ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީޕީއޭއިން މިލަންދޫ ނޭޗާ ޕާކްގެ މަސައްކަތް ހުއްޓުވައިފި

މިލަންދޫ ސިކުނޑި ކުޅި / ތިލަދުނަމަތި ޓައިމްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ށ. މިލަންދޫ ނޭޗާ ޕާކްގެ މަސައްކަތް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ހުއްޓުވައި މަސައްކަތްކުރުމަށް ބޭނުންވާ ހުއްދަ ނެގުމަށް އީޕީއޭއިން އަންގައިފިއެވެ. އެރަށު ކައުންސިލަށް ޑޮކިއުމެންޓް ހުށަހަޅަން އަންގާފައިވާ ކަމަށް އީޕީއޭއިން ބުނެފިއެވެ.

މިލަންދޫގެ ޒުވާނުން އިސްނަގައިގެން އެރަށު “ސިކުނޑި ކުޅި” ގައި ނޭޗާ ޕާކްއެއް ހެދުމުގެ މަސައްކަތް ފަށާފައިވަނިކޮށް އީޕީއޭ އިން އެންގުމުން އެމަސައްކަތްތައް މިހާރު ވަނީ ހުއްޓާލާފައެވެ. އަދި އީޕީއޭއިން ހުއްދަ ނެގުމަށްފަހު އެލިޔެކިޔުންތައް ކައުންސިލަށް ހުށައެޅުމަށްވެސް އީޕީއޭއިން ވަނީ އަންގާފައެވެ.

ނޭޗާ ޕާކު ތަރައްގީ ކުރުމުގެ މަސައްކަތް ހުއްޓާލަން އީޕީއޭއިން އަންގާފައިވަނީ އެ އިދާރާގެ ހުއްދަ ނުނަގާ ނޭޗާ ޕާކުގެ މަސައްކަތްތައް ފެށުމުންނެވެ. އީޕީއޭއިން ޕާކުގައި ކުރަމުންދިޔަ މަސައްކަތް ހުއްޓުވައިފައިވާއިރު ކުޅީގެ އެކި ސަރަހައްދުތަކުގައި ޕީވީސީ ހޮޅި ފައްތާ، ޖުންގު ހަރުކޮށްގެން ކުޑަ ފާލަމެއް ވަނީ އަޅާފައެވެ.

ސަންގު ޓީވީއަށް މައުލޫމާތު ދެމުން އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ، ހުއްދަ ނުނަގާ ނޭޗާ ޕާކުގެ މަސައްކަތް ފެށުމުން އެމަސައްކަތްތަށް ހުއްޓުވާފައިވާނެކަމަށެވެ. އަދި ހުއްދަ ނެގުމަށްފަހު މިލަންދޫ ކައުންސިލަށް ލިޔެކިޔުންތައް ހުށައެޅުމަށް ވަނީ އަންގާފައެވެ.

ގުދުރަތީ ގޮތުން ތަފާތު ސިފަތަކެއް ލިބިފައިވާ ސިކުނޑި ކުޅި، ނޭޗާ ޕާކްއަކަށް ހަދަން އެރަށުގެ ޒުވާނުން މަސައްކަތްކުރަނީ އެމީހުންގެ އަމިއްލަ ހަރަދުގައެވެ. މި މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ކައުންސިލުން ވަނީ އަހަރީ ބަޖެޓުގައި އެތަނަށް އިންވެސްޓުކުރަން ފައިސާ ކަނޑައަޅާފަ އެވެ.

ސިކުނޑި ކުޅިޔަށް ނަން ދެވުނީ، އެ ކުޅީގައި އާދަޔާ ހިލާފަށް ގިނައިން އުޅޭ ޑިނގާތަކަށް ނިސްބަތްކޮށެވެ. ސިކުނޑިއޭ ކިޔަނީ ދެފުށްފެންނަ (ޓްރާންސްޕޭރެންޓް)  ޖަނަވާރުތަކުގެ ސިކުނޑި ފެންނަން ހުންނާތީ އެވެ. ފަރުމަހުގެ މަސްވެރިކަމުގައި އެމަކަށް ބޭނުންކުރާ ސިކުނޑި، ށ. އަތޮޅުން ލިބެނީ މިރަށުން އެކަންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: