ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން ބޭނުންވާ ގޮތަށް މޭނާ ސްކޫލް އެއް ކެމްޕަހަކަށް ބަދަލުކޮށްދޭނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ހޮޅުދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ހޮޅުދޫ މޭނާ ސްކޫލް އެއް ކެމްޕަހެއްގެ ދަށަށް ގެނައުމުގައި ރައްޔިތުން ބޭނުންވާ ގޮތަށް ނިންމަވާދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ނ. ހޮޅުދޫ ރައްޔިތުންނާއި، ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ވަކިވަކީން ބައްދަލުކުރައްވާ ކައުންސިލާއި ރައްޔިތުންގެ ކަންބޮޑުވުންތައް ވަނީ އަޑުއައްސަވާފައެވެ.އެގޮތުން މޭނާ ސްކޫލް މިހާރު ދެ ކެމްޕަހެއްގެ ގޮތުގައި ހިންގަމުން ދާތީ ދިމާވާ ދަތިތައް ޙައްލުކުރެއްވުމަށް ކަމާގުޅޭ މިނިސްޓްރީއާ މަޝްވަރާކުރެއްވުމަށްފަހު ކައުންސިލާއި ރައްޔިތުން ބޭނުންވާ ގޮތަށް މޭނާ ސްކޫލްގެ ކަންކަން ކުރިއަށްގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

‎ރައީސުލްޖުމްހޫރިއްޔާ، ހޮޅުދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ކައުންސިލުން މޭނާ ސްކޫލާ ގުޅޭ ގޮތުންނާއި، ބޯހިޔާވަހިކަމުގެ ދަތިކަމާއި ގުޅޭ ގޮތުންނާއި، ސިއްހީ ޚިދުމަތްތައް ތަރައްގީކުރުމުގެ މުހިންމުކަމާއި، ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަށް ބޭނުންވާ ކަމަށާއި، އާބާދީއާ އެކަށޭނަ ޒަމާނީ މިސްކިތެއް ބޭނުންވާ ކަން ހާމަކުރައްވާފައިވެއެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ އެ ބޭފުޅުންނަށް މަސައްކަތްކުރުމަށް ވަކި ޚާއްސަ އިމާރާތެއް ނެތުމުގެ ސަބަބުން ދިމާވާ ދަތިތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

‎ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންނާއި ކައުންސިލުން އެދިލެއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވައިގެން އެދެވޭ ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަން ހާމަކުރައްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހޮޅުމީދޫ ތަރައްގީކުރުމުގައި ސަރުކާރާއި ރައްޔިތުން ޚިޔާލު ބަދަލުކޮށް މަޝްވަރާކޮށްގެން ބޭނުންވާ ގޮތްތަކެއް ނިންމެވުމަށް ވިދާޅުވެފައެވެ.

‎ރައީސުލްޖުމްހޫރިއްޔާ ހޮޅުދޫ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ހޮޅުދޫ ރައްޔިތުން ވަނީ ތަރައްގީއާގުޅޭ ގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި އިޙްސާސްތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މި ގޮތުން ހޮޅުދޫ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމާއި، ކުޅިވަރު ތަރައްޤީކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ ވިސްނުން ހުރިގޮތާއި ގުޅޭ ގޮތުން އެ ބޭފުޅުން ވަނީ ޝުޢޫރު ފާޅުކުރައްވާފައެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ވަނީ ހޮޅުދޫ ގެ ތަރައްގީއަށް ރާވާފައިވާ ކަންކަން ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.

‎މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މޭނާ ސްކޫލްގެ މެނޭޖްމަންޓާއި ބެލެނިވެރިންގެ ޓީމަކާއި ބައްދަލުކުރައްވާ ސްކޫލާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. ސްކޫލްގެ މެނޭޖްމަންޓުން ވަނީ މޭނާ ސްކޫލް އަލުން ޢިމާރާތްކުރުމުގައި ކޮލިޓީ ހިފެހެއްޓޭނެ ގޮތެއް ކަށަވަރުކޮށްދެއްވުމަށް ދަންނަވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ނ. ހޮޅުދޫގައި ސަރުކާރުން އާބާތުރަ ފިލުވައި ތަރައްޤީކޮށްފައިވާ ފުޓްބޯޅަ ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވާ އެ ދަނޑުގައި ކުޅެވުނު ފުޓްބޯޅަ މެޗްގެ ބައެއް ބައްލަވާލައްވާފައެވެ.

‎ރައީސުލްޖުމްހޫރިއްޔާ ހޮޅުދުއަށް މި ކުރެއްވި ދަތުރުފުޅުގައި ހޮޅުދޫ ސިއްހީ މަރުކަޒަށް ޒިޔާރަތްކުރައްވައި އެތަނުގައި ތަރައްގީ ކުރަމުންދާ އެކްސްޓެންޝަންގެ މަސައްކަތް ވަނީ ބައްލަވާލައްވާފައެވެ. އެ މަނިކުފާނު ހޮޅުދުއަށް މި ކުރެއްވި ދަތުރުފުޅަކީ މިލަދުންމަޑުލު ދެކުނުބުރީގެ ފަސް ރަށަކަށް ފެއްޓެވި ދެ ދުވަހުގެ ދަތުރުފުޅުގެ ފަހު މަންޒިލެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: