޮތަށް، ދައުލަތުގެ މާލިއްޔަތު ގަވައިދާއި ހިލާފަށެވެ. އެހެންވެ އެ މަސައްކަތް އަޒްރޯވާ ކުންފުންޏަށް ވުރެ ދެ ގުނަ އަގު ބޮޑުކޮށް ހުށަހެޅި ކުންފުންޏަކަށް މަޝްރޫއު ހަވާލު ކުރީ މަސައްކަތުގެ ތަޖުރިބާ އާއި ހިންގި އެއްވެސް މަޝްރޫއުއެއް ވޭތޯ ބެލުމެއް ނެތިމަަށް ބުނެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: