ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްދޫއަށް ޒިޔާރަތްކުރާ ގެސްޓުން އާއްމު ތަންތަނުގައި ނިވާކަން ކުޑަ ހެދުމުގައި ނޫޅެން އަންގައިފި

ފަތުރުވެރިކަމުގެ ދާއިރާގައި ހައްޤު މިންވަރު ނުލިބޭ ކަމަށް ގިނަ މުވަޒަފުން ބުނޭ --- ފޮޓޯ: މީސްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އއ. ރަސްދޫ އަށް ޒިޔާރާތް ކުރާ ފަތުރުވެރިން އާންމު ތަންތަނުގައި ނިވާކަން ކުޑަ ހެދުމުގައި ނޫޅެން އެ ރަށު ކައުންސިލުން އަންގައިފި އެވެ.

ރަސްދޫ ކައުންސިލުން އާއްމުކުރި އެންގުމެއްގައި ބުނީ އެރަށަށް ޒިޔާރަތް ކުރާ ބައެއް ފަތުރުވެރިން ނިވާކަން ކުޑަ ހެދުން ލައިގެން އާންމު ތަންތަނުގައި އުޅެމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

ކައުންސިލުން ބުނީ އެކަމަކީ ހާއްސަ ގަވާއިދުތަކެއް ހެދިފައިވާ ކަމެއް ކަމަށާއި އެއަށް އަމަލުކުރުމަށް ލާޒިމް ކުރެވިފައިވާތީ އެ ގަވާއިދުތަކާއި އެއްގޮތަށް އަމަލުކުރުމަށް ރަށަށް ފަތުރުވެރިން ގެންނަ ފަރާތްތަކަށް ވަނީ އަންގާ ކަމަށެވެ.

ރަސްދޫގެ އިތުރުން އއ.ތޮއްޑޫގައި ވެސް ވަނީ އެރަށަށް ޒިޔާރަތްކުރާ ފަތުރުވެރިން ހެދުން އަޅަންވީ ގޮތް ހަނދާންކޮށްދީފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: